ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ފަސް ދުވަހުގެ ތެރޭގައި ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރ އަޙްމަދު އާއިދު ރަޝީދު އަންގަވައިފިއެވެ.
ޚަރަދު ކުޑަކުރުމުގެ ގޮތުން 31 އޮކްޓޯބަރ 2024ގެ ނިޔަލަށް ސަރުކާރުން 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ބުނެފައިވާއިރު އެމީހުންގެ މަޢުލޫމާތާއި އެމީހުން ޢައްޔަނުކޮށްފައިވާ ވުޒާރާތަކުގެ މަޢުލޫމާތު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އެކަމާގުޅިގެން ވަކިކުރި މުވައްޒަފުންގެ މަޢުލޫމާތު ހޯދުމަށް ރާއްޖޭގެ މީޑިއާއަކުން ރައީސް އޮފީހުގައި އެދުމުން އެއޮފީހުން ބުނެފައިވަނީ ޖުމްލަ 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށާއި ނަމަވެސް އެމީހުންގެ ޒާތީ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.
އެހެންކަމުން އެމައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ރިވިއު ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ކޮމިޝަނަރުގެ އޮފީހުން ނިންމާފައިވަނީ ވަކިކުރި ސިޔާސީ މުވައްޒަފުންގެ ދާއިމީ އެޑްރެސް ހާމަކުރަން ނުޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މުވައްޒަފުންގެ މައުލޫމާތަކީ އާންމު މަސްލަހަތުގެ ދަށުން ހިފެހެއްޓޭނެ މައުލޫމާތު ނޫން ކަމަށް އެ ނިންމުމުގައިވެއެވެ.
އޭގެއިތުރުން ވަކިކުރި ސިޔާސީ މުވައްޒަފުންގެ ނަމާއި މަގާމާއި މުސާރައާއި ވަކިކުރި ތާރީހަކީ ހާމަކުރަން ޖެހޭނެ މައުލޫމާތު ކަމަށްވާތީ، ރަސްމީ ފަސް ދުވަސް ތެރޭގައި އެމައުލޫމާތު ހާމަކުރަން ރައީސް އޮފީހުގެ މައްޗަށް އައިކޮމް އޮފީހުން މިއަދު ވަނީ އަމުރުކޮށްފައެވެ.
އައިކޮމުން މިއަދު މިމަޢުލޫމާތު ހާމަކުރަން އަމުރުކޮށްފައިވާއިރު އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ރައީސް އޮފީހަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
އައިކޮމުން މިފަދަ އަމުރެއް ރައީސް އޮފީހުގެ މައްޗަށް ކޮށްފައިވާއިރު ރައީސް ޑރ. މުޢިއްޒު މިދިޔަ އޮކްޓޯބަރު 15 ގައި ވިދާޅުވެފައިވަނީ ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 103 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 69 ޕޮލިޓިކަލް ޑައިރެކްޓަރުން މަގާމުން ވަކިކުރަށްވާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ވަކިކުރި މުވައްޒަފުންގެ މަޢުލޫމާތު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު