އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މަސައްކަތްތައް ހުއްޓުނު ތިން މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގެއަށް ވަގުތީ ގޮތުން ބަދަލުކުރުމުގެ މަސައްކަތްތައް ފަށައިފި އެވެ.
އިއްޔެ ހެނދުނު ރޯވި އަލިފާނުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން ކޮންސްޓްރަކްޝަން އަދި ހައުސިން މިނިސްޓްރީ ހިންގާ އިމާރާތާއި އެ ތަންތަނުގައި ގެންގުޅޭތަކެތި ވަނީ އަނދާފަ އެވެ.
އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހްމަދު އިބްރާހީމް (ޕޮކަންޑި) ވިދާޅުވީ ހައުސިން މިނިސްޓްރީ ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރަން ސެޓަޕްތައް ހަދަން މިހާރު އެޗްޑީސީން އެހީތެރިވާން ފަށާފައިވާ ކަމަށެވެ.
އެ މަސައްކަތުގައި އެޗްޑީސީގެ ސްޓާފުންވެސް ހަރަކާތްތެރިވާ ވީޑިއޯއެއް އަހުމަދު އެކްސްގައި ހިއްސާކުރެއްވި އިރު އެކަން ހިނގާ ގޮތް ބައްލަވާލެއްވުމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުވެސް އުޅުއްވާތަން ފެެނެ އެވެ.
"ރަސް" އަށް އެނގިފައިވާ ގޮތުން އެންވަޔަރަމަންޓާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ވަގުތީ ސެޓަޕްވެސް ދަރުބާރުގެއަށް ބަދަލުކުރަން ވެސް މަސައްކަތްތައް ވަނީ ފަށައިފަ އެވެ.
މިރޭ މަސްވެރިންގެ ދުވަހުގެ ޖަލްސާ ދަރުބާރުގޭގައި ބާއްވަން ތާވަކުކޮށްފައި އޮތްއިރު އެ ޖަލްސާވެސް ވަނީ ފަސްކޮށްފަ އެވެ.
އިއްޔެ ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. އަލިފާނުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު