'ކްރޮނިކް ބެކް ޕެއިން' ނުވަތަ ބުރަކަށީގައި ރިހުމަކީ ވަރަށް ގިނަ މީހުން ތަހައްމަލު ކުރަމުންދާ ކަމެކެވެ. މިކަމުގެ ސަބަބުން ބައެއް ހާލަތްތަކުގައި ދުވަހުގެ މަސައްކަތްތައް ކުރަން އުނދަގޫވާ ފަހަރުވެސް އާދެއެވެ. މިފަހަރު މި ހިމަނާލަނީ އެކަމުން ލުޔެއް ހޯދުމަށް ކުރަންވީ ބައެއް ކަންކަމެވެ.
ތެރަޕީ ނެގުން
މިކަމުން އެންމެ ފަސޭހަކަމާއެކު ލުޔެއް ލިބޭނީ ފިޒިކަލް ތެރަޕީ ނެގުމުންނެވެ. ފިޒިކަލް ތެރަޕީގެ ސަބަބުން މީހާގެ ބުރަކަށީގެ މަސްތައް ވަރުގަދަވެ، މީހާގެ ފްލެކްސިބިލިޓީ އިތުރުވެއެވެ. އަދި މި ތެރަޕީގައި ކުރާ ބައެއް ކަސްރަތުތަކުގެ ސަބަބުން ބުރަކަށީގެ ރިހުންވެސް ރަނގަޅުވެ، ހަށިގަނޑަށް ލުއި ވެއެވެ.
އިންޖެކްޝަން ނެގުން
މިއީ ވަރަށްވެސް ވޭން ދެނިވި ކަމެއް ކަމުން މިކަމުން ލުއި ހޯދުމަށްޓަކައި ޑޮކްޓަރުގެ ލަފާގެ ދަށުން އިންޖެކްޝަންވެސް ބޭނުން ކުރެވޭނެއެވެ. އެގޮތުން ބޭނުން ކުރާ ބައެއް އިންޖެކްޝަންތަކުގެ ތެރޭގައި އެޕިޑުރަލް ސްޓެރޮއިޑުތަކާއި، ނަރވް ބްލޮކްތައް ހިމެނެއެވެ. މި ބޭނުން ކުރުމުން ދުޅަވުން ކުޑަވެ، އޭގެ ސަބަބުން ހަށިގަނޑުގައި އަޅާ ވޭން ލުއިވެއެވެ.
ބޭސް ބޭނުން ކުރުން
ދިގުދެމުގެންދާ މުއްދަތަކަށް ބުރަކަށީގައި ތަދު ހުންނަ ނަމަ އެކަމަށް އަވަސް ފަރުވާއެއް ހޯދުމަށް ބޭސް ބޭނުން ކުރެވިދާނެއެވެ. އެގޮތުން ޑޮކްޓަރުގެ ލަފާގެ ދަށުން ދުޅަވުން ކުޑަކޮށްދޭ ފަދަ ބޭސްތަކާއި، ހަށިގަނޑުގެ މަސްތައް ރިލެކްސް ކޮށްދޭ ފަދަ ބޭސްތައް ބޭނުން ކުރެވިދާނެއެވެ. ނަމަވެސް މިއީ އެކަމަށް އޮތް ވަގުތީ ހައްލެކެވެ.
މަސްދަރު: ލައިވްމިންޓު

ކިޔުންތެރިންގެ ހިޔާލު