ރާއްޖެއާ 900 ކިލޯމީޓަރު ދުރަށް މިއަދު ކުޑަ ބިންހެލުމެއް އައިސްފިއެވެ.
މެޓް އޮފީހުން ބުނީ 4.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ.
މިބިންހެލުން އައިސްފައި ވަނީ މާލެއާއި 912 ކިލޯމީޓަރު ދުރަށް މިއަދު މެންދުރު ފަހު 1:38 ގައި ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.
ބިން ހެލުން އައީ އިންޑިއާ ކަނޑުގެ އަޑީގައި އޮންނަ ކާލްސްބާގް ރިޖް ސަރަހައްދަށެވެ. އެއީ ރާއްޖެއާ އެންމެ ކައިރީގައި އޮންނަ ޓެކްޓޯނިކް ޕްލޭޓެވެ.
މީގެ ކުރިން ވެސް އެ ސަރަހައްދަށް އެކި ފަހަރު މަތިން ކުދި ބިންހެލުންތައް އައިސްފައިވެ އެވެ.
މިއީ ބާރު ދަށް ބިންހެލުމެއް ކަމަށް ވާތީ، ސުނާމީގެ އިންޒާރު އެއްވެސް ސަރަހައްދަކަށް ދީފައެއް ނުވެ އެވެ.

An earthquake of magnitude 4.7 occurred at Carlsberg Ridge. pic.twitter.com/K7uB8K0kxI
— Maldives Meteorology (@MetMaldives) December 30, 2024
ބިން ހެލުން އައީ އިންޑިއާ ކަނޑުގެ އަޑީގައި އޮންނަ ކާލްސްބާގް ރިޖް ސަރަހައްދަށެވެ. އެއީ ރާއްޖެއާ އެންމެ ކައިރީގައި އޮންނަ ޓެކްޓޯނިކް ޕްލޭޓެވެ.
މީގެ ކުރިން ވެސް އެ ސަރަހައްދަށް އެކި ފަހަރު މަތިން ކުދި ބިންހެލުންތައް އައިސްފައިވެ އެވެ.
މިއީ ބާރު ދަށް ބިންހެލުމެއް ކަމަށް ވާތީ، ސުނާމީގެ އިންޒާރު އެއްވެސް ސަރަހައްދަކަށް ދީފައެއް ނުވެ އެވެ.
ކިޔުންތެރިންގެ ހިޔާލު