ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރަށްވާ އަންހެން ފުލުހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވެފައިވަނީ ތ. ގުރައިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ސާޖަންޓް ފާތިމަތު ރިފާ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރިފާ ނިޔާވީ ރޭ 12 ޖެހުމާއެކު ޑިއުޓީ ނިންމާފައި ގެއަށް ދިޔަ ތަނާ ކަމަށެވެ. އެގޮތުން ރިފާ ގެއަށް ވަތްތަނާ ސޯފާއަކަށް ވެއްޓުނީ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ނިޔާވެފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފުލުހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރިފާ ނިޔާވުމުގެ ފުން ހިތާމައިގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި އެންމެހާ ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ނަމުގައި މަރުހޫމާގެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
ރިފާ ނިޔާވުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް ވެރިންނާއި ސަރުކާރުގެ އިސްވެރިންވެސް ގެންދަވަނީ މީސްމީޑިއާގައި ތަޢުޒިޔާގެ މެސެޖުތައް ޙިއްސާ ކުރަށްވަމުންނެވެ.

ތަޢުޒިޔާގެ މެސެޖް pic.twitter.com/mD7ahUtFOi
— Maldives Police (@PoliceMv) December 14, 2024
ފުލުހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރިފާ ނިޔާވުމުގެ ފުން ހިތާމައިގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި އެންމެހާ ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ނަމުގައި މަރުހޫމާގެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
ރިފާ ނިޔާވުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް ވެރިންނާއި ސަރުކާރުގެ އިސްވެރިންވެސް ގެންދަވަނީ މީސްމީޑިއާގައި ތަޢުޒިޔާގެ މެސެޖުތައް ޙިއްސާ ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު