ނ. ހޮޅުދޫގައި ހިންގި ހަމަނުޖެހުމެއްގެ ތެރެއިން މާރާމާރީއެއް ހިންގި ޒުވާން ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ނ. ހޮޅުދޫގައި މިމަހު 19 ވަނަ ދުވަހުގެ ވަގުތެއްގައި ހިނގައިދިޔަ ހަމަނުޖެހުމެއްގެ ތެރެއިން މާރާމާރީއެއް ހިންގި ކަމަށް ބުނެ މިމަހު 20 ވަނަ ދުވަހު ފުލުހުންނަށް މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލައާއި ގުޅިގެން ކޯޓު އަމުރުގެ ދަށުން މިއަދު ނ. ހޮޅުދޫ ނިއު ލައިފް މޫސާ ރިމްޒީ (30އ) ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި މިހާރު އެ އިދާރާއިން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވެއެވެ.
މައުލޫމާތު ލިބޭގޮތުގައި މި މައްސަލާގައި ހައްޔަރު ކުރި ޒުވާނާއަކީ އެރަށުން ޒަހަމުތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ ދޮށީ ދަރިފުޅެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ހިނގި މާރާމާރީ އަކީވެސް ޒަކިއްޔާގެ މަރާ ގުޅިގެން ހިނގި މާރާމާރީއެއް ކަމަށްވެސް މައުލޫމާތު ލިބެއެެވެ.
މިދިޔަ ސެޕްޓެމްބަރު މަހު 10 ގައި ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އެރަށު އޭނާ ދިރިއުޅޭ ނިއުލައިފް ގެ ގުދަން ކައިރިންނެވެ. މި މަރާ ގުޅިގެން އެރަށު މީހުން ގިނަ ތުހުމަތު ތަކެއް ކުރެއެވެ.
ފުލުހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މިހާތަނަށް ބެލި ބެލުމުން ޒަކިއްޔާ މަރާލާފައިވާ ކަމަށް ބެލެވޭ ހެއްކެއް ހޯދިފައިނުވާ ކަމަށެވެ. ނަމަވެސް އަދިވެސް މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު