ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބަރުދަން ލުއިކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކަސްރަތު ކުރާއިރު ބައެއް ކަހަލަ ހަރަކާތްތައް ކުރުމުން ހަށިގަނޑުން ކެލޮރީތައް ވިރޭވަރު އިތުރުވެ، އޭގެ ސަބަބުން މީހާގެ ހަށިގަނޑުގައި ހަކަތަ ހުންނަ ވަރު އިތުރުވެއެވެ. އަދި އޭގެ ސަބަބުން ފަސޭހަކަމާއެކު ބަރުދަންވެސް ލުއިވެއެވެ.
ތިރީގައި މި ހިމަނާލަނީ ފަސޭހަކަމާއެކު ކެލޮރީތައް ދުއްވާލަން ބޭނުންވާނަމަ ކުރަން މުހިންމު ބައެއް ކަސްރަތުތަކެވެ.
ދުވުން
ދުވުމަކީ އެންމެ ފަސޭހަކަމާއެކު ހަށިގަނޑުގައި ހުންނަ ކެލޮރީތައް ދުއްވާލެވޭ ގޮތެވެ. ކޮންމެ ދުވަހަކު ދުވާނަމަ އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަ ކެލޮރީތައް ވިރި، މީހާގެ ހިތުގެ މަސައްކަތްތައްވެސް އިތުރަށް ރަނގަޅު ވެއެވެ. އަދި ފަސޭހަކަމާއެކު ބަރުދަން ލުއިވެ ހަށިގަނޑުގެ މެޓަބޮލިޒަމްވެސް ރަނގަޅު ވެއެވެ.
ސްކިޕް ކުރުން
ސްކިޕް ކުރުމަކީވެސް ހަށިގަނޑުން ފަސޭހަކަމާއެކު ކެލޮރީތައް ދުއްވާލެވޭ ކަމެކެވެ. ސްކިޕް ކުރާ މީހެއްގެ ހަށިގަނޑުން ބައިގަޑިއިރު ތެރޭ 360 ކެލޮރީ ވިރެއެވެ. އަދި މި ކަސްރަތަކީ ތަފާތު އެކި ގުނަވަންތަކުގެ މަސްތައް ޝާމިލުވާހެން ކުރާ ހަރަކާތަކަށް ވުމުން މި ކަސްރަތު ކުރުމުން ހަށިގަނޑުގެ ބުންވަރުވެސް އިތުރުވެއެވެ.
ބައިސްކަލު ދުއްވުން
ބައިސްކަލު ދުއްވުމަކީވެސް އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަ ކެލޮރީތައް ވިރުވާލެވޭ ކަމެކެވެ. ބާރު ސްޕީޑުގައި ބައިސްކަލު ދުއްވާނަމަ ބައިގަޑިއިރު ތެރޭ 300 ކެލޮރީ ހަށިގަނޑުން ދުއްވާލެެވެއެވެ. އަދި މި ކަސްރަތު ކުރުމުން ހަށިގަނޑުގެ މަސްތައް މަރާމާތުވެ، މީހާގެެ އެންޑުއަރެންސްވެސް އިތުރު ކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު