ފިނި ގަދަވުމުގެ ސަބަބުން ޣައްޒާގައި 20 ދުވަހުގެ ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޖުމާ އަލް ބަތުރަން ނަމަކަށް ކިޔާ އެ ކުއްޖާ މަރުވެފައިވަނީ ހައިޕޯތާމިއާގެ ސަބަބުންނެވެ. މިއީ މި ފިނި މޫސުމުގައި އެގައުމުގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ފިންޏަށް ކެއް ނުކުރެވިގެން މަރުވި 5 ވަނަ ކުއްޖާކަމަށް ރިޕޯޓުގައި ވެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކުއްޖާ މަރުވެފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. އަދި އޭނާގެ އެއްމާބަނޑު ކޮއްކޮ އަލީ އަށް މިހާރު އަލް އަގްސާ މާރޓީރު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާކަމަށްވެސް ބަޔާނުގައި ވެއެވެ.
މި އެއްމާބަނޑު ދެ ކުދިން އުފަންވެފައިވަނީ ދުވަސް ނުފުރައި ކަމަށްވީއިރު، އެ ގައުމުގެ ހޮސްޕިޓަލުތަކުގެ ހާލަތު ހުރި ގޮތުން އެކުދިންނަށް ހޮސްޕިޓަލުގައި 1 ދުވަހު ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
އެކުއްޖާގެ ބައްޕަ އަލް ޖަޒީރާ ނިއުސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ހޮސްޕިޓަލުން އެކުދިން ދޫކުރިއިރު އެކުދިންގެ ހަށިގަނޑު ހޫނުކަންމަތީ ބެހެއްޓުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށާއި ނަމަވެސް އެމީހުން ޓެންޓުތަކުގައި ދިރިއުޅެން ޖެހިފައިވުމުގެ ސަބަބުން އެކަން ކުރުމަށް ނުކުޅެދުނު ކަމަށެވެ. އަދި މިދިޔަ އާދީއްތަ ދުވަހު ނިދާފައި ހޭލިއިރު އެކުއްޖާގެ ހަށިގަނޑު ވަނީ ގަނޑުފެން ހާ ފިނިވެފައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
"ކަރަންޓުގެ ހިދުމަތެއް ނެތް، ފެން އެހާ ފިނި، ގޭހެއް ނެއް، އެއްޗެހި ހޫނު ކުރެވޭނެ ގޮތެއް ނެތް، ކާއެއްޗެއްވެސް ނެތް. އަހަރެންގެ ލޯކުރިމަތީގައި ދަރިން މިއޮށް މަރުވަނީ، އެއްވެސް މީހަކު އެކަމަކަށް ފަރުވާލެއް ނުބަހައްޓާ. ޖުމާ މަރުވެއްޖެ. މިހާރު ހިތުގަ ބިރުވެރިކަން އުފެދޭ އަލީ އަށްވެސް އެހެން ވެދާނެތީ،" އެމީހުންގެ ހާލާ ބެހޭގޮތުން ވާހަކަ ދައްކަަމުން އެކުދިންހެ ބައްޕަ ބުނެފައިވެއެވެ.
މިއީ ޣައްޒާގެ އެތައް އާއިލާއަކަށް ޖެހިފައިވާ ހާލެވެ. އިސްރާއީލުން އެގައުމަށް އަމާޒުކޮށް ކުރިއަށް ގެންދާ ހަނގުރާމަ ތަކުގެ ސަބަބުން އެ ގައުމުގެ އެތައް ބަޔަކު ވަނީ ގެދޮރިވެރިކަމާއި މި ނޫނަސް އެތައް ޒަރޫރީ ބޭނުންތަކުން މަހުރޫމުވެފައެވެ. އަދި އެމީހުން ދިރިއުޅެން ޖެހިފައިވަނީ މި ގަދަ ފިނި މޫސުމަށް ނުފެތޭފަދަ ޓެންޓުތަކުގައެވެ.
މިދިޔަ އަހަރު ފެށުނު މި ހަނގުރާމަ ފެށުނީއްސުރެ އެގައުމުގެ ރައްޔިތުން ވަނީ ކަރަންޓުގެ ހިދުމަތްތަކުންނާއި، ސިއްހީ ހިދުމަތްތަކުން މަހުރޫމުވެފައެވެ. އަދި ހަމަ އެހެންމެ އެގައުމުގެ ރައްޔިތުންނަށް ސާފު ބޯފެނާއި، ކާއެއްޗެހި ލިބުންވެސް ވަނީ ދަތިވެފައެވެ. އަދި މި ހަނގުރާމާގައި މިހާތަނަށް މަދުވެގެން ފަލަސްތީނުގެ 45،484 ރައްޔިތުން މަރުވެފައިވާއިރު، 108،090 މީހުން ވަނީ ޒަހަމްވެފައެވެ. އަދި ހަމަ އެހެންމެ އެގައުމަށް ޖެހިފައި މިވާ ހާލުގެ ސަބަބުން އެތައް ކުޑަކުދިންނެއް ވަނީ މި ދުނިޔެ ދޫކޮށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު