ހަށިގަނޑުގަައި ހަކަތަ އުފެއްދުމަށާއި މީހާގެ ބަރުދަން އެއް ހަމައެއްގައި ބެހެއްޓުމަށްޓަކައި ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅު ވުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ކެއުމަށް ބޮޑެތި ބަދަލުތަކެއް ނުގެނެސް ޑައިޓު ނުކޮށްވެސް މީހާގެ މެޓަބޮލިޒަމް ރަނގަަޅު ކުރެވިދާނެއެވެ.
އެގޮތުން ބަލާއިރު ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅު ކުރަން ބޭނުންވާނަމަ ޕްރޮޓީން ހިމެނޭ މާއްދާތައް ގިނައިން ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. ޕްރޮޓީންގެ ބާވަތްތަކަކީ އޭގައި "ތާމިކު އެފެކްޓު" ހުންނަ އެއްޗެހި ކަމުގައި ވުމުން މި އެއްޗެހި ހަޖަމުވާން ގިނަ އަދަދަކަށް ހަކަތަ ބޭނުންވެއެވެ. އަދި އޭގެ ސަބަބުން މީހާގެ މެޓަބޮލިޒަމް ރަނގަޅުވެއެވެ.
އަދި ކަސްރަތު ކުރާއިރު "ހައި އިންޓެންސިޓީ ވޯކްއައުޓު" ތައް ކުރުމަކީވެސް މީހާގެ މެޓަބޮލިޒަމް ރަނގަޅު ކޮށްދޭ ކަމެކެވެ. މިފަދަ ކަސްރަތުތައް ކުރާއިރު ހަށިގަނޑުން ގިނަ އަދަދަކަށް ހަކަތަ ބޭނުން ކުރެއެވެ. އަދި އޭގެ ސަބަބުން ކެލޮރީތައް ވިރާވަރު އިތުރުވެ، ހަށިގަނޑުގެ މެޓަބޮލިޒަމްވެސް ރަނގަޅު ވެއެވެ.
މީގެ އިތުރުން ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅު ކުރަން ބޭނުންވާނަމަ ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ހޯދުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ނުލިބޭނަމަ އެކަމުގެ ސަބަބުން ހޯމޯނުތަކުގެ މަސައްކަތްތަކަށް ބުރޫ އަރައެވެ. އަދި އޭގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް ދައްވެއެވެ.
ވީމާ ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅު ކުރަން ބޭނުންވާނަމަ މިކަންކަމަށް ސަމާލުވެ މިކަންތައް ކުރަން އާދަކުރަން ޖެހެއެވެ. މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު