ރިޝްފާން އެނދުގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އެއޮތީ ލޮލަށް ނިދީގެ އަސަރު ވެރިނުވާތީއެވެ. ހީވާކަހަލައެވެ. އުފަން ރަށް ނޫން ރަށެއްގައި ފުރަތަމަފަހަރަށް ނިދަން ޖެހުމުން، ރަށުގެ ހަނދާންތަކުން އުނދަގޫވާތީ، ނިދަން އުނދަގޫވަނީއެވެ. އެއީ ވަރަށްގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. ނިދާ ތަންމަތި ބަދަލުވުމުންވެސް، ބައެއް މީހުންނަށް އެހެން ދިމާވެއެވެ.
މިއީ ރިޝްފާން އޭނާގެ އުފަން ރަށް ކަމުގައިވާ އައްޑުއަތޮޅު މަރަދޫ (އަތޮޅުން ބޭރަށް) ކުރި ފުރަތަމަ ދަތުރެވެ. އެހެންކަމުން، ޢާއިލާއާ ދުރުގައި އާދެ! އޭނާގެ ރަޙްމަތްތެރި ޒައިދުގެ ރަށް ކަމުގައިވާ ލ. ފޮނަދޫގައި ހޭދަކުރާ ފުރަތަމަ ރޭ އޭނާއަށް ކުރެވެމުންދަނީ މުޅިން އާ ތަޖްރިބާތަކެކެވެ.
ޒައިދަކީ އައްޑޫ މުޙިއްބުއްދީން ސްކޫލުން ރިޝްފާނާއެކު ތަޢުލީމް ޙާޞިލްކުރި އެކުވެރިއެކެވެ. އޭނާ ތަޢްލީމު ޙާޞިލް ކުރަމުންދިޔައިރު ހުރީވެސް ރިޝްފާމެންގެ ގޭގައި ރިޝްފާންގެ ޢާއިލާގެ ބެލުމުގެ ދަށުގައެވެ.
އެހެންކަމުން، ރިޝްފާނާއި ޒައިދާ ދެމެދު އުފެދިފައިވަނީ، ނިކަން ވަރުގަދަ ރަޙްމަތްތެރި ގުޅުމެކެވެ.
[ރިޝްފާން...ލޮލަށް ނިދި ނާންނަނީތަ؟] ޒައިދަށް ހޭލެވުނު ވަގުތު، ނިތްކުރިމަތީގައި އެއްއަތް ބާއްވާލައިގެން ފަންގިފިލާގައިވާ ފަންކާއަށް ނަޒަރު ހުއްޓައިގެން އޮތް ރިޝްފާން ފެނުމުން، ޒައިދު ތެދުވެ އެނދުފަޑީގައި ލެނގިލިއެވެ.
[ކަލޯ ކިޔަން ކެރާނެއި އެއްލެހެކި ލޮލަށް ނިދި ނިއާސްގެން މިހިނގަނީ. (ކަލޯ ކީއްކުރާނީ، އެއްގޮތަކަށްވެސް ލޮލަށް ނިދިނައިސްގެން މިއުޅެނީ)] ދެލޯ އުނގުޅާލަމުން ރިޝްފާން ވާހަކަ ދެއްކީ، އޭނާގެ ރަށު މީހުން ވާހަކަ ދައްކާ ބަހުރުވައިންނެވެ.
ހިތަށްއަރައިފިއްޔާ، ރަށުގައި އުޅޭއިރުވެސް އޭނާ ޒައިދާ ވާހަކަ ދައްކާނީ އެ ބަހުރުވައިންނެވެ. ޒައިދުވެސް ރަނގަޅަށް އެ ބަހުރުވައިން ވާހަކަ ދައްކަން ދަންނާތީއެވެ.
[ރަށްމަތިން މާބޮޑަށް ހަނދާންވަނީދޯ؟] ޒައިދު އެއްސެވެ. ދިވެހި ޢާންމު ބަހުރުވައިންނެވެ. ރިޝްފާން ބޯޖަހާލިއެވެ.
[ފުރަތަމަ ރޭ ވީމާ، ތިހެންވެސްވާނެ. ތީ މާބޮޑު މައްސަލައެއް ނޫން. ޙަޤީޤަތުގައި އެހާ ގިނަދުވަހު އައްޑޫގައި އުޅެފައި އައިސް، މިރަށުގައި އުޅެން އުނދަގޫވެސްވާނެ. ދެން އަވަހަށް ނިދޭތޯ އުޅޭ. މާދަންވާނެއެއްނު، އަތޮޅުތެރެ ބަލާލަން ދުއްވާލަންވެސް.] ޒައިދު އަނެއްކާވެސް އޮށޯތެވެ.
[އަހަރެންގެ ލޮލަކު ނިދީގެ ކަންފުޅެއްވެސް ނެތް. ޒައިދު ނިދާލާ.]
ރިޝްފާން ތެދުވެ މޭޒުމަތީގައި އޮތް ވާހަކަ ފޮތެއް ނެގިއެވެ. ފޮތް ކިޔުމަކީ އާދަޔަކަށްނުވިޔަސް، ފޫހިވާހިނދު ފޮތެއް ބަލައިލުމަކީ، އޭނާ މަދުން ނަމަވެސް ކުރާ ކަމެކެވެ.
ރިޝްފާނަކީ މިހާރު މަދްރަސީ ދައުރު ނިމި، ވަޒީފާގެ މައިދާނަށް ނުކުންނަން ތައްޔާރުވެހުރި ޒުވާނަކަށްވުމުން، އޭނާ ލ. އަތޮޅުގެ ދަތުރަށް ފެށީ ވަޒީފާގެ ފުރްޞަތަކަށް އެދި ސަރުކާރުގެ ދާއިރާތަކަށާއި، އަމިއްލަ ބައެއް ކުންފުނިތަކަށް ސިޓީ ލިޔެފައެވެ.
ރިޝްފާނާ ޚިލާފަށް ޒައިދަކީ މިހާރުވެސް އައްޑުއަތޮޅުގެ ސަރަޙައްދީ އިންޖީނުގޭގެ ވަރަށް ޒިންމާދާރު ވަޒީފާއެއްގައި އުޅޭ ޒުވާނެކެވެ.
ޒައިދަކީ ލ. އަތޮޅަށް ނިސްބަތްވާ މީހަކަށްވިޔަސް، އޭނާވެސް މުސްތަޤްބަލުގެ ދިރިއުޅުން ރާވަން ޤަޞްދުކުރަނީ ބައިބޯ އައްޑުއަތޮޅުގައެވެ. ކުރިމަގަށް ބަލާއިރު، އަވަސް ދުވެއްޔެއްގައި ތަރައްޤީގެ ކުލަވަރު ފެތުރެމުންދަނީ، އެ ސަރަޙައްދުގައި ކަމުގައި އޭނާއަށް ޤަބޫލު ކުރެވޭތީކަންނޭނގެއެވެ.
ޙަޔާތުގެ ބައިވެރިޔަކަށް ޒައިދު ޚިޔާރު ކުރަން ބޭނުންވަނީ އައްޑުއަތޮޅުގެ އަންހެން ކުއްޖެކެވެ. ވުމާއެކު، ޒައިދު ވަނީ އޭނާގެ ހިތް އެދޭފަދަ ސިފަތަކުގެ ބައިވެރިޔާއަށް ފާރަލާން ފަށާފައެވެ. ނަމަވެސް، އެކުއްޖާއަކީ މަދްރަސީ ދައުރުގެ ފަހު މަރުޙަލާގައި އުޅޭ ކުއްޖެއްކަމުން، ޒައިދު އަދި އެކުއްޖާއަކަށް އިޝާރާތެއް ނުކުރެއެވެ.
ރިޝްފާންގެ ހުރިހާ ކަމެއްވެސް ޒައިދާ މުޅިންހެން ތަފާތެވެ. މިހާރު އޭނާއަކީވެސް މަދްރަސީ ދައުރު ނިމިފައިވާ ޢުމުރުން އެކާވީސް އަހަރުގެ ޒުވާނެކެވެ. ނަމަވެސް، އޭނާ މުސްތަޤްބަލުގެ ދިރިއުޅުމާ ދޭތެރެޔަކު ނުވިސްނައެވެ. ރިޝްފާންގެ ގިނަ އާދަތައް، ބާރަވަރަކަށް އަހަރުގެ ކުޑަކުއްޖެކޭ އެއްފަދައެވެ. ވުމާއެކު، ރިޝްފާންގެ މަންމަމެން އޭނާ ސިފަކުރަނީ ދާދިފަހުން ނުކުތް ހިންދުސްތާނު ފިލްމް ކޮއިމިލްގަޔާގައި އުޅޭ ރިތިކް ރޯޝަންގެ ކެރެކްޓަރއާ އެވެ.
މިހެން ދެންނެވިޔަސް، ރިޝްފާންގެ ސިކުނޑި އެހާ ޅައެއް ނޫނެވެ. އެވަރުނަމަ، މައިންބަފައިންނާ ވަކިން އެތައް މޭލެއްގެ ދުރަށް ދިޔުމަށް ހުއްދައެއްވެސް ނުލިބުނީހެވެ. ރިޝްފާންގެ އުނިކަމެއްގެ ގޮތުގައި ޒައިދު ފާހަގަކުރަނީ، އަންހެން ކުދިންނާ ދުރުކަމެވެ. ޒައިދާއެކު ހިނގާފައިދާއިރު، ކިތަންމެ ރީތި ކުއްޖަކު ޒައިދު ދެއްކިޔަސް، ރިޝްފާން އަޅައެއްނުލައެވެ. އެކަނި އަޅާނުލަނީކީ ނޫނެވެ. ބަލައެއްވެސްނުލައެވެ. ބައެއްފަހަރު އެއީ އެ ޙިއްސު މަސައްކަތްނުކުރާ މީހެކޭވެސް ބުނެ ޒައިދު ދިމާކުރެއެވެ. އެ ބުނުމަށް ރިޝްފާންދޭ ޖަވާބަކީ އޭނާގެ ހިތްއެދޭފަދަ ސިފަތަކެއްގެ ވެރިޔަކު ދިމާވާހިނދު، އެއްވެސް އިޚްތިޔާރަކާނުލާ އޭނާގެ ޝައުޤުވެރިކަންވެސް އެދިމާއަކަށް ހުއްޓޭނެ ކަމަށެވެ.
ފުރަތަމަ ރެޔަށްވުމުން، އެރޭ ރިޝްފާންގެ ލޮލަކަށް ހިނދުކޮޅަކަށްވެސް ނިންޖެއް ނާދެއެވެ. އެރޭގެ ހަތަރުދަމު އޭނާ ހޭދަކުރީ ފޮތް ކިޔުމުގައެވެ. އޭނާ ގެންގުޅުނު ފޮތް ތަކުރާރުކޮށް ދެފަހަރު ކިޔާ ނިމުނުއިރުވެސް އޭނާއަކަށް އެރޭ، ކުރެއް ނުވިއެވެ.
ނިދޭތޯ ކުރި މަސައްކަތުން މަންފާއެއް ނުލިބުމުން، ފަތިސްވާން ކައިރިވުމުން، ގަޑިއަށް ބަލައިލުމަށްފަހު ރިޝްފާން ތެދުވެއްޖެއެވެ. އޭރު އާދަކާދައިގެ މަތިން އެއީ ކޮންހަލަ ވަގުތެއްކަން އަންގައިދޭ އަޑުތައް އެކި ދިމަދިމާއިން އިވެމުންދެއެވެ. އެހެންކަމުން، އެނދުން ތެދުވެ މޯޅިއަކަށް ދެމިލުމަށްފަހު، ރިޝްފާން ކޮޓަރިން ނުކުތީ ދޮރުމަތީގައިވާ ބަގީޗާއަށެވެ.
ޒައިދުގެ މަންމައަކީ ތަފާތު މާމެލާމެލި އަޅާ އެކި ޒާތްޒާތުގެ ގަސްތައް ހެއްދުމަށް ޝައުޤު ހުންނަ މީހެއްކަން، އެގޭ ގޯތިތެރެ ފެންނަ ކޮންމެ މީހަކަށްވެސް ދޭހަވާނެއެވެ.
ގޭގެ ވަށައިގެންހެން ބޮޑު ބަގީޗާއެއް އޮވެއެވެ. އެހެންކަމުން، ރަށުގެ ގިނަ ބަޔަކުވެސް ފޮޓޯނަގާ މަންޒިލަކަށް އެގޭ ގޯތިވެއެވެ. ރިޝްފާން ބަގީޗާތެރެޔަށް ވަދެ، އެތާނގެ އެއްފަރާތުގައި ހުރި ޖޯލިފަތީގައި އިށީނެވެ. އިރުއަރަންދެން އެތާނގައި އޮންނާނީއޭ ހިތާއެވެ. އެއީ ފަތިހުގެ ފިނިފައިބާ ވަގުތަށްވުމުން ޖޯލީގައި އޮށޯވެލުމާއެކު، ހިސާބެއްގެ ހަމަޖެހުމެއް އޭނާއަށް އިޙްސާސް ކުރެވުނެވެ. ހަށިގަނޑުގައި ބީހިލީ ކުރިން ދުވަހަކުވެސް އޭނާގެ ހަށިގަނޑުގައި ބީހިނުލާފަދަ އުފާވެރި ފިނި އިޙްސާސެކެވެ. ޖެހިގެން ހުރި ޖޯލީގައި އޮވެމެ، މީހަކު ފިނިފިނި އަތަކުން އޭނާގެ ހަށިގަނޑުގައި ފިރުމާކަމުގެ އިޙްސާސްވެސް ބައެއްފަހަރު ކުރެވެއެވެ.
ހިތްގައިމު ނާނާއެއްގެ އަޑުވެސް ކަންފަތްބުޑުން ބައެއްފަހަރު އިވޭކަހަލައެވެ. އެހެންކަމުން، ރިޝްފާން ކުޑަކޮށް ސިހި، މީހަކު އުޅޭހެން ހީވެގެން ހޯދަން ފެށިއެވެ. ނަމަވެސް، އޭނާއަށް ފެންނަފަށަކު އެއްވެސް ސޫރައެއް ނެތެވެ.
[ކާކު....؟] ނާނާގެ އަޑުއިވެނީ ފިނިފެންމާ ގަސްތަކުގެ ތެރެއިންހެން ހީވާތީ، އެދިމާއަށް ރިޝްފާން ހިނގައިގަތެވެ.
[ޝަބްނަމް....] އަޑުއައީ ހަމަ ފިނިފެންމާ ގަސްތަކުގެ ތެރެއިންނެވެ. އެއީ ހިތްގައިމު އަޑެކެވެ. އެ އަޑުގައި ޖާދުވީ ބާރެއްވާކަހަލައެވެ. ދެވަނަފަހަރަށް އަހާލުމަށް ބޭނުންވެފައި، ގަނޑުވެފައި ކަހަލަ ގޮތަަކަށް ރިޝްފާނަށް ހުރެވުނީއެވެ.
[ރިޝްފާން...] ދެންވެސް އިވުނީ އެ ހިތްގައިމު އަޑެވެ. ނަމަވެސް، އިތުރު ޙައިރާންކަމަކާ އެކުގައެވެ. ރިޝްފާން މީހަކު ފެނޭތޯ ވަށައިގެން ހޯދަން ފެށިއެވެ. ނަމަވެސް، އިންސާނީ އަސަރެއް ފެންނާކަށް ނެތެވެ.
[އާނ، ރިޝްފާން މިއީ.....ފިލައިގެން ނުހުރެ އަހަންނަށް ފެނިލަބަލަ...ކާކުތަ ތީ؟] ފިނިފެންމާ ގަސްތަކާ އިތުރަށް ކައިރިއަށް ރިޝްފާން ޖެހިލިއެވެ.
[ޝަބްނަމް...] އަނެއްކާވެސް ތަޢާރަފް ލިބުނެވެ.
ރިޝްފާނަށް އެވަގުތު މާދުރު ނޫން ހަނދާނެއްވިއެވެ. ދާދިފަހުން އޭނާ ބެލި ދިވެހި ބަސްފޮތްތަކުގެ ތެރެއިން ފޮތެއްގެ ޞަފްޙާއަކުން ޝަބްނަމް ނަން ފެނިފައިވެއެވެ.
ޝަބްނަމަކީ ފަތިހަށް ފައިބާ ފިންޏެވެ. ނަމަވެސް، ދިވެހި ވަރަށްގިނަ ކުދިންނަށް އެ ނަން ކިޔާ އުޅެއެވެ. މި ހަނދާންވުމާއެކު، ރިޝްފާންގެ ލޯ އަމާޒުވީ ފިނިފެންމާ ގަހުގައި ފޮޅިފައިވާ މާތަކުގެ ފިޔަތައް ފަޅުފިލުވަމުންދާ ޝަބްނަމްގެ ތިކިތަކަށެވެ. އެހިނދު އެ މާތަކުގައި އާދަޔާ ޚިލާފު ވިދުވަރެއްވެސްވާ ކަހަލައެވެ.
އޭނާ މަޑުމަޑުން ގަސްތަކުގެ ކައިރިއަށް ލެފިލާ، މަލެއް ބިނދެލިއެވެ. އެއަށްފަހު، ނޭފަތުކުރީގައި އެ މާ ޖައްސާލިއެވެ. ހަމައެޔާއެކު، އޭނާގެ ފަހަތުގައި (ކިރިޔާ އޭނާގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި) މީހަކު ހުރިކަމުގެ އިޙްސާސް ކުރެވުމާއެކު، އޭނާ އެނބުރިއްޖެއެވެ. އެޔާއެކު، ރިޝްފާންގެ ދެލޯ ހީވީ ތަރަތަރަޖަހައިގެން ދިޔަހެންނެވެ.
ރިޝްފާންގެ ކުރިމަތީގައި މިހާރު އެހުރީ އާދަޔާ ޚިލާފު ރީތިކަމަކާއި ފުރިހަމަކަމެއް ލިބިފައިވާ އަންހެން ކުއްޖެކެވެ. ގައިމެވެ. މީގެކުރިއަކުން އެފަދަ ފުރިހަމަ ސިފަތަކެއް ލިބިފައިވާ ކުއްޖަކު އޭނާ ދެކެފައެއް ނުވެއެވެ.
[ތިޔައީތަ ޝަބްނަމަކީ!؟] ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު، ރިޝްފާން އެއްސެވެ.
[އާނ....އަހަންނަކީ ޝަބްނަމް.] އެ އަންހެން ކުއްޖާ، އާދެ! ޝަބްނަމް ޖަވާބުދިނެވެ.
[ޝަބްނަމް....ތީ ދިވެހި އަންހެން ކުއްޖެއް!؟] ޝަބްނަމްގެ ރީތިކަމާއި ޗާލޫކަން ފެނި ރިޝްފާން ހުރީ ޙައިރާންވެފައެވެ.
[އާނ...އެކަމަކު، އަހަރެންގެ ބައްޕަޔަކީ އިންޑިއާގެ ރައްޔިތެއް...] ޝަބްނަމް ހިނިތުންވެލިއެވެ.
[ހިނގާ ޖޯލީގައި އިށީންނަން.] ޖޯލިފައްޗާ ދިމާއަށް ރިޝްފާން ހިނގައިގެންފިއެވެ. ފަހަތުން ޝަބްނަމްވެސް ހިނގައިގަތެވެ.
[ރިޝްފާން އަލަށްދޯ....މިރަށަށް އައިސްގެން ތިއުޅެނީ؟] ޖޯލީގައި އިށީންނަމުން ޝަބްނަމް އެއްސެވެ. ބޮލުގެ އިޝާރާތުން ރިޝްފާން އާއެކޭ ބުނީ، ޝަބްނަމްގެ މޫނަށް ބަލަހައްޓައިގެން އިނދެއެވެ.
މީގެކުރިން ދުވަހަކުވެސް އަންހެން ސޫރަޔަކާ ދިމާއަށް އޭނާގެ ނަޒަރު އެވަރަކަށް ނުހުއްޓެއެވެ. ނަމަވެސް، މިހާރު މިވަނީ އެކަން މުޅިން ބަދަލުވެފައެވެ. ޝަބްނަމްގެ މޫނުގައިވާ ޢަޖައިބެއްކަހަލަ ބާރުގަދަ ވިދުވަރުގެ ސަބަބުން ރިޝްފާންގެ ކަޅި އަބަދުމެ އަމާޒުވެފައި ހުންނަނީ، ޝަބްނަމްގެ ހިތްގައިމު މޫނަށެވެ. ޢަޖައިބެކެވެ. ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައި، ޝަބްނަމްގެ ހުރިހާ ޙަރަކާތްތަކެއްވެސް ރިޝްފާނަށް ކަމުގޮއްސިއެވެ. އިސާހިތު (އުދުރަކަށް) އޭނާ އިޚްތިޔާރުންވެސް ބޭރުވެއްޖެއެވެ.
[ޝަބްނަމް...އަހަރެން ބޭނުން، ޝަބްނަމާ ބައްދަލުކުރަން...ޝަބްނަމްގެ ގެ ހުންނަނީ ކޮންތާކު؟] ހަމަ ޔަޤީނުންވެސް ޝަބްނަމްގެ އަހުރަވެތި ސޫރައިގެ ޖާދޫގައި ރިޝްފާން ޖެހުނީއެވެ.
[އަހަންނާ ބައްދަލުކުރަން، އަހަރެންގެ ގެޔަށް ދިޔުން ރަނގަޅެއް ނުވާނެ. ކޮންމެ ދުވަހެއްގެވެސް ފަތިހުގެ ފިނިފައިބާ ވަގުތު މިތަނުން އަހަންނާ ބައްދަލުވާނެ.] މިހެން ބުނެފައި، ޝަބްނަމް ބަލައިލީ ރިޝްފާންގެ މޫނަށެވެ. އޭރު ރިޝްފާން އިނީ ކަޅިވެސްޖަހާނުލާ ޝަބްނަމަށް ބަލަންކަމުން އޭނާ ލަދުގަނެއްޖެއެވެ.
[މިހާރު އަލިވިލެނީ....އަހަރެން ދެން ދަނީ....] ޝަބްނަމް އުޑުމައްޗަށް ނަޒަރު ހިންގާލަމުން ޖޯލިން ތެދުވެއްޖެއެވެ. ރިޝްފާން އަތްދިއްކޮށް ޝަބްނަމާ ސަލާމްކޮށްލިއެވެ. އެހިނދު ރިޝްފާނަށް ކުރެވިގެންދިޔައީ، ކުރިން ނުކުރެވޭފަދަ އާދަޔާ ޚިލާފު އިޙްސާސެކެވެ. މަޑުމަޑުން ދެލޯ މަރާލެވުނެވެ.
[ދެން ދަނީ...މާދަމާވެސް ބައްދަލުވާނެ.] ޝަބްނަމް ރިޝްފާންގެ އަތުން ދޫކޮށްލާފައި ހިނގައިގަތެވެ. ބަސްހުއްޓި އާގަމަވެފައި ރިޝްފާނަށް ހުރެވުނީއެވެ. އިސާހިތު ޝަބްނަމް އޭނާގެ ލޯމަތިން ކަޝްފުވެއްޖެއެވެ. ރިޝްފާން ފުން ނޭވާއެއްލުމަށްފަހު، އަނެއްކާވެސް ޖޯލީގައި ބުރަކަށި ޖައްސާލިއެވެ.
ހެނދުނު ޒައިދު ހޭލައިގެން އައިއިރުވެސް ރިޝްފާން އެ ޖޯލީގައި ޝަބްނަމާ ދޭތެރޭ ވިސްނަން އޮތެވެ.
[ރިޝްފާން...ރޭގައި ހަމަ އެއްގޮތަކަށްވެސް ނުނިދަނީތަ؟ ވަރަށް ހިތްގައިމު ބަގީޗާއެއްދޯ؟] ރިޝްފާނާ ޖެހިގެން ހުރި ޖޯލީގައި ޒައިދު އިށީނެވެ.
[އާނ، ވަރަށް ހިތްގައިމު...ޙަޔާތުގައި މިހާ ހިސާބަށް ކުރިން ލިބިފައިނުވާވަރުގެ ހިތްހަމަޖެހުން، މި ބަގީޗާއިން ލިބިއްޖެ...] ރިޝްފާން އޭނާގެ އަތުގައި އޮތް މަލުގައި ވަސްގަނެލިއެވެ.
[ތިބުނީ ކިހިނެއް، ހިތްހަމަޖެހުން ލިބުނު ވާހަކަތަ؟ ޒައިދު އެއްސެވެ.
ޒައިދު މިހެން ބުނުމުން، އެ ބަގީޗާތެރޭން ދިމާވި އާދަޔާ ޚިލާފު ރީތި އަންހެން ކުއްޖާ، އާދެ! ޝަބްނަމްގެ ވާހަކަތައް ޒައިދަށް ރިޝްފާން ކިޔާދިނެވެ.
[މިގޭ ބަގީޗާތެރޭން!؟ ޝަބްނަމޭ!؟ ޝަބްނަމް ކިޔާ އަންހެން ކުއްޖަކަށް މިރަށުގައި އުޅޭނީ އެންމެ ކުއްޖެއް. އެއީ ދޮން ޙަސަންބޭގެ އިބްރާހީމްގެ ދަރިފުޅު...އޭނަ މިގޭ ގޯތިތެރެއަށް ވަންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ!] ޒައިދު އިނީ ޤަބޫލުކުރަން ދަތިވެފައެވެ.
ޒައިދު އެބުނީ ތެދެކެވެ. އިބްރާހީމްގެ ޝަބްނަމް ފިޔަވައި އެހެން ޝަބްނަމެއް އެރަށަކު ނޫޅެއެވެ. އިބްރާހީމްގެ ޝަބްނަމަކީ ދުވަހަކުވެސް ހިސާބުގަނޑުގެ ގޭގެއަށް ގޮސް އުޅޭ އަންހެން ކުއްޖެއް ނޫނެވެ. ޢަމުދުން އެ ޝަބްނަމަކީ ރިޝްފާން އެ ސިފަކުރާފަދަ ރީތި ސިފަތަކެއް ލިބިފައިވާ ކުއްޖެއްވެސް ނޫނެވެ.
[ޒައިދު ބުނަން...އެއީ ކޮންމެ ޙަސަންބެއެއްގެ ދަރިއެއްގެ ދަރިޔަކަސް، އެފަދަ ރިވެތިކަމަކާއި ޗާލޫކަމެއް، މީގެކުރިއަކުން އަހަންނެއް ނުދެކެން.] ރިޝްފާން ޝަބްނަމްގެ ރީތިކަމަށް އަނެއްކާވެސް ރިޝްފާން ތަޢުރީފް ކުރިއެވެ.
[އެކަމަކު ދޮން ޙަސަންބޭގެ އިބްރާހީމްގެ ދަރިޔަކީ، ރިޝްފާން ތިޔަ ބުނާހާ ރީތި ކުއްޖެއް ނޫން. ތި ދައްކަނީކީ ޤަބޫލުކުރެވޭ ޒާތުގެ ވާހަކައެއް ނޫން....ތިވާނީ ދެބަދޭތެރޭ އޮއްވާ ފެނުނު އުފާވެރި ހުވަފެނަކަށް.] ޒައިދު ހީގަންނަމުން ބުންޏެވެ.
[އެންމެ ރަނގަޅު...މާދަމާގެ ފަތިހަށް އިންތިޒާރުކުރޭ. އަހަރެންގެ ޝަބްނަމް...ޒައިދަށް ތަޢާރަފްކޮށްދޭނަން...] ރިޝްފާން މޯޅިއަކަށް ދެމިލުމަށްފަހު، ޖޯލިން ތެދުވެގެން ގެޔާ ދިމާއަށް ހިނގައިގެންފިއެވެ. ފަހަތުން ޒައިދުވެސް ހިނގައިގަތެވެ.
އެދުވަހު ޒައިދު ރިޝްފާން ގޮވައިގެން ރަށުތެރެ ދައްކާލަން ނިކުތީ، ދޮން ޙަސަންބޭގެ ޝަބްނަމްވެސް ރިޝްފާނަށް ދައްކާލާނަމޭހިތައެވެ. އެހެންކަމުން، ސައިކަލް ފަހަތަށް ރިޝްފާން އަރުވައިގެން ޒައިދު ފުރަތަމަވެސް ދިޔައީ، ޝަބްނަމް ފެނޭތޯ ޝަބްނަމްމެންގޭ ދޮށަށެވެ. ނަމަވެސް، އެގޭ ކުރިމަތިން ދެތިންފަހަރު ދުއްވުނުއިރުވެސް، އެމީހުނަކަށް ޝަބްނަމް ފެންނަވަރެއްނުވިއެވެ.
އެހެންކަމުން، ޖެހިގެން އަންނަ ފަތިހަށް އިންތިޒާރު ކުރުމަށް ކަނޑައަޅައި، ދެމީހުން އެނބުރި ގެޔަށްއައީ މާޔޫސީ ޙާލުގައެވެ.
[މިރޭ އަހަރެން ނިދާނީ ގަޑި ސޯނާކޮށްގެން.] ނިދަން ކޮޓަރިއަށް ވަންނަމުން ޒައިދު ވާހަކަ ދެއްކިއެވެ. ރިޝްފާނާ ދިމާކުރާފަދަ ރާގެއްގައެވެ.
[ތި ނިދަންމިޔަރަށް ސޯނާގަޑިއަކުން މޭރުންވާނޭބާ؟] ރިޝްފާން ހެދުން ބަދަލުކޮށްގެން އައިސް އެނދުމައްޗަށް ވެއްޓިގަތެވެ.
އެނދުގައި ހަމަޔަށް ބުރަކަށި ޖައްސާލައި، ދެފައި ދަމާލެވުމާއެކުހެން، ޒައިދުގެ ލޮލަށް ނިދީގެ އަސަރުވެރިވެ، އެސްފިޔަތައް ނިދިން ބަރުވެ މަޑުމަޑުން ދެލޯމެރި، ނިދީގެ އަރާމާއިގެން ފުރޮޅި ބާލީހުގައި ބައްދާލިއެވެ. ނަމަވެސް، ހަމަ ކުރީ ރެއެކޭ އެއްފަދައިން، މިރޭވެސް ރިޝްފާން އޮތީ ނުނިދިފައެވެ. ނުވަތަ އޭނާގެ ހިތުގައި އާދަޔާ ޚިލާފު ޝުޢޫރުތަކެއް އުފެއްދި ޝާއްބަ އަންހެން ކުއްޖާގެ ހަނދާންތަކާހުރެ ނިދަން ބޭނުންނުވަނީއެވެ. އެ ހިތްގައިމު ހިނިތުންވުން ދުށުމަށް ހިތް އެދެނީއެވެ.
ނަމަވެސް، ކުރީރޭ އެއްވެސްވަރަކަށް ނުނިދާ ހުރުމުގެ ސަބަބުން އެފަދަ ދެވަނަ ރެޔެއް ތަކުރާރުވުމަށް ރިޝްފާންގެ ނަފްސު އެއްބަސްނުވީކަންނޭނގެއެވެ. ޝަބްނަމްގެ ޚިޔާލާތުން އުފަލާއި ހިތްހަމަޖެހުން ހޯދަމުންދަނިކޮށް، އޭނާއަށް ނިދުނީ އަމިއްލަ އެއްވެސް އިޚްތިޔާރަކާނުލައެވެ.
ރިޝްފާނަށް ހޭލެވުނީ ސޯނާގަޑީގެ ރަނގަބީލުގެ އަޑަށެވެ. އޭރު އެ އަޑާ މަސްހުނިވެގެން ކޮވެލިތަކުގެ އަޑާއި ހާ ގޮވާއަޑުވެސް އިވެމުންދިޔައެވެ. ރިޝްފާން ފުންމައިގެން ތެދުވެ، ޒައިދަށް ގޮވާ، ފުރަތަމަ އޭނާ ހޭލެއްވިއެވެ. ޒައިދުވެސް ޝަބްނަމް ދެކެން ބޭނުންވެފައި އޮތްވަރުން ނިކަން އަވަހަށް ތެދުވެއްޖެއެވެ.
[އަހަންނާއެކު ފަހަތުން އާދޭ....] ރިޝްފާން ދޮރު ހުޅުވާފައި ގޯތިތެރެއަށް ނުކުމެއްޖެއެވެ. ފަހަތުން މަޑުމަޑުން ޒައިދުވެސް ހިނގައިގެންފިއެވެ. އެހިނދު ރިޝްފާން އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. އޭރު ހަތަރުގަޑި ބައިވަނީއެވެ. އެއީ ކުރީ ރޭ ޝަބްނަމާ ދިމާވި ގަޑިއެވެ. އެހެންކަމުން، ހިތްހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު، ރިޝްފާން ޖޯލީގައި އޮށޯވެއްޖެއެވެ. ދުރުގައި މަންޒަރު ބަލަން ޒައިދު މަޑުކޮށްލިއެވެ.
އިންތިޒާރު ކުރާތާ މާގިނައިރުތަކެއް ނުވަނީސް، ކުރީ ރޭވެސް އިވުނު ނާނާގެ އަޑު ރިޝްފާންގެ ކަންފަތުގައި ޖެހުނެވެ. ހަމަ އެ ފިނިފެންމާ ގަސްތަކުގެ ތެރެއިންނެވެ. ރިޝްފާން ތެދުވެއްޖެއެވެ. ކުރީ ރެއެކޭވެސް އެއްފަދައިން ފިނިފެންމާ ގަހުން އޭނާ މަލެއް ބިނދެލާ، ނޭފަތު ކުރީގައި އެ މާ ޖައްސާލިއެވެ. އޭރު ހިނިއައިސްފައި ރިޝްފާންގެ މޮޔަ ޙަރަކާތްތަކަށް ބަލަން ޒައިދު ހުއްޓެވެ.
[ޝަބްނަމް...] ރިޝްފާން ވަށައިގެން ހޯދާލަމުން ޝަބްނަމަށް ގޮވާލީ، ޝަބްނަމް ގަސްތަކުގެތެރޭ ފިލާ އިން ކަމަށް ހީކުރެވިގެނެވެ. ނަމަވެސް، ދެތިންފަހަރު ގޮވީމާވެސް މޭރުންނުވީމާ، ހިސާބަކަށް ރިޝްފާން މާޔޫސްވިއެވެ.
[ތިބުނާ ޝަބްނަމެއް ނައެއްނު. ކޮންދުވަހަކުތަ ރިޝްފާން މޮޔަވީ؟] ޒައިދު ބާރަށް ހީގަންނަމުން ރިޝްފާނާ ދިމާކުރިއެވެ.
[ޝަބްނަމް އަންނާނެ....] އަދިވެސް ރިޝްފާނަށް ބަލައިލެވުނީ ފިނިފެންމާ ގަސްތަކާ ދިމާޔަށެވެ.
[ރަނގަޅަށް ތިބުނީ....ރިޝްފާން ތިބުނާ ޝަބްނަމަކީ ފަތިހަށް ފައިބާ ފިނި ކަމުގައިވަނީނަމަ، މިހާރު މީ މަތިން ޝަބްނަމް ފައިބާ ގަޑި. ނިދިކޮޅު ނަގާލާފައި އަހަންނަކަށް ނުހުރެވޭނެ. އަހަރެން ދަނީ....] ޒައިދު ހެމުން ހެމުން ގޮސް ގެޔަށް ވަނެވެ.
އެހިނދު އެއްކަލަ ހިތްގައިމު ނާނާގެ އަޑު ރިޝްފާންގެ ކަންފަތުގައި ޖެހުނެވެ. މިފަހަރު އަޑުއައީ ސީދާ އޭނާގެ ކަންފަތްބުޑުން ކަހަލައެވެ. ރިޝްފާން ސިހިފައި އެނބުރުނެވެ. ހަމައެޔާއެކު އޭނާއަށް އިތުރު ސިހުމާއި ޙައިރާންކަން ލިބުނެވެ.
ރިޝްފާން އެނބުރުނު ދިމާގައި އޭނަޔާ ދާދި ގާތުގައި އެހުރީ އެ ރީތި އަންހެން ކުއްޖާއެވެ. އާދެ! ޝަބްނަމެވެ. ހަމަ ކުރީ ރޭގެ ހިތްގައިމު ހިނިތުންވުމާ އެކުގައެވެ.
[ޝަބްނަމް!] ރިޝްފާން އޭނާގެ އަތުގައި އޮތް މާ، ޝަބްނަމާ ދިމާއަށް ދިއްކުރިއެވެ.
[ރިޝްފާން...އަހަންނާ ބައްދަލުކުރަން އަންނަންވާނީ ރިޝްފާން އެކަނި. ޒައިދު މިތާ ހުރީމާ، މިހުރިހާއިރު ވަންދެން އަހަރެން އިނީ ފިލާ...] ރިޝްފާން ދިއްކުރި މަލުގައި ހިފަމުން ޝަބްނަމް ބުންޏެވެ.
[ޒައިދު ބުނި ޝަބްނަމަކީ....] ރިޝްފާން ބުނަން އުޅުނީ ކީކޭކަން ޝަބްނަމަށް އެނގުނީކަންނޭނގެއެވެ. އޭނާ ރިޝްފާންގެ އަނގަމަތީގައި އަތް އަޅައިފިއެވެ.
[އަހަންނަށް ރަނގަޅީ، އަހަރެންގެ ޢާއިލާއާ ބެހޭގޮތުން އެއްވެސް ސުވާލެއް އަހަންނާ ނުކުރިއްޔާ. އަހަރެންވެސް ރިޝްފާންގެ ޢާއިލާ އޮޅުންފިލުވާކަށް ނެތިން.] ރިޝްފާންގެ ލޮލަށް ބަލަން ޝަބްނަމް ހުރެމެ، އޭނާގެ އަތުގައި ހިފެހެއްޓިއެވެ. އަހުރަވެތި އިޙްސާސަކާ އެކުގައެވެ.
[ޝަބްނަމް ނުރުހޭ ގޮތަކަށް އަހަރެން އެއްވެސް ކަމެއް ނުކުރާނަން.] ޝަބްނަމްގެ އަތުގައި ހިފައިގެން ޖޯއްޔާ ދިމާއަށް ރިޝްފާން ހިނގައިގެންފިއެވެ.
[ރިޝްފާންގެ ހިތަށްއަރާދޯ....އަހަރެން ކަހަލަ އަންހެން ކުއްޖަކު މިފަދަ ވަގުތެއްގައި އެކަނިމާއެކަނި މިތަނަށް އަންނަނީ ކީއްކުރަންބާއޭ....؟] ޖޯލީގައި ޖައްސާލަމުން ޝަބްނަމް ވާހަކަ ދެއްކިއެވެ.
[ރަނގަޅު...ތީ އަހަރެންގެ ހިތަށްއަރާ ސުވާލެއް. ހަމަ މިގޮތަށް ޝަބްނަމްގެ ހިތަށްވެސް އަރާނެ، ރެޔަށްފަހު، މިރެޔަށް އަހަންނަށް އިންތިޒާރު ކުރެވުނީ ކީއްވެގެންބާއޭ؟] ރިޝްފާން ހީވަނީ ޝަބްނަމްގެ ލޮލުގެ ތެރެޔަށް ފީނައިގަންނަން އުޅޭހެންނެވެ.
[އަހަރެންގެ ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު އަހަންނަށް ލިބިއްޖެ. ރިޝްފާންގެ ޙަރަކާތްތަކާއި ރާގުން އަހަންނަށް ހުރިހާ ހިތްހަމަޖެހުމެއް ލިބިއްޖެ. އުންމީދު ކުރަން، ސީދާ ތަފްޞީލުކޮށް ކިޔާނުދިނަސް އަހަރެންގެ ހިތުގެ ޝުޢޫރުތައް މޭރުންވާނޭ ކަމަށް.] ރިޝްފާންގެ އަތުގައި ޝަބްނަމް ހިފާ، އެ އަތަށް ފިތާލިއެވެ.
ޝަބްނަމްގެ ޙައިޘިއްޔަތު ވިސްނި، އުފާވެރިކަމުގެ ޝުޢޫރުތައް އެތެރެހަށީގައި ހިނގަމުންދިޔަ ނަމަވެސް، އެކަން ޝަބްނަމްގެ ކުރިމަތީގައި ފާޅުކުރަން ބޭނުންނުވާތީ ރިޝްފާން އިނީ ހިމޭނުންނެވެ.
[ޝަބްނަމް ތިކީ އެއްޗެއް އަހަންނަކަށް ނުވިސްނޭ.] ރިޝްފާން ބުނެލިއެވެ. ސީދާ ޞަރީޙަ ބަހުން ޝަބްނަމްގެ ވާހަކަ އަޑުއަހާލުމަށް ބޭނުންވާތީއެވެ.
[އަހަރެން ބުނަން މިއުޅެނީ، އަހަރެން ރިޝްފާންދެކެ ލޯބިވާ ވާހަކަ....ރިޝްފާން ނުބުންޏަސް އަހަންނަށް އެނގޭ، ރިޝްފާން އަހަރެންދެކެ ލޯބިވާކަން.] ޝަބްނަމްގެ މި ޖުމްލައިން ރިޝްފާން އުފަލުން ފޮޅުނުކަހަލައެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު، ރިޝްފާން ޖޯލިން ތެދުވެ ޝަބްނަމްގެ ދެކޮނޑުގައި ހިފައި ކޮޅަށް ނެގިއެވެ.
[ޝަބްނަމް....] އުފާވެރި އިޙްސާސަކާއެކު، ޝަބްނަމްގެ ނިތްކުރީގައި ރިޝްފާން މޫނުޖައްސައި ބާރުކޮށްލިއެވެ.
[ޝަބްނަމަށް އެނގޭތަ، މީގެކުރިން ދުވަހަކުވެސް އަހަރެން އަންހެން ކުއްޖަކާ....] މިފަހަރުވެސް ޖުމްލަ ފުރިހަމަ ނުކުރެވެނީސް، ޝަބްނަމް ރިޝްފާންގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާ ދޫ ބަންދުކުރުވިއެވެ.
[ހުރިހާ ކަމެއްވެސް އަހަންނަށް އެނގޭ. އިތުރަށް ރިޝްފާން ކިޔައިދޭކަށް ނުޖެހޭނެ. އެކަމަކު....] ރިޝްފާންގެ މޭގެތެރެޔަށް ޝަބްނަމް ބޮނޑިވެލައިފިއެވެ.
އެންމެ ދެދުވަސްތެރޭ ރިޝްފާން މުޅިން ބަދަލުވެއްޖެއެވެ.
[އަހަންނަށްވެސް ލޯބިވެވިއްޖެ. ހިތުގައި އެ ރީތި ސޫރަ ކުރެހި ބިންވަޅު ނެގިއްޖެ.] ރިޝްފާން ވާހަކަ ދެއްކީ ޒައިދާއެވެ. ހެނދުނު ނާސްތާކުރަން އިނދެއެވެ.
[ޖޯލީގައި އޮއްވާ އަނެއްކާވެސް ހުވަފެނެއް ފެނުނީދޯ؟] ރިޝްފާން ދައްކާ ވާހަކަ ޒައިދު ޤަބޫލެއް ނުކުރެއެވެ.
[ހުވަފެނެއް ނޫނޭ...ރޭގައިވެސް ޒައިދު ގެޔަށް ވަންތަނާ ޝަބްނަމް އައި.] ރިޝްފާންގެ ޖީބުގައި އޮތް މޯބައިލް ފޯން ރިންގްވާން ފެށީ އެވަގުތެވެ.
ގުޅީ ބޭންކް އޮފް މޯލްޑިވްސްގެ ގޭން ބުރާންޗުންނެވެ. ރިޝްފާނަށް ވަޒީފާ ހަމަޖެހުނީއެވެ. އެހެން ނަމަވެސް، އޭނާ އުފަލެއްނުވިއެވެ.
[މާދަމާ ފުރަންތާ މިޖެހުނީ.] ރިޝްފާން މާޔޫސްވި ކަހަލައެވެ.
[ބަލަ...ވަޒީފާ ހަމަޖެހުނީތީ، އުފާކުރަންވީ ވަގުތު، ކަންބޮޑުވާންވީ ކީއްވެ؟] ޒައިދު ބުންޏެވެ.
[ކަންބޮޑުވަނީކީ ނޫން. އެންމެ ދެބައްދަލުވުމަށްފަހު، ޝަބްނަމާ ވަކިވާންޖެހޭތީ ދެރަވަނީ...] ރިޝްފާން ބުންޏެވެ.
[ހިނގާ އަހަންނާއެކު ދޮން ޙަސަންބޭމެން ގެޔަށްދާން...] ޒައިދު ތެދުވެގެން ހިނގައިގެންފިއެވެ. ޝަބްނަމާ ބައްދަލުކުރަން ބޭނުންވެފައިވާތީ، ޒައިދުގެ ފަހަތުން ރިޝްފާންވެސް ހިނގައިގަތެވެ.
[އަހަރެން އެގެޔަށް ވަދެ ޝަބްނަމް ބޭރަށް ނެރޭނަން. ދޮރުމަތީގައި ރިޝްފާން މަޑުކުރާތި.]
ދޮން ޙަސަންބޭގެޔާ އަރާ ހަމަކޮށް، ޒައިދު ބުންޏެވެ. އެންމެ ރަނގަޅޭ ބުނެފައި، ރިޝްފާން ދޮރުމަތީގައި މަޑުޖެހިލިއެވެ. ޒައިދު އެތެރެޔަށް ވަނެވެ.
އެގޭގެ ފެންޑާއާ ދިމާއަށް ރިޝްފާން ނަޒަރު ހުއްޓައިގެން ހުއްޓާ، ރޫފަ ރަނގަޅު ކަޅު އަންހެން ކުއްޖަކާއެކު، ހިނިއައިސްފައި ހުރެމެ، ޒައިދު ނުކުމެގެން އެބައާދެއެވެ. ރިޝްފާންގެ އަނގަ ޙައިރާންކަމާއެކު ހުޅުވި، ދެލޯވެސް ބޮޑުވިއެވެ.
އެހިނދު އޭނާގެ ހިތަށްއެރިއެވެ. ޒައިދު ބުނާ ޝަބްނަމަކީ އެއީބާއެވެ. ނޫނެކެވެ. އެއީ ޝަބްނަމެއް ނޫނެވެ. ޝަބްނަމަކީ ރީތި ހުސްކޮށްފައިވާ ޝާއްބަ އަންހެން ކުއްޖެކެވެ. ރިޝްފާން މި ޚިޔާލުގައި ހުއްޓާ، ޒައިދުމެން އައިސް އޭނަޔާ އަރާހަމަކޮށްފިއެވެ.
[ޝަބްނަމް ގެޔަކު ނޫޅޭ...އޭނަ ދިޔައީ ދޮންބޭގެ ކުއްޖަކަށް ޓިއުޝަން ދޭން.] ރިޝްފާން ސިހުނީ، ޒައިދާއެކު ނުކުތް އަންހެން ކުއްޖާގެ އަޑުންނެވެ.
[އަންނާނެ އިރެއް އެނގޭތަ؟] ރިޝްފާން ބޯކަހާލިއެވެ.
[ކަނޑައެޅިގެން ސީދާ އަންނާނެ ގަޑިއެއް ބުނާކަށް ނޭނގެ. ފަހަރެއްގައި ވަރަށް އަވަހަށްވެސް އަތުވެދާނެ.] އެ އަންހެން ކުއްޖާ ޖަވާބުދިނެވެ. އެއަށްފަހު، ފަހުން އަންނާނަމޭ ބުނުން ފިޔަވައި އިތުރު ވާހަކައެއް ރިޝްފާނެއް ނުދައްކައެވެ. އޭނާ ހިނގައިގަތީ އެނބުރި ގެޔާ ދިމާއަށެވެ.
[އެއީ ޝަބްނަމްގެ ދައްތަތަ؟] ވަކި ހިސާބަކަށް ގޮސް ކުޑަކޮށް މަޑުޖެހިލުމަށްފަހު، ޒައިދު ގާތު ރިޝްފާން އެއްސެވެ.
[ކިހިނެއްވީ؟ ވައްތަރީތަ؟ އެއީ ޝަބްނަމްގެ ކޮއްކޮ މަހާ.] ޒައިދު ގާތަށް ހިނިއައެވެ.
[އެއްވެސް ވައްތަރެއް ނޫން. ޝަބްނަމަކީ ނުލާހިކު ލޫޅާފަތި ރީތި ކުއްޖެއް...ޝަބްނަމްގެ ކޮއްކޮ އެއީ ބޮޑު ޗަބީގަނޑެއްނު.] ރިޝްފާން ޝަބްނަމްގެ ރީތިކަމަށް ތަޢުރީފްކޮށް، ޝަބްނަމްގެ ކޮއްކޮއަށް މަލާމާތް ކުރިއެވެ.
[ކޮން ލޮލަކުންތަ! ރިޝްފާނަށް ޝަބްނަމް ފެނިގެން ތިއުޅެނީ؟ ގައިމުވެސް މަހާގެ ނެތް ރީތިކަމަކާއި ފުރިހަމަކަމެއް ޝަބްނަމަކަށްވެސް ލިބިފައެއްނުވޭ. މަސްކޮށިޔަސް ގިނައިން މަސްކޮށޭނީ ޝަބްނަމްގެ ގައިން.] ޒައިދު ނިކަން ބާރަށް ހީގަތެވެ.
[ޝަބްނަމާ ގުޅުވައިގެން ތިކަހަލަ ސަމާސާކުރާ އަޑު އަހާކަށް، އަހަރެން ބޭނުމެއް ނޫން...އަހަންނަށް އެނގިއްޖެ، ވެގެން އުޅޭގޮތެއް. ޝަބްނަމް ކަހަލަ ރީތި އަންހެން ކުއްޖަކު އަހަރެންގެ ޙަޔާތަށް އަންނަން އުޅޭތީ، ޒައިދު ޖޭ ވަނީ.] ރިޝްފާން ކުރިޔަށްވުރެން ބާރަށް ހިނގައިގަތެވެ.
[އަހަރެން ހުއްޓާލައިފިން. ރުހުމުގެ ލޮލަކަށް ޢައިބެއް ނުފެންނާނޭ ބުނެއެއްނު....އެކަހަލަ ކަމެއް ތީ.] ޒައިދަށް މިހެން ބުނެވުނުއިރު، ގެޔާ ހަމައަށް އާދެވިއްޖެއެވެ. ހިތްހަމަނުޖެހިފައި ހުރެމެ، ރިޝްފާން އެތެރެޔަށް ވަނީ އިތުރަށް އެ މަޥްޟޫޢަށް ވާހަކަ ދައްކަން ބޭނުންނުވާތީކަންނޭނގެއެވެ.
ރިޝްފާންގެ މަންމަ ވަރުދާ، ރަށުން ގުޅީ އެވަގުތެވެ. ވަރުދާ ދެއްކީ، ކުރީ ދުވަހުވެސް ގުޅާފައި ދެއްކި ވާހަކަތަކެވެ. ދަރިފުޅު މަތިން ހަނދާންވާ ވާހަކައާއި، ހަމަ ނިދިވެސް ނުލިބޭ ވާހަކައެވެ.
[މަންމާ...މާދަމާ އެބަދަން. ވަޒީފާ ހަމަޖެހިގެން މިއަދު ގުޅައިފި...ކޮއްކޮ ގާތުވެސް ބުނޭ، ބޭބެ އެބަ އާދެޔޭ....] މަންމައާ ވާހަކަ ދެއްކިއިރުވެސް ރިޝްފާންގެ މޫޑެއް ނެތެވެ. އެހެންކަމުން، ވަރުދާ އެކަން ފާހަގަކޮށް ސުވާލު ކުރުމުން، ރިޝްފާން ބުނީ މަންމައާއި ކޮއްކޮގެ މަތިން ހަނދާންވާތީ ކަމަށެވެ.
[ރަނގަޅަށް ވަރުދާއްތަ ހައްދާލައިފިންދޯ؟ ކީއްވެތަ ނުބުނީ ޝަބްނަމާ ވަކިވާންޖެހޭތީ ދެރަވާތީއޭ މިއުޅެނީ....] ރިޝްފާން ފޯނުން މަންމަޔާ ދެއްކި ވާހަކަތައް އަޑުއަހަން ހުރި ޒައިދު އެކަނި ރިޝްފާނަށް އިވޭވަރަށް ރިޝްފާންގެ ކަންފަތްދޮށުގައި ބުންޏެވެ. އޭރު ވަރުދާ ފޯނު ބާއްވައިފިއެވެ. އެހެންކަމުން، ޒައިދުގެ އެ ޙަރަކާތުން ރިޝްފާންގެ ގާތަށް ހިނިއައެވެ.
[ކީއްވެ ސިއްރުން ތިހެން ބުނީ. މަންމައަށް އިވޭވަރަށް ކިޔާބަލަ.] ު ޒައިދާ ދިމާއަށް ރިޝްފާން ފޯނު ދިއްކުރިއެވެ.
[ގުޅާފައި ކިޔާދޭންވީ؟] ޒައިދު ފޯނުގައި ހިފިއެވެ.
[ކެރެންޏާ ވަރިހަމަ....]
ޒައިދާ ދެބޭންގެ ދެދަރި އަންހެން ކުއްޖެއް ކަމުގައިވާ ފަޒްލާއާއި، އޭނާގެ ރައްޓެހި ދެތިން ކުއްޖަކު އެގެޔަށް އައިސް ވަނީ އެވަގުތެވެ.
ފަޒްލާއަކީ ފިސާރި ލާނެތް، އެންމެނާވެސް ގުޅޭ މިޒާޖުގެ އަންހެން ކުއްޖެއްކަން، ފުރަތަމަ ފެނިލުމާއެކުވެސް އޭނާ ރިޝްފާނަށް ސާބިތުކޮށްދިނެވެ.
[ޒައިދު....މިއީ ކިހާ ހިސާބެއްގެ މަޖުނޫނެއްތަ؟] ވައްކަޅިން ރިޝްފާނަށް ބަލައިލުމަށްފަހު ފަޒްލާ ވަށްބަހުން ޖެހިއެވެ.
[ހިތްވަރު ހުރިއްޔާ، ފަޒްލާގެ މަޖުނޫނަކަށްވެސް ވެދާނެ....މިއީ އަހަރެންގެ ބެސްޓް ފްރެންޑް ރިޝްފާން.] ޒައިދު ފަޒްލާއަށް ރިޝްފާން ތަޢާރަފްކޮށްދިނެވެ. އެއަށްފަހު، ފަޒްލާ އޭނާ އަމިއްލައަށް ތަޢާރަފްވުމަށްފަހު، ގާތުގައި ތިބި އޭނާގެ ރައްޓެހިންވެސް ރިޝްފާނަށް ތަޢާރަފްކޮށްދިނެވެ. ރިޝްފާން އެ އެންމެނާ ވަކިވަކިން ސަލާމްކުރިއެވެ.
[ރިޝްފާނަށް މިރަށް ދައްކާލާކަށްވެސް ޒައިދު ނުދަންތަ؟] ފަޒްލާ އެހިއެވެ.
[އިއްޔެގައިވެސް ދިޔައިން. މިއަދުވެސް މިއައީ މުޅި ރަށް ވަށާ ހިނގާލާފަދޯ ޒައިދު.] ފަޒްލާއަށް ޖަވާބު ދިނީ ރިޝްފާނެވެ. ޒައިދަށް ދޯއެއްލަމުންނެވެ. ޒައިދު ބޯޖަހާލިއެވެ.
[އެންމެ ރަނގަޅު...ފަޒްލާއަށް ކެރޭނެތަ، ޒައިދަށްޓަކައި ކުޑަކުޑަ ކަމެއް ކޮށްލަދޭން.] ޒައިދު އިރުކޮޅަކު ވިސްނަން ހުރެފައި ބޯކަހާލަމުން އެއްސެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު