2024 ވަނަ އަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރެއް ކަމަށް ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ 2025 ވަނަ އަހަރުގެ އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ މި އަހަރަކީ ތާރީޚުގައި ޒަކާތު ފަންޑަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބިގެންދިޔަ އަހަރު ކަމަށެވެ. އަދި ގިނަ އަދަދަކަށް ގުރްއާން ހިތުދަސްކުރި ޙާފިޒުން ނެރެވުނު އަހަރެއްކަމަށާއި އަދި ރާއްޖޭގެ ތާރީޚުގައި އިސްލާމީ ގޮތުން ފާހަގަކުރެވޭ މުހިންމު މަސައްކަތްތަކެއް ކުރެވުނު އަހަރެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝަހީމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ އިސްލާމީ ނޫރު ދިވެހި ރާއްޖެއަށް ފެތުރުމުގެ މުހިންމު މަސްއޫލިއްޔަތު ކުރިއަށް ގެންދަވަނީ ވަރަށްވެސް މަތިވެރި އަޒުމާއި އިޚްލާސްތެރިކަމާއިއެކު ދިވެހި އުންމަތުގެ ތެރޭގައި އިސްލާމްދީނުގެ ހިދާޔަތުގެ ނޫރު ފެތުރުމަށްޓަކައި ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ 2025ގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން ވަގުފް ބިލްޑިންގތައް އާރާސްކުރެވި ޒަކާތު ހައުސް ބިލްޑިންގ އެޅި ވަރަށް އައު ކަންތައްތަކެއްގެ ތެރެއަށް އިސްލާމީ ވުޒާރާ ވަދެގެންދާނެކަމަށެވެ. އަދި މި މަސައްކަތްތައް މިކުރެވެނީ އެކުވެރިކަމާއެކު ރާއްޖޭގެ އިލްމުވެރިންނާއި އިސްލާމީ ޖަމްޢިއްޔާތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އިމާމުންނާއި ހުރިހާ ކައުންސިލްތަކުން ގުޅިގެން ކުރެވުނު މަސައްކަތްތަކުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކަމަށް އެފަރާތްތަކަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އިސްލާމީ ވުޒާރާގެ 2025ގެ އެކްޝަން ޕްލޭންގެ އިތުރުން ރިސާލަތާއި ނަމާދު ޕްރޮގްރާމްވެސް ލޯންޗުކޮށްފައެވެ.
ނަމާދު މަތިވެރިކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ވަޒީރު ވިދާޅުވީ މި މަޝްރޫއަކީ ނަމާދާއި ނަމާދުގެ މުހިންމުކަން މުޅި މުޖުތަމައަށް ހަނދާންކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ ރިސާލަތު ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އިސްލާމީ އަހްލާގަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު