ސަރުކާރުގެ ގިނަ ވުޒާރާތަކެއް ހިންގާ މ. ގްރީން ބިލްޑިންގ ބްލޮކްގައި މިއަދު ހެނދުނު ރޯވި އަލިފާނުގެ ސަބަބުން ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ޚިދުމަތްތައް ވަގުތީގޮތުން މެދު ކަނޑާލާފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.
ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާގައި އެވުޒާރާގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ވަގުތީގޮތުން ހިދުތަތްތައް މެދުކަނޑާލި ނަމަވެސް އަލުން ވުޒާރާގެ ހިދުމަތްތައް ދޭން ފަށާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
މި ޙާދިސާގައި އެވުޒާރާގެ އެއްވެސް މުވައްޒަފަކަށް ގެއްލުމެއް ނުވާ ކަމަށްވެސް އެބަޔާނުގައިވެއެވެ.
ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އިން ވަނީ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް މާފަށް އެދިފައެވެ. އަދި ވީހާވެސް އަވަހަކަށް ޚިދުމަތްތައް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
ސަރުކާރުގެ ގިނަ ވުޒާރާތަކެއް ހިންގާ މ. ގްރީން ބިލްޑިންގ ބްލޮކްގައި މިއަދު ހެނދުނު ރޯވި އަލިފާނުގެ ސަބަބުން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި މިނިސްޓްރީއާއި ހައުސިންގ މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުންއަންނަ އިމާރާތުގައި މިއަދު ހެނދުނު ހިނގާފައިވާ އަލިފާނުގެ ހާދިސާއާ ގުޅޭ؛ pic.twitter.com/qGfLlhggLT
— Ministry of Construction and Infrastructure (@MoCImv) December 12, 2024
ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އިން ވަނީ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް މާފަށް އެދިފައެވެ. އަދި ވީހާވެސް އަވަހަކަށް ޚިދުމަތްތައް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
ސަރުކާރުގެ ގިނަ ވުޒާރާތަކެއް ހިންގާ މ. ގްރީން ބިލްޑިންގ ބްލޮކްގައި މިއަދު ހެނދުނު ރޯވި އަލިފާނުގެ ސަބަބުން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު