[މާދަމާ އޮފީހަށްދާކަށް ނުޖެހެއެއްނު. މިރޭ ނިދާނީ ތަންކޮޅެއް ފަހުން.] ޒަހީން އެނދުން ތެދުވިއެވެ.
[އެކަމަކު އަހަރެން ނިދާލާހިތްވަނީ.] ރާނިޔާ އޮށޯވެލިއެވެ. އެހެނަސް ޒަހީން ބޭނުންވީ ތެދުވާށެވެ.
[ދެން ކީއްތަވާނީ، މިރޭ ތަންކޮޅެއް ދަންވަންދެން ހޭލާ ތިބިއްޔާ.] ރާނިޔާ އޮށޯތުމުން، ޒަހީން ހިތްހަމަނުޖެހުނެވެ.
[މިހާރުވެސް ގަޑި ބަލާލަބަލަ. އެއޮއް ބާރަ ޖަހަނީ. ކިހާއިރެއްވާންދެންތަ ހުންނަން ތިޔަ އުޅެނީ.] ރާނިޔާ ގަޑިއަށް ބަލާލަމުން ބުންޏެވެ.
[ބާރަޖަހާ ބޮޑުވަންދެން.]
[އޭނ! ކީކޭ؟] ރާނިޔާއަށް ހީވީ، ޒަހީނަށް ކަމެއް އެނގިގެން އުޅުނުހެންނެވެ.
[އައްދޭ ހާދަ ހާސްވީ!] ރާނިޔާގެ މޫނުމައްޗަށް ވެރިވި ނުތަނަވަސް ކުލަވަރު، ޒަހީނަށް ފާހަގަކުރެވުނެވެ.
[ހާސްވެއްޖެތަ؟ ކީއްކުރަންތަ ރޭގަނޑުގެ އަރާމު ނިދިކޮޅު ނަގާލަންވީކީ.] ގަޑި ކައިރިވީވަރަކަށް، ރާނިޔާގެ ހާސްކަން ދިޔައީ ބޮޑުވަމުންނެވެ.
[ނިދިކޮޅު ނުލިބޭނެތީދޯ ތިޔަ ހާސްވީ. އެންމެ ރަނގަޅޭ އަހަރެން އެދޭ ގޮތަކަށް އެއްވެސް ކަމެއް ކޮށްގެން ނުވަންޏާ.] ޒަހީން ނުރުހިފައި ހުރެގެން ގޮސް އެނދުގައި އޮށޯވެލިއެވެ.
[އެންމެ ރަނގަޅު. އަހަންނެއް ނުނިދާނަން.] ޒަހީން ރުޅިއައީކަން އެނގުމުން، ރާނިޔާ ކަންބޮޑުވިއެވެ. ރާނިޔާއަށް ރަނގަޅު ޚިޔާލެއް އައީ ކަމަށްވެސް ވެދާނެއެވެ.
އޭނާ އެނދުން ތެދުވިއެވެ. ޒަހީން އޮތްގޮތަށް އޮތީއެވެ.
[ރުޅިއައީތަ؟ ތެދުވެބަލަ. ހޭލާ ތިބެންޏާ ކޮޓަރިތެރެއަކު ނުތިބެވޭނެ.] ޒަހީން ބޭނުންވިގޮތަށް، ރާނިޔާ އޭނާ ހިތްހަމަޖައްސައިދޭން އުޅުނެވެ.
[ކޮންތާކަށް ދާންވީ؟] ޒަހީން ތެދުވަމުން އެއްސެވެ.
[ހިނގާބަލަ ދަންވަރު މަގުތައް ވަރަށް އަމާންވާނެ. ވަރިހަމަނުން ލޮނުޒިޔާރަތްކޮޅަށް ދިޔަޔަސް.] ރާނިޔާ ކޮޓަރިން ނުކުތެވެ.
[އެއޮއް ބާރަޖަހަނީއެއްނު. މިހާ ދަންވަރު ބޭރުތެރޭ އުޅޭކަށް ނުވާނެއެއްނު.] ރާނިޔާގެ ފަހަތުން ކޮޓަރިން ނުކުންނަމުން ޒަހީން ބުންޏެވެ.
[އައްދޭ ހާދަ ބިރުގަނެޔޭދޯ. އަހަރެން އެއްވެސް ބިރެއްނުގަނޭ. އަހަރެން އެކަނި ދަންތަ؟] ރާނިޔާ ޒަހީނާ ދިމާކޮށްލިއެވެ. ޒަހީން ގޮތް ދޫކުރުމަށްފަހު، ލޮނުޒިޔާރަތްކޮޅާ ދިމާއަށް ރާނިޔާއާއެކު ހިނގައިގަތެވެ. އޭރު ބާރަޖަހަން ހުރީ އެންމެ ފަނަރަ މިނެޓެވެ. ފަނަރަ މިނިޓްތެރޭ އެހިސާބަށް ދެވޭނެ ކަމެއްވެސް ނޭނގެއެވެ.
ގަޑި ކައިރިވާ ވަރަކަށް، ރާނިޔާގެ ހިނގުންވެސް އަވަސްވަމުން ދިޔައެވެ.
[ހާދަ ބާރަކަށް ތިޔަ ހިނގަނީ.] ރާނިޔާ، މާ ބާރަށް ހިނގަން ފެށުމުން ޒަހީން ބުންޏެވެ. ރާނިޔާ ވާހަކައެއް ނުދައްކައެވެ. ހީވަނީ ހިނގުން އިތުރަށް އަވަސްވިހެންނެވެ. ލޮނުޒިޔާރަތްކޮޅު ތޮށިގަނޑު މައްޗަށް ދެވުނުއިރުވެސް، ރާނިޔާ ވާހަކައެއް ނުދައްކައެވެ.
[ހޭލާ ހުންނަން ޖެހުނީމާ، ރުޅި އައިސްފައިދޯ ތިޔަހުރީ.] ތޮށިގަނޑުމަތީ އިށީންނަމުން ޒަހީން ވާހަކަ ދެއްކިއެވެ. ރާނިޔާ ބޮލުގެ ޙަރަކާތުން ނޫނެކޭ ބުނުމަށްފަހު، ތޮށިގަނޑުމަތީ މޫދާވީ ފަރާތުގައި އިށީނެވެ.
[ބަސް ހުއްޓުނީތަ؟ ނޫނީ ދުލުގައި ތަޅު އެޅުވުނީތަ؟] ރާނިޔާ ވާހަކަ ނުދައްކާ ހުރުމުން ޒަހީން ބުންޏެވެ.
އޭރު ރާނިޔާގެ ޙަރަކާތް ހުރިގޮތުން ބަދަލުވަމުންދާކަން އެނގެއެވެ. އޭނާގެ ކަޅި ހުއްޓިފައިވަނީ މޫދަށެވެ. ކުއްލިއަކަށް ފެނުނީ އޭނާ މޫދަށް ވެއްޓިގަތްތަނެވެ. ޒަހީން ހުރީ އެކަމަށް ސަމާލުވެގެން ނޫންކަމުން، އޭނާއަކަށް ރާނިޔާ ވެއްޓުމުގެ ކުރިން ހިފަހައްޓާކަށް ނޭނގުނެވެ. ޒަހީނަށް އަޑުގެ ކޮޅަށް ރާނީއަށް ގޮވާލެވުނެވެ.
[ރާނީ.....] ޒަހީން ރާނިޔާގެ ފަހަތުން މޫދަށް ފުންމާލައިފިއެވެ. އޭރު މޫދަށް ވެއްޓިގެންދޔަ ވަގުތު ބަދަލުވި ސިފަ ބަދަލުވެއްޖެއެވެ.
[ރާނީ ކިހިނެއްވީ ކައްސާލީތަ؟] ޒަހީން ރާނިޔާ އޭނާގެ ކޮނޑުމައްޗަށް އެރުވިއެވެ. ރާނިޔާ ސަލާމަތް ކުރެވުނުއިރު، ޒަހީން ހުރީ މާނޭވާލެވި ހާސްވެފައެވެ.
[ރާނީ ކިހިނެއްތަ ތަދުވިތަ؟ ލޮނު ބޮވުނުތަ؟] ޒަހީން ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ.
[ތަދެއްނުވޭ.] ރާނިޔާގެ ޖަވާބު ވަރަށް ކުރެވެ.
[ހިނގާ! އަވަހަށް ގެޔަށް ދާން. ސިފައިން އަތުވެދާނެ. މިއީ ސުވާލުކުރާ ގަޑިއެއްނު.] ޒަހީން ރާނިޔާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
[އެމީހުންނަށް އަހަރެމެން ފެނިގެނެއްނު.] ރާނިޔާގެ ވާހަކައިގައި ވަނީ ޔަޤީންކަމެވެ. ތެދެކެވެ. އޭނާ ބޭނުންނަމަ، އެމީހުންނަށްވެސް އަދި އެއްވެސް މީހަކަށް ނުފެނި ގެޔަށް ދެވިދާނެއެވެ.
[އެމީހުން މިތަނަށް އަތުވެއްޖެއްޔާ ފެންނާނެއެއްނު.]
[އަޔަކަސް ނުފެންނާނެ.] ރާނިޔާ ހިނިތުންވެލިއެވެ.
އެރޭ ޒަހީންމެނަށް ގެޔަށް އާދެވުނުއިރު، ހަތަރެއްޖަހާ ބޮޑުވެއްޖެއެވެ. ޙަޤީޤަތުގައި ޒަހީން ހޭލާ ހުރުމުން، ރާނިޔާ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައެވެ. ޒަހީނަށް އެކަން ފާހަގަކުރެވުނެވެ. ޒަހީން، އެރޭގެ ޙާދިޘާއާ ބެހޭގޮތުން އިތުރަށް ސުވާލުކުރީ، ފެންވަރައިގެން އައިސް ނިދަން އޮށޯންނަމުންނެވެ.
[ތިޔަ އޮތީ މޫދަށް ވެއްޓުނީމާ ރުޅިއައިސްފައިދޯ. [ސޮރީ] ދެން މިކަހަލަ އުނދަގުލެއް ނުކުރާނަން.] ޒަހީން މަޢާފަށް އެދުނެވެ. ރާނިޔާ މަޢާފް ކުރިއެވެ. އެރޭ ޒަހީން ރާނިޔާއަށް އެގޮތަށް އުނދަގޫ ނުކުރާނެ ކަމަށް ވަޢުދުވިއެވެ.
އެދުވަހު ހެނދުނު ޒަހީނަށް ހޭލެވުނުއިރު، ހެނދުނު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. ޒަހީން ލަހުން ހޭލިޔަސް ރާނިޔާ ފަތިހު ތެދުވިއެވެ. މަންމައާއެކު ހެނދުނުގެ ސައި ތައްޔާރު ކުރީވެސް އޭނާއެވެ.
[ރޭގެ ވަރަށް ދަންވަރުވެސް ދަރިފުޅުމެން ވާހަކަ ދައްކާ އަޑުއިވޭ. ރޭގަ ނުނިދަނީތަ؟] މަންމަ ސުވާލު ކުރިއެވެ.
[އާނ. އޮފީހަށްދާކަށް ނުޖެހޭނެޔޯ ކިޔައިގެން، ރޭގައި ވަރަށް ދަންވަންދެން ނުނިދާ ހުރީ.] ރާނިޔާ މަންމައަށް ކިޔައިދިނެވެ.
[އާނ....އާނ....މަންމަ ގާތުގައި ކުޓުވަނީ ދޯ؟] ކޮޓަރިން ނުކުތް ޒަހީނަށް ރާނިޔާ މަންމަ ގާތުގައި ދެއްކި ވާހަކަތަކުގެ އަޑު އިވިގެން ރާނިޔާއާ ދިމާކޮށްލިއެވެ.
[އަދި ބުނަން މަންމާ، މި ޒަހީން ރޭގައި އަހަރެން މޫދަށްވެސް ވައްޓާލިޔޭ.] ރާނިޔާ މަންމަގެ ކުރިމަތީގައި ޒަހީން ކުށްވެރި ކުރިއެވެ.
[އަހަންނެއް ވައްޓައެއްނުލަން. އަމިއްލައަށް ފުންމާލީނު.]
[އޭނ.....ފުންމާލީޔޭ.....] ރާނިޔާ ސިހުނެވެ.
[ދަރިފުޅުމެންނޭ، މަންމަ މިދަނީ ގިފިއްޔަށް އެއްޗެތި ދޮންނަން. ތަށިދޮވެލާ ހަދާލައްޗޭ.] ފާއިޒާ އެތަނުން ދިޔައެވެ.
[ޒަހީން އުފާވެރި ޚަބަރެއް....] ރާނިޔާ ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލިއެވެ.
[ކޮން ޚަބަރެއް!.....ބުނަންވީނު.] ޒަހީން ޝައުޤުވެރިވިއެވެ.
[ޒަހީން ބައްޕައަކަށް ވަނީއެއްނު.] ރާނިޔާ އެ އުފާވެރި ޚަބަރު ޒަހީނަށް ދިނެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން، ޒަހީނަށް ރާނިޔާގެ ހަށިގަނޑުގައި ބާރަށް އޮޅުލައިގަނެވުނެވެ.
[އޭ.....މިގަޑީގައި ވަންނާކަށް މަނަލެއް ނޫންތަ؟] އެވަގުތު އެތަނަށް އައިސް ވަން ޒަހީންގެ އޮފީހުގެ ރައްޓެއްސަކު ބުންޏެވެ.
[މަނާ ގަޑިއެއް ކަމަކު ތިޔަ ވަނީއެއްނު.] ޒަހީން ރާނިޔާއާ ދުރަށް ޖެހިލިއެވެ.
[މިގޭގައި ކޮޓަރިއެއްވެސް ނުހުންނަނީތަ؟ އޮފީހަށް ގޮސް ދިމާކޮށްލާނަން އިނގޭ.] ޒަހީންގެ ރަޙްމަތްތެރިޔާ ހުޝާމް ލާނެތްވެލިއެވެ.
[އޭތް ދެން ތިވާހަކަ ހުއްޓާލަބަލަ. ކާކު މިގެ ދެއްކީ. ހުވަފެނެއް ފެނުނީއެއް ނޫންތަ؟] ޒަހީން ޝަކުވާ ކުރިއެވެ.
[އަޔަކަސް ނެތެއްނު ހެވެއް. މިގެޔަށް ނާންނަންވީތަ؟] ހުޝާމް ހިތްހަމަނުޖެހޭ ގޮތް ދައްކާލިއެވެ.
[ރުޅިއައީތަ ތިއަންނަނީތަ. އަހަރަކުން އެއްފަހަރު ތިޔަ ދައްކާލަނީ. އެންމެ ރަނގަޅު. އަހަރެން މިގެޔަށް އައިފަހުން ކިތައްފަހަރު މިގެޔަށް އާދެވިއްޖެތަ؟] ރާނިޔާ ގޮސް ކާކޮޓަރިއަށް ވަނެވެ.
[ފަހަރިއަށް ބަލާލުމުން، ހާދަ ހީވެޔޭ ޒަހީން ބައްޕައަކަށް ވާން އުޅޭހެން.] ރާނިޔާ ހިނގާފައި ދިޔަގޮތުން ހުޝާމަށް ޝައްކުވިއެވެ.
[އޭތް....ހާދަ މޮޅޭ....ކިހިނެއް ހުޝާމަށް އެނގުނީ.] ޒަހީން ހުޝާމަށް ތަޢުރީފް ކުރިއެވެ.
[އަހަންނަށް އެނގޭނެ، މީހާއަށް ބަލާލުމުން.] ހުޝާމް ފަޚުރުވެރިވެލިއެވެ.
[ތިޔަ ވާހަކަ ހުއްޓާލަބަލަ....އަދިވެސް [މެރީ] ކުރާކަށް ނުވޭތަ؟] ޒަހީން މަޥްޟޫޢު ބަދަލުކޮށްލިއެވެ.
[މެރީ ކުރަންވީ ދުވަސް ކަނޑައަޅަންވީ. އަބަދަކު މިހެން ނުވެސް ތިބެވޭނެއެއްނު.] ރަޝްފާ ވާހަކަ ދެއްކީ، އޭނާގެ ވާންއުޅޭ ފިރިމީހާ މާއިލާއެވެ.
[ތިޔަކަމާ އަހަރެންވެސް އެބަ ވިސްނަން. މިހާރު މިގޮތަށްވެސް ލައްކަ ދުވަހު އުޅެވިއްޖެއެއްނު.] މާއިލްވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނި ކުރާށެވެ.
[ދެން ކޮން ދުވަހަކުންތަ؟] ރަޝްފާ މާއިލާ ގާތްވެލަމުން އެއްސެވެ. އެދުވަހުގެ ބައްދަލުވުން ނިމުނުއިރު، މާއިލާއި ރަޝްފާގެ ކައިވެނި ކުރާނެ ދުވަހެއްވެސް ކަނޑައެޅުނެވެ.
ޖެހިގެން އައި ރެއެވެ.
ވަގުތަކީ ބާރަޖެހި ވަގުތެވެ. ރާނިޔާ އެއުޅެނީ ޒަހީންގެ ކިބައިން ސަލާމަތް ނުވެވިގެންނެވެ. ކޮންމެ ގޮތެއްވިޔަސް، ވަގުތު ޖެހުމުގެ ކުރިން އޭނާ އެގެއިން ނުކުންނާނެއެވެ.
[އަންނާނަން ފެން ތަށްޓެއް ބޯލައިގެން.] ޒަހީންގެ ކިބައިން ސަލާމަތް ވުމަށްޓަކައި ރާނިޔާ ގޮތެއް ރާވާލިއެވެ. ޒަހީން ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ. އެވަގުތު އޭނާގެ ހަށިގަނޑަށް ވެރިވެފައި ވަނީ މަސްތީ އަސަރުތަކެވެ.
[ޒަހީން މަސްތީ ބެލުމަކުން ރާނިޔާއަށް ބަލާލަމުން، ގައިމަތީ އޮތް ފޮތިގަނޑު ރަނގަޅުކޮށްލިއެވެ. ރާނިޔާ ހެދުން ރަނގަޅުކޮށްލަމުން ނުކުތެވެ. ރާނިޔާ ނުކުތުމުން، ނުރުހިފައި އޮތް ޒަހީން އޮތްގޮތަށް އޮތީއެވެ. ފާޑަކަށް ރުޅިއައިސްފައެވެ.
ރާނިޔާ ގެއިން ނުކުތްއިރު، ބަދަލުވުމުގެ ނިޝާންތައް އޭނާގެ މޫނުމަތިން ފެންނަން ފެށިއެވެ. އެގޮތުގައި ހުރެ އޭނާއަށް ދެވުނީ އެގެޔާ ފަންސާހަކަށް ފޫޓަށެވެ. މުޅިން އެއްކޮށް އޭނާ ބަދަލުވިއެވެ. ނަމަވެސް މިފަހަރު އެހެން ފަހަރުފަހަރާ ޚިލާފަށް މާ ބިރުވެރިއެވެ. ދެލޯވެސް ހީވަނީ އަނގުރު އަލިފާންކޮޅެއް ހެންނެވެ. އަނގައިގެ ދެމިޔަކަނުން އާދަޔާ ޚިލާފަށް ދިގު ދެކަފި ދެދަތް ނުކުތެވެ. މަންޒަރު ފެނުނު މީހަކަށްނަމަ، ޑްރެކިޔުލާއެކޭވެސް ބުނެވިދާނެއެވެ.
އޭނާ ހިނގާފައި ގޮސް ވަނީ، ޖެހިގެން ހުރި ޓެކްސީ ސެންޓަރަށެވެ. އޭރު ސެންޓަރުގެ އޮޕަރޭޓަރު އިނީ ތާއްޔާ ޖެހިޖެހިއެވެ. ބިރުވެރި ސިފައިގައިވާ ރާނިޔާ ފެނުމާއެކު، އޮޕަރޭޓަރު މުޙަންމަދު ވަޙީދަށް ބިރުން ހަޅޭއްލަވައިގަނެވުނެވެ.
ރާނިޔާ ވަޙީދަށް ދެވަނަ އަޑެއް ބޭރުކުރުމުގެ ފުރްޞަތެއް ނުދިނެވެ. އޭނާގެ ދެމިޔަކަނުން ނުކުމެފައިވާ ދެދަތުގެ އެހީގައި، ވަޙީދުގެ ނޭވާހޮޅި ބުރިކޮށްލިއެވެ. ވަޙީދަށް ދެވަނަ ޙަރަކާތެއް ކޮށްލުމުގެ ފުރްޞަތުވެސް ނުދީއެވެ. މަރަށް ތެޅޭ މަހެއްހެން ހިނދުކޮޅަކު ތެޅިތެޅި އޮތުމަށްފަހު، އޭނާ އަބަދުގެ އަބަދަށް ނިދައިފިއެވެ. ވަޙީދު މަރުވިތާ މާގިނައިރުތަކެއްނުވެ ރާނިޔާ ބަދަލުވިއެވެ. ވެދިޔަ ކަންތައް ހިތަށް އެރުމުން، ރާނިޔާއަށް ރޮވުނެވެ. އޭނާ އަބަދުވެސް އެކަމާ ހިތާމަކުރެއެވެ. އޭނާގެ ސަބަބުން ނިކަމެތިވަމުންދާ ޢާއިލާތަކާމެދު ވިސްނާ ފިކުރު ކުރެއެވެ.
ރާނިޔާ ކޮޓަރިއަށް ވަންއިރު ޒަހީނަށް އޮތީ ނިދިފައެވެ. ރާނިޔާ ޒަހީނަށް ބަލައިލުމަށްފަހު، މަގަތުގައި އޮށޯވެލިއެވެ.
[ތިޔަ އައީ އަހަރެން ނިދާހާއިރުކޮށްފަދޯ.] ހީކުރިގޮތާ ޚިލާފަށް ޒަހީން އޮތީ ނިދާފައެއް ނޫނެވެ. ރާނިޔާ އޮށޯތުމާއެކު ޒަހީން ތެދުވިއެވެ.
ކުއްލިއަކަށް ޒަހީން ތެދުވުމުން، ރާނިޔާއަށް ލިބުނީ ކުއްލި ސިހުމެކެވެ.
[އަޅެ....މިވަގަތު އަހަރެން މަޢާފަށް އެދެފިއްޔާޔޯ.] ރާނިޔާ މާޔޫސީ އަސަރު މޫނުމައްޗަށް ވެރިކުރުވިއެވެ.
[ނުކުރާނަން މަޢާފެއް. މިރޭ އަހަރެން ވަރަށް ހިތުގައި ޖެހުނު. އަހަރެން ދެނެހުރީމޭ....] ޒަހީން ހުއްޓާލިއެވެ. ޙަޤީޤަތުގައިވެސް ޒަހީން އޮތީ ރުޅިއައިސްފައެވެ.
[ކީކޭ؟ ކޮންކަމެއް ދެނަހުރީމޭ!] ރާނިޔާ ވަރަށް ބޮޑަށް ހާސްވިއެވެ. އޭނާއަށް ހީވީ ޒަހީނަށް އޭނާގެ ޙަޤީޤަތް އެނގުނީހެންނެވެ.
[ހާދަ ހާސްވީ. އަނެއްކާ އަހަރެން ނޫން އެހެން މީހަކާ ގުޅުމެއް އޮންނަނީތަ؟] ޒަހީނަށް ރާނިޔާގެ މޫޑު ބަދަލުވިކަން އެނގުނެވެ.
[ތިޔަ ބުނީ ހަމަ ރަނގަޅަށް. އަހަރެން މިއައީ އެހެން ފިރިހެނެއްގެ ގާތަށް ގޮސްފައި. އިތުބާރު ނުކުރެވެންޏާ.....] ރާނިޔާ ރޯން ފެށިއެވެ.
[ސަމާސާއަކަށް އެއްޗެއް ބުންޏަސް، ހާދަވަރެކޭ ދޯ ތިޔަ ވަނީ. ދެން ބުނެބަލަ، އަހަރެން މަޢާފަށް އެދެފިއްޔާޔޯ.] ރާނިޔާ ރޯން ފެށުމުން ޒަހީން ކަންބޮޑުވިއެވެ.
[ހެޔޮ ނުކުރާނަން މަޢާފެއް.] ރާނިޔާ ބޮޑާހާކަން ފެށިއެވެ. އޭނާގެ މޫނުމަތިން ރުޅިވެރިކަން ދެއްކޭތޯ މަސައްކަތް ކުރިއެވެ.
[ޔަޤީންތަ މަޢާފް ނުކުރާނެކަން.] ޒަހީން ރާނިޔާއާ ގާތަށް ޖެހިލިއެވެ. ޒަހީން ވާހަކަ ދެއްކި ރާގުން އޭނާ ވަރަށް ދެރަވެފައިވާކަން އެނގެއެވެ. އެންމެފަހުން ރާނިޔާ ގޮތްދޫކުރިއެވެ.
[ރާނީ ބުނެބަލަ، އަހަރެން ނުކުތީމާ ފިލީދޯ. ތިޔަހެން އެކަނި ބޭރަށް ނުކުންނަން ބިރެއްވެސް ނުގަނޭތަ؟] ޒަހީން ސުވާލު ކޮށްލިއެވެ.
[ބިރެއް ނުގަނޭހޭ؟ އަހަރެންދެކެ އެހެން މީހުން ބިރުގަންނަން ޖެހޭނީ.] ޒަހީނަށް ނޭނގުނަސް، ރާނިޔާ ތެދު ހާމަކުރިއެވެ.
[އައްދޭ ހާދަ ބިރުކުޑަ ކަމަށް ހެދިގެން ތިއުޅެނީ. ރާނީ ތިޔައީ ޖިންނިއެއް ނަމަތާ، މީހުން ބިރުގަންނަންވެސް ޖެހޭނީ.] ޒަހީން ރާނީއަށް ޖޯކު ޖެއްސެވެ.
[ޖިންނިންދެކެ ހުރިހާ މީހުނެއް ބިރެއް ނުގަނެއެއްނު. އޭގެ މިސާލެއްނު ޒަހީނަކީވެސް.] ރާނިޔާ ހިނިތުންވެލަމުން ޒަހީންގެ އަތުތެރެއަށް ބޮނޑިވެލައިފިއެވެ.
[ތިޔައީ ރާނީ ހީކުރި ގޮތެއްނު. ޖިންނި ޝައިޠާނުންދެކެ އަހަރެން ނުލާހިކު ބިރުގަނޭ.] ޒަހީން އަމިއްލައަށް ފަޚުރުވެރިވާކަށް ބޭނުމެއް ނުވިއެވެ.
[ހުރިހާ ޖިންނިންނަކީ އިންސާނުންނަށް ގެއްލުންދޭ ބަޔަކަށްނުވެ ހިނގައިދާނެއެއްނު.] ރާނިޔާ ވާހަކަ ދެއްކީ ޒަހީނާ ދެކޮޅަށެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ޒަހީނާއި ރާނިޔާ ކާކޮޓަރީގައި ތިބެގެން ހެނދުނުގެ ސަޔަށް އިންޞާފް ކުރަމުންދާއިރު، ކައިރީގައި މަންމަ ފާއިޒާއާއި ބައްޕަ ރާފިޢު ދެގޮނޑީގައި ތިއްބެވެ.
[އައްސަލާމް ޢަލައިކުމް.] އެވަގުތު އެތަނަށް އައިސްވަނީ ހުޝާމެވެ.
[ވަޢަލައިކުމުއް ސަލާމް. ހާދަ ނުވަގުތެއްގައި.] ޒަހީން ސަލާމް ބަލައިގަތުމަށްފަހު ބުންޏެވެ.
[މިއަދު ދިހައެއްގެ ޓީ.ވީ ޚަބަރު އަޑު އެހިންތަ؟] އެތާހުރި ގޮނޑިއެއްގައި އިށީންނަމުން ހުޝާމް އެއްސެވެ.
[ދެންމެ މިހޭލީވެސް ކިހިނެއްވީ؟ މާ މުހިންމު ޚަބަރެއް ދެއްކީތަ؟] ޒަހީން ޝައުޤުވެރިވިއެވެ.
[ޒަހީން މިއަދު ހެނދުނު އޮފީހަކަށް ނުދަންދޯ؟] ހުޝާމް އެއްސެވެ.
[މިއަދަކީ އަހަރެންގެ އޮފް ދުވަހެކޭ. ބުނެބަލަ ކޮން ޚަބަރެއްތަ މާ މުހިންމު ޚަބަރަކަށް ދެއްކީ.] ޒަހީންގެ ހިތް އަވަސްވިއެވެ.
[ފާސްޓް ޓެކްސީގެ އޮޕަރޭޓަރު މުޙަންމަދު ވަޙީދު ސެންޓަރު ތެރޭގައި މަރާލާފައި އޮއްވަޔޯ، ހެނދުނު ފެނުނީ. ޓީ.ވީ އިން އޭނާގެ ހަށިގަނޑުން ބައެއްވެސް ދެއްކިޔޭ. ޝަހާދަތްފަދަ ތެދެއް މިބުނީ، ވަރަށް ރަޙުމް ކުޑަގޮތަކަށް މަރާލާފައި އޮތީ.] ހުޝާމް ކިޔައިދިނެވެ.
[ކޮންބަޔަކު ކުރި ކަމެއްކަން އެނގޭތަ؟] ޒަހީން އެއްސެވެ.
[ނޭނގެ. ކިހާ ދެރަކަމެއްދޯ. މި ހަފްތާތެރޭ ދެވަނަ މީހާވިއްޔާ.] ހުޝާމްވެސް ހުރީ ހިތް ބިރުގެންފައެވެ.
[ތިޔަ ވާނީ ހަމަ އެއްބަޔަކު ކުރާ ކަމަކަށް. އެކަމަކު ތިއީ ހާދަ ރަޙުމެއް، އިންސާނިއްޔަތު ކަމެއް ނެތް ބަޔަކު ކުރާ ކަމެކޭދޯ.] ނޭނގި ނަމަވެސް ޒަހީންގެ ރުޅިގަނޑު އަމާޒުވީ އަނބިމީހާއަށެވެ.
[އިންސާނިއްޔަތު ކަމެއް ނުހުންނާނެއެއްނު، އިންސާނަކު ކުރާ ކަމަކަށް ނުވަންޏަކާ. އަހަންނަށް ލަފާކުރެވެނީ ޖިންނި ކަންތައްގަނޑެއް ކަމަށް އެއީ.] ހުޝާމް ލަފާކުރީ އެގޮތަށެވެ. ހުޝާމް މިހެން ބުނުމާއެކު، ރާނިޔާގެ މޫނުގެ ކުލަ ބަދަލުވިއެވެ. އޭނާއާ ދޭތެރޭ ޝައްކު ކުރަނީ ކަމުގައި ހީކުރެވުނެވެ.
[މިއަދު ފަހަރި ހާދަ ބިރުން އިންހެން ހީވެޔޭ.] ހުޝާމް ލާނެތް ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވިއެވެ.
[އޭނ....ބިރޭ.....ބިރެއް.....ނުގަނޭ.] ރާނިޔާއަށް ތެޅިގަނެވުނެވެ.
[އާނ އެބަ އެނގެޔޭ، ވާހަކަ ދައްކާ ގޮތުންވެސް ބިރުނުގަންނަކަން.] ޒަހީން ދިމާކޮށްލިއެވެ.
[ސޮރީ އަހަންނެއް ހީނުކުރަން، ރާނީ ތީ ތިހާ ބިރުގަންނަ ރާނީއެއް ކަމަކަށް. ދެން އެކަހަލަ ބިރުވެރި ޙާދިޘާތަކުގެ ވާހަކަ ދައްކާނީ، އަހަންނާ ޒަހީނާ ދެމީހުން އެކަނިތިބެ.] ހުޝާމް ރާނިޔާ ހަމައަކަށް އަޅުވާލިއެވެ.
ހުޝާމްގެ މިވާހަކަތަކުން އޭނާއަށްވެސް އެއްވެސް ކަމެއް ނޭނގޭކަން ރާނިޔާއަށް އެނގުނެވެ. ރާނިޔާ ހަމައަކަށް އެޅުނީ އެހެންވެގެންނެވެ.
[ހީކުރީތަ އަހަރެން ބިރުގަންނަ ކަމަށް. ދެން ތިޔަ ވާހަކަ ހުއްޓާލަބަލަ. ހުޝާމްވެސް އާދޭ ސައިބޯން.] ރާނިޔާ ހަމަޖެހިލަން މަސައްކަތް ކުރަމުން އެދުނެވެ.
[އަހަރެން ހަމަ ދެންމެ ސައިބޮއިގެން މިއައީ. ބަނޑުގައި ތަންކޮޅެއްވެސް ހުރިނަމަ، ފަހަރި އަތުން ސައިބޮއިގެން ދާނީ.] ހުޝާމް ޢުޒުރަކާއެކު ސައި ބުއިމަށް އިންކާރު ކުރިއެވެ.
[އޭނާ ވަރަށް ފޮނިވާނެ. އެއުޅެނީ ސައި ނުބޯން ވެގެންނޭ.] ޒަހީން ހުރީ ހުޝާމާ ދެކޮޅަށެވެ.
[ހުޝާމް ނުބުޔަސް ހެވޭ! ބޯނެ މީހުން، ކާނެ މީހުން ތިބޭނެ.] މަންމަވެސް ޒަހީންކޮޅަށް ހިފާލިއެވެ.
[ބަލަ އެ ސޮރުގެ ބަނޑުގައި ތަން ނެތީސް، ކިހިނެއް ސައިބޯނީ.] ޒަހީންގެ ބައްޕަ ރާފިޢު ހުރީ ހުޝާމާ އެއްކޮޅަށެވެ.
[ކޮބާ މަށާ އެއްބައިވެލާނެ މީހަކުވެސް ވެއްޖެތާ. އޭ ދެން ހުރެވޭކަށް ނެތޭ. އިހަށް ގޮސްލާނަން.] ހުޝާމް ތެދުވިއެވެ.
[އެދިޔައީއެއްނު އޮޅުވާލާފައި.] ހުޝާމް ހިނގައިގަތުމުން ޒަހީން ބުންޏެވެ. އެވަގުތު ފޯން ރިންގްވާން ފެށުމުން، ރާނިޔާ ގޮސް ފޯނު ނެގިއެވެ.
[ހަލޯ ޝިޒޫތަ؟ މީ އަހަންނޭ.] އެކޮޅުން ވާހަކަ ދެއްކީ ރަޝްފާއެވެ.
[ކިހިނެއްވީ؟ ހާދަ އުފާވެފައި ހުރިހެން ހީވެޔޭ.] ރާނިޔާއަށް ރަޝްފާ ވާހަކަ ދެއްކި ގޮތުން، އެކަން އެނގުނެވެ.
[އުފާވާނެއެއްނު. މާދަމާރޭ [މެރީ] ކުރާށޭ މިއުޅެނީ.] ރަޝްފާ ބުންޏެވެ.
[ހަމަ ރަނގަޅަށްތަ. އަޅެ އެކަން ފާހަގައެއް ނުކުރަންތަ؟] ރާނިޔާވެސް ބޭނުންވީ، އޭނާ އުފާވެފައިވާކަން އަންގާށެވެ.
[އެއީ މާއިލް ރުހޭ ކަމެއް ނޫން. އެކަމަކު އަޅެ ޒަހީން ގޮވައިގެން މާދަމާރޭ އަންނަންވާނެ. ދެން ކޮންމެވެސް ވަރެއްގެ އިންތިޒާމެއް އަހަރެމެން ރާވާނަން. ގެވެސް ދެން ކުޑަގޮތަކަށް ޒީނަތްތެރި ކުރާނީ.] ރަޝްފާ، ރާނިޔާއަށް ދަޢުވަތު ދިނެވެ.
[އާނ ދާނަން. ކިހާއިރަކު ދާންވީ؟] ރާނިޔާ އެއްސެވެ.
[ޝިޒޫމެން ތަންކޮޅެއް ކުރިން އަންނަންވާނެ. އެހެންވީމާ ނުވަގަޑި ބައިގައި އާދޭ. އާދެވޭނެދޯ އެގަޑީގަ.] ރަޝްފާ ގަޑި ބުންޏެވެ.
[އާނ ކީއްވެ ނާދެވެންވީ. ކޮބާ ލަހޫއަށް އަންގައިފިންތަ؟] ރާނިޔާ އޮޅުންފިލުވަން ބޭނުންވިއެވެ.
[އަދި ނުގުޅަން. އާނ ދެން ބާއްވަނީއޭ. ހަނދާންކޮށް އަންނައްޗޭ.] ރަޝްފާ ފޯން ބާއްވަމުންވެސް ހަނދާންކޮށްލަދިނެވެ.
[ކާކު؟ ހާދަ ދިގު ފޯނެކޭ.] ރާނިޔާ ފޯނު ބޭއްވުމުން ޒަހީން އެއްސެވެ.
[އެއީ ރަޝްފާ. މާދަމާރޭ މެރީ ކުރަނީއެއްނު. އެހެންވެ އެވާހަކަ ބުނަން އެ ގުޅީ. މާދަމާރޭ ނުވަގަޑި ބަޔަށް އެގެޔަށް ދާންވާނެއެއްނު.] ރާނިޔާ އޮޅުންފިލުވައިދިނެވެ.
[އެގަޑީގައި އަހަރެން ހުންނާނީ އޮފީހުގައެއްނު. ދެން އެގަޑީގައި ކިހިނެއްދާނީ.] ޒަހީން ބުންޏެވެ.
[އަހަރެން ދާނަން ނުވަގަޑި ބަޔަށް. ދެން ޒަހީން އޮފީސް ނިންމާފައި އެގެޔަށްދާތި.] ރާނިޔާ ހަދަންވީގޮތް ބުންޏެވެ.
[އެންމެ ރަނގަޅު. އަހަރެން ދާނަން އެގާރަގަޑި ބައިގައި.] ޒަހީން އެންމެފަހުގެ ނިންމުން ނިންމިއެވެ.
********************
ރަޝްފާއާއި މާއިލްގެ ކައިވެނީގެ ޙަފްލާއަށް ރަޝްފާމެންގެ ގެ ތައްޔާރު ކޮށްފައިވަނީ ވަރަށް ފުރިހަމަކޮށެވެ. ތަފާތު މީރުވަސް ދުވާ މާތަކުންނާއި ކުލަކުލައިގެ ބޮކިތަކުންނެވެ.
ނުވަގަޑިބައި ވުމުގެ ކުރިން ރާނިޔާ އެގެޔަށް ދިޔައެވެ.
[ކޮބާ ޒަހީން؟] ރަޝްފާ އެހިއެވެ.
[ޒަހީން ހުރީ އޮފީހުގަ. އަންނާނެ އެގާރަގަޑި ބައިގައި.] ރާނިޔާ ޖަވާބު ދިނެވެ. އޭރު އަދި ލަހުފާވެސް ނާދެއެވެ.
[ކޮބާ ލަހުފާ އަދި ނާދޭތަ؟] ލަހުފާ ފެންނަން ނެތުމުން ރާނިޔާ އެއްސެވެ.
[އަދި ނާދޭ.] ރަޝްފާ ޖަވާބު ދިނެވެ.
ބަރާބަރު ނުވަގަޑި ބައިވިއިރު، ދެ ޢާއިލާގެ ތިމާގެ މީހުންނާއި ރައްޓެހިން ފުރެންދެން ތިއްބެވެ. ލަހުފާއަށް އާދެވުނީ ދިހައެއްވެސް ޖެހި ފަހުންނެވެ.
[ކިހިނެއްވީ؟ ހާދަ ލަސްވީ!] ރަޝްފާ ޝަކުވާކުރާފަދަ ގޮތަކަށް އެއްސެވެ.
[ލަސްތަ؟ އަދި ކިރިޔާ ދިހައެއް ޖެހީނު.] ލަހުފާ ގަޑިއަށް ބަލާލިއެވެ.
[އާނ އޭނައަށްވީމަ ލަހެއް ނުވާނެ. މިހާރުވެސް އަހަރެމެން ކުރެން މީހަކު ލަސްވިނަމަ، އޭނަ ޝަކުވާކުރާނެޔޭ.] ކައިރީގައި ހުރި ރާނިޔާ ލަހުފާއާ ދިމާކޮށްލިއެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު