ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ނިރުބަވެރި އިސްރާއީލުގެ ސިފައިން ޣައްޒާގައި 69 މީހުން މަރާލާފައިފިއެވެ.
ޣައްޒާގެ ސިއްހީ ހިދުމަތްދޭ ތަންތަނާ ހަވާލަދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުން ވަނީ ޣައްޒާގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުން ހިޔާވަހިކަން ހޯދަމުން ދިޔަ ސްކޫލްތަކަށް އަމާޒުކޮށްގެން ހަތަރު ހަމަލާއެއް ދީފައެވެ.
ނިރުބަވެރިން ދިން މި ހަމަލާތަކުގައި މަރުގެ މީހުންގެ ތެރޭގައި އަލްޖަޒީރާގެ ކެމެރާމަން އަހުމަދު އަލް ލޫހް އާއި ފަލަސްތީނުގެ އިތުރު ދެ ނޫސްވެރިންނާއި ފަލަސްތީނުގެ ސިވިލް ޑިފެންސްގެ ފަސް މެންބަރުން ހިމެނެ އެވެ.
ހުއްޓުމެއްނެތި އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ގިނައިން އަމާޒުވަނީ ޣައްޒާގައި ގެދޮރު ގެއްލިފައިވާ ފަރާތްތަކުން ބޯހިޔާވަހިކަން ހޯދާ ތަންތަނަށާއި އިންސާނީ އެހީފޯރުކޮށްދޭ ފަރާތްތަކުން އެހީ ބެހުމަށް އާންމުން އެއްވާ ތަންތަނަށެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގައި އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް 44،976 ފަލަސްތީނު މީހުން މަރުވެ 106،759 މީހުން ވަނީ ޒަހަމްވެފައެވެ. އެ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު