އަބްދުއްރަހީމް ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު--
އަބްދުއްރަހީމް ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު--
ކޮރަޕްޝަންގެ މައްސަލަތަކުގައި ރައީސް ބައްލަވާނީ މީހާއަކަށް ނޫން ކަމަށާއި ނަމަވެސް އަމަލަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑީއާ، ޕީއެސްއެމްއިން ރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ ވަރަށް ބައިވަރު ފައިސާތައް އޮތީ ގެއްލިފައި ކަމަށެެވެ. އަދި އޭގެ ތެރޭގައި ވަގަށް ނަގައިފައިވާ ފައިސާވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އެކަން ހިނގާފައި އޮތީ އިއްޔެއަކު އަދި މިއަދަކު އެކަނި ނޫން ކަމަށާއި އަދި މިހާތަނަށް އައި ސަރުކާރުތަކުން އެ ފައިސާ ހޯދަން މާބޮޑު މަސައްކަތްތަކެއްކޮށްފައި ނެތް ކަމަށެވެ،

އެހެން ނަމަވެސް އެއްވެސް ސަރުކާރަކުން ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ނުކުރާވަރަށް މި ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު އޮތީ ދެއްވާފައިކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވާ ކޮންމެ މީހެއްގެވެސް މައްސަލަ ބަލަންޖެހޭ ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ އެކަން ކުރީ ކާކުތޯ ބެލުމެއް ނޫން. އެ ކުރީ ކޮން ކަމެއްތޯ؟ އެކަން ކުރީ ހަމައިންތޯ ނަހަމައިންތޯ ގާނޫނާ އެއްގޮތަށްތޯ ގާނޫނާ ހިލާފަށްތޯ މާލިއްޔަތު ގާނޫނުން އެކަން ކުރަން ތަންދޭތޯ އޭގައި ދައުލަތަށް ގެއްލުން ވަނީ ކިހާވަރެއްތޯ އެ ގެއްލުންވީ ކާކުގެ ސަބަބުންތޯ؟ އެ ހިސާބުން ކާކު މި ތަނަށް މި އަންނަނީ."



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން