ދާދިފަހުން އަލްބޭނިއާގެ ސްކޫލެއްގައި ކުއްޖަކަށް ދިން ވަޅީގެ ހަމަލާއަކާއި ގުޅިގެން އެގައުމުގައި ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފިއެވެ.
އެގޮތުން ޗައިނާގެ މަޝްހޫރު ވީޑިއޯ އެޕް މަނާކުރުމަށް އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފަށާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު އެދީ ރާމާ ވަނީ ހޮނިހިރު ދުވަހު ވިދާޅުވެފަ އެވެ.
އަލްބޭނިއާ ސަރުކާރުން މި ނިންމުން ނިންމާފައި މިވަނީ މިދިޔަ ނޮވެމްބަރު މަހު 14 އަހަރުގެ ކުއްޖަކަށް އޭނާގެ ކްލާސްމޭޓެއް ވަޅިން ހަމަލާދީ މަރާލާފައިވަނިކޮށެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ދެ ފިރިހެން ކުދިންގެ މެދުގައި ސޯޝަލް މީޑިއާގައި ހިނގި ދެބަސްވުމަކާއި ގުޅިގެންކަމަށް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ މަހު ފުރާވަރުގެ ކުއްޖަކު މަރާލި މިމައްސަލައިގައި މީސް މީޑިއާގެ ނުފޫޒު ކުޑަކުދިންނަށް ކުރާތީ ކަންބޮޑުވުން ފާޅުކޮށް، އަލްބޭނިއާ އިން ޓިކްޓޮކް ބޭނުންކުރުން މަނާކުރީ އެއް އަހަރު ދުވަހަށެވެ.
ޓިކްޓޮކް މަނާކުރުމަށް އަލްބޭނިޔާ ސަރުކާރުން ނިންމި ނިންމުމާ އެގައުމުގެ އިދިކޮޅު ފަރާތްތަކުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެގޮތުން އެގައުމުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި މީސް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް މަނާކުރުމަށް ނިންމި ނިންމުމަކީ ވަރަށް ހުދުމުހުތާރު ނިންމުމެއް ކަމަށެވެ. ސަބަބަކީ އެކަމުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީއާ ހިލާފުވާކަމަށެވެ.
އަލްބޭނިޔާއިން ޓިކޮޓޮކް މަނާކުރަން ނިންމި އިރު ދުނިޔޭގެ ބައެއް އެހެން ގައުމުތަކުންވެސް ދަނީ މިފަދަ ނިންމުންތަކާ ދިމާއަށް މިސްރާބު ޖަހަމުންނެވެ. އެގޮތުން އޮސްޓްރޭލިއާ އިން ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް މީސް މީޑިއާ މުޅިން މަނާކުރުމަށް ނޮވެމްބަރު މަހު ފާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު