އިސްރާއީލުގެ ސިފައިން ހިސާރުކޮށްފައިވާ ޣައްޒާގެ ހުޅަނގު އައްސޭރީގެ ސަރަހައްދުތަކުގައި ހިންގި ރެއިޑްތަކާއި، އެސަރަހައްދަށް ދިން ޑްރޯން ހަމަލާތަކުގައި އަށް މީހަކު މަރާލައިފިއެވެ.

ހުޅަނގު އައްސޭރީގައި ހުންނަ ޓޫލްކަރެމް އާއި ނޫރު ޝަމްސް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ދެ އަންހެނުންނާއި ފުރާވަރުގެ ކުއްޖަކު ހިމެނޭ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ޓޫލްކަރެމް ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ ޑްރޯން ހަމަލާއަކާއި ސިފައިން ބަޑިޖަހައި ހަތް މީހަކު ޝަހީދުކޮށްލާފައިވާއިރު އެތަނާ ކައިރީގައި ހުރި ނޫރު ޝަމްސް ކޭމްޕަށް ދިން ހަމަލާގައި އެކަކު ޝަހީދުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ވަފާގެ ރަސްމީ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި ފުރާވަރުގެ ކުއްޖާ ޝަހީދުކޮށްލާފައިވަނީ އެ ކުއްޖަށް މެއަށާއި ބަނޑަށް ބަޑިޖަހައިގެންނެވެ. އަދި ދެ އަންހެނުން ޝަހީދުވީ ޑްރޯން ހަމަލާތަކުގައި ކަމަށް އެ ނޫހުން ބުނެއެވެ.

ފަލަސްތީނުގައި ގެދޮރު ގެއްލި މަގުމަތިވެފައިވާ އެތައް ހާސް ބަޔަކު ތިބި އިރު ބޯހިޔާވަހިކަން ހޯދުމަށް ގިނަ ފަރާތްތަކުން ދާން ޖެހެނީ ފައިމަގުގައި ދުރު ހިސާބުތަކަށެވެ. އަދި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި އެހީދޭ ފަރާތްތަކުން ފޯރުކޮށްދީފައިވާ ކޭމްޕުތަކުގައި ދިރިއުޅޭ ގިނަ އާއިލާތައް ފަލަސްތީނުގައި މިހާރުވެސް އެބަ ތިއްބެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން