ޔަމަނުގައި ހަރަކާތްތެރިވާ އެގައުމުގެ ސަރުކާރުގެ ތާއީދު ލިބިފައިވާ ހޫތީން، އިސްރާއީލާ ދެކޮޅަށް ހައިޕަރސޮނިކް މިސައިލް ހަމަލާއެއް ދީފައިވާކަމަށް އެ ޖަމާއަތުން ބުނެފިއެވެ.
ހޫތީ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސާރީ ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ވިދާޅުވީ އެ ޖަމާއަތުން އިސްރާއީލުގެ މެދަށް އަމާޒުކޮށް ހައިޕަރސޮނިކް މިސައިލެއް ފޮނުވާފައިވާ ކަމަށާއި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލަންދެން ހަމަލާދޭނެ ކަމަށެވެ.
ޔަހްޔާ ސާރީ ވިދާޅުވީ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނަކީ "ފަލަސްތީން 2" މި ނަން ދީފައިވާ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލެއް ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
ހޫތީން ބުނީ މި ހަމަލާއަކީ އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް ރައްދު ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަމަލާއެއް ކަމަށެވެ. އަދި އެ ސަރަހައްދުގައި އިސްރާއީލުން ހަނގުރާމަ ކުރަމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާކަންވެސް ހޫތީން ވަނީ ބުނެފައެވެ.
ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޔަމަނުން ފޮނުވާލި މިސައިލެއް އިސްރާއީލްގެ ސަރަހައްދު ހުރަސް ކުރުމުގެ ކުރިން ހުއްޓުވާފައިވާ ކަމަށެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޫތީންގެ މި މިސައިލްގެ ސަބަބުން އިސްރާއީލުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ޓެލް އަވީވްގައި ސައިރެން އެކްޓިވޭޓް ކުރި އެވެ.
ޔަމަނުގެ ހޫތީން ބުނެފައިވަނީ މި އޮޕަރޭޝަނުން "ކާމިޔާބުކަމާއެކު އޭގެ މަޤްސަދުތައް ހާސިލުކުރެވުނު" ކަމަށެވެ. ނަމަވެސް މީގެ އިތުރު ތަފްސީލެއް އެ ޖަމާއަތުން ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު