ޝައްކު އުފެދޭގޮތަށް މިދިޔަ ސެޕްޓެމްބަރު މަހު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ދޮށީ ދަރިފުޅު މޫސާ ރިމްޒީ ބަންދުން ދޫކޮށްލައިފި އެވެ.
ފުލުހުން, ރިމްޒީ އިއްޔެ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ހޮޅުދޫގައި ހިންގި މާރާމާރީއަކާ ގުޅިގެން ނެވެ.
ނަމަވެސް ރިމްޒީގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނަ ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެއީ ޝަރުުތުތަކަކާ އެކު ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ރިމްޒީ އެ މާރާމާރީ ހިންގީ އޭނާގެ މަންމަގެ މަރާ ގުޅޭ ގޮތުން ފާޑުފާޑުގެ ވާހަކަތައް ދައްކާތީކަން ވަނީ އެނގިފަ އެވެ.
ހޮޅުދޫގެ މީހުން ގަބޫލުކުރާގޮތުން ކޮންމެވެސް މީހަކު ޒަކިއްޔާ މަރާލީ އެވެ.
ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިން ނެވެ.
ޒަކިއްޔާ އަކީ ޑިޕްރެޝަނަށް ފަރުވާ ހޯދާ މީހަކަށް ވާތީ އެންމެ ފުރަތަމަ އޭނާ މަރުވީ އަމިއްލައަށް ކަމަށް އެ ރަށުގެ ތެރޭގައި އަޑު ފެތުރުނެވެ. އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމެއް އެރަށަށް ދެ ފަހަރެއްގެ މަތިން ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޒަކިއްޔާ މަރާލިކަމުގެ ހެއްކެއް އަދި ނުފެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު