އަނުޝްކާ ޝަރްމާ އާއި ވިރާޓު ކޯލީ- ގޫގުލް އިމޭޖެސް
އަނުޝްކާ ޝަރްމާ އާއި ވިރާޓު ކޯލީ- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރްމާ އާއި އޭނާގެ ފިރިމީހާ އަދި މަޝްހޫރު ކްރިކެޓު ކުޅުންތެރިޔާ ވިރާޓު ކޯލީ ލަންޑަނުގައި ވަޒަންވެރިވާން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

މިއަހަރު ކުރީކޮޅު މި ދެމެފިރިން ލަންޑަނަށް ބަދަލުވާން އުޅޭ ކަމަށް ބުނެ ހަބަރު ފެތުރެން ފަށާފައިވީނަމަވެސް އެކަމަށް ދެމީހުންގެ ފަރާތުންވެސް ބަހެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވިރާޓުގެ ކޯޗު ވަނީ މިކަން ޔަގީން ކޮށްދީފައެވެ.

އެގޮތުން ދައިނިކް ޖަގްރާން އާއެކު ކުރިއަށްދިޔަ އިންޓަވިއުއެއްގައި ވިރާޓުގެ ކޯޗު ރާޖުކުމާރު ޝަރްމާ ބުނެފައިވަނީ ވިރާޓު އާއި އަނުޝްކާގެ ދަރިންނާއެކު ލަންޑަނަށް ބަދަލުވާން އުޅޭ ކަމަށެވެ. އަދި ވަރަށް އަވަހަށް އިންޑިއާ ދޫކޮށް ގޮސް މި ދެމެފިރިން ލަންޑަނުގައި ވަޒަންވެރިވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އަނުޝްކާ އާއި ވިރާޓު ލަންޑަނަށް ދިރިއުޅުން ބަދަލު ކުރަން ނިންމީ ދަރިން މީޑިއާތަކާ ދުރުގައި ބޮޑުކޮށް، އެކުދިންނަށް ރަނގަޅު އާދައިގެ ދިރިއުޅުމެއް ހޯދައި ދިނުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަސައްކަތުގެ މައިދާނަށް ބަލާއިރު އަނުޝްކާ އެންމެ ފަހުން ފެނިފައިވަނީ 2018 ގައި ނެރުނު "ޒީރޯ" އިންނެވެ. މީގެ އިތުރުން އަނުޝްކާ އާއި ވިރާޓު ވަނީ ދާދި ފަހުން ލަންޑަނުގައި ވިޔަފާރިއެއްވެސް ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން