ކޮންސްޓްރަކްޝަން މިނިސްޓްރީއާ ހައުސިން މިނިސްޓްރީ އެއްކޮށްލި ނަމަވެސް ހައުސިން މިނިސްޓްރީން ދެމުން އަންނަ ހިދުމަތްތަކަށް ބަދަލެއް ނާންނާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.

މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހައުސިން މިނިސްޓްރީން ދެމުން އަންނަ އެއްވެސް ހިދުމަތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ގެދޮރުވެރިކަމާ ބެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފު ކުރަން ބޭނުންވާ ނަމަ ރަސްމީ ފޯނު ނަންބަރުތަކަށް ގުޅައިގެން މައުލޫމާތު ހޯދޭނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހޯއްދެވުމަށް ގުޅާނެ ނަންބަރުތަކަކީ 4004900 އަދި 4004901 ފޯނާއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ހައުސިން މިނިސްޓްރީ ބަދަލުކުރީ އިއްޔެ އެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު ހަޔަ އެޑިއުކޭޝަން މިނިސްޓަރަކަށް ބަދަލު ކުރަައްވައިފަ އެވެ. އަދި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ މަގާމަށް ޑރ. ޢަބްދުﷲ މުއްޠަލިބު އައްޔަން ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން