އެތައް ބައެއްގެ މެދުގައި މަގުބޫލުވި ފިލްމު "ކަލް ހޯ ނަހޯ" އަށް އެހާ ބޮޑު ކާމިޔާބީއެއް ލިބުނީ ކަރަން ޖޯހަރުގެ ސަބަބުން ކަމަށް ބޮލީވުޑްގެ ފިލްމު އުފެއްދުންތެރިޔާ ނިކިލް އަދްވާނީ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި އިންޑިއާގެ ސިނަމާގެ ކްލެސިކެއް ކަމަށްވާ "ކަލް ހޯ ނަހޯ" އުފެއްދުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން އޭނާ ބުނެފައިވަނީ މި ފިލްމު އެހާ ކުރިއަރާ ދިޔައީ ފިލްމުގެ ސްކްރިޕްޓު ރަނގަޅު ވުމުން ކަމަށެވެ.
އަދި މި ފިލްމުގެ ސްކްރިޕްޓު ލިޔުނީ ކަރަން ޖޯހަރު ކަމުން ފިލްމުގެ ކާމިޔާބީގެ ސަބަބުން ތައުރީފު ހައްގުވަނީ ކަރަން ޖޯހަރު އަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އޭނާ އިތުރަށް ބުނެފައިވަނީ ކަރަން އެ ސްކްރިޕްޓު ތައްޔާރު ކުރި ގޮތުގެ ސަބަބުން ކޮންމެ މީހަކު އެ ޑައިރެކްޓު ކުރި ކަމުގައި ވީނަމަވެސް ފިލްމަށް ކާމިޔާބީ ލިބޭނެ ކަމަށެވެ.
ޔަޝް ޖޯހަރު އުފެއްދި މި ފިލްމަށް ވަނީ އެތައް ބައެއްގެ ތަރުހީބު ލިބި ބޮޑު އާމްދަނީއެއްވެސް ލިބިފައެވެ. ދާދި ފަހުން މި ފިލްމު އަލުން ސިނަމާތަކުގައި އަޅުވާފައިވާއިރު، 20 އަހަރު ފަހުންވެސް މި ފިލްމަށް އޮތް ތަރުހީބު ކުޑަ ނުވާކަން އެނގިގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު