އިންޑިއާ އައުޓް ޙަރަކާތަކީ ރައީސް ޔާމީންގެ ހަރުކަށި ސިޔާސަތެއްކަން ހާމަކޮށްދިނުމުން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ސަރުކާރަށް ޝުކުރު އަދާކުރަށްވައިފިއެވެ.
އަދީބު މިހެން ވިދާޅުވީ އިންޑިއާ އައުޓު ހަރަކާތަކީ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ވިސްނުންފުޅަށް އެމަނިކުފާނު ހިންގެވި ހަރަކާތެއް ކަމަށާއި އެއީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޚަލީލް ވިދާޅުވުމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން އަދީބު ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިންޑިއާ އައުޓް ޙަރަކާތުގެ ޙަޤީޤަތް އިންޑިއާގެ ނޫސްވެރިންނާއި އިސްފަރާތްތަކަށް އޮޅުން ފިލުވާދެއްވަމުން ގެންދެވި ކަމަށެވެ. އަދި އެކަމުގައި މިސަރުކާރުގެ ޚާއްސަކޮށް ރައީސް ޑރ. މުޢިއްޒުގެ ބައިވެރިވުމެއް ނެތްކަން ސާފުކޮށްދީފައި ވާނެ ކަމަށް އަދީބު ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު އެޙަރަކާތަކީ ރައީސް ޔާމީނުގެ ނަފްރަތު އުފެއްދުމުގެ ސިޔާސަތުގެ ދަށުން އެމަނިކުފާނު ހިންގެވި ހަރުކަށި ކެމްޕޭނެެއް ކަމަށް އަދީބު ވިދާޅުވިއެވެ.
އަދީބު މިހެން ވިދާޅުވެފައިވާއިރު އިންޑިއާގެ "ވިއޯން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޚާރިޖީ ވަޒީރު ޚަލީލް ވިދާޅުވީ، އިންޑިއާ އައުޓްގެ ނަމުގައި ހިންގި ހަރަކާތަކީ ކުރީގެ ރައީސް ޔާމީންގެ ވިސްނުންފުޅަށް އެމަނިކުފާނު ހިންގެވި ހަރަކާތެއް ކަމަށެވެ.
އަދި މިހާރު ރައީސް ޔާމީން ހުންނެވީ މި ސަރުކާރާ ފެއަށް ޖެހިވަޑައިގެން އަމިއްލަފުޅު ޕާޓީއެއް އުފައްދަވައިގެން ކަމަށާއި މިހާރު އެއީ މި ސަރުކާރާއި އިދިކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށް ޚަލީލް ވިދާޅުވިއެވެ.
އަދި ފަސްއެނބުރި ބެލުމެއްނެތި މި ސަރުކާރުން ދާނީ އިންޑިއާއާ އެކު ކުރިއަށް ކަމަށްވެސް މި އިންޓަވިއުގައި ޑރ. ޚަލީލް ވިދާޅުވެފައިވެއެވެ.

Since January 2024, I’ve been highlighting to my friends in India 🇮🇳 & Indian media that this so called “India Out” campaign was originated by Former President Yameen with his Indophobic tendencies. Grateful to Maldives 🇲🇻 Foreign Minister Dr. Khaleel @abkhaleel for the official… https://t.co/JTMUrboSbN
— Ahmed Adeeb (@Ahmed_Adeeb) January 4, 2025
އަދީބު މިހެން ވިދާޅުވެފައިވާއިރު އިންޑިއާގެ "ވިއޯން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޚާރިޖީ ވަޒީރު ޚަލީލް ވިދާޅުވީ، އިންޑިއާ އައުޓްގެ ނަމުގައި ހިންގި ހަރަކާތަކީ ކުރީގެ ރައީސް ޔާމީންގެ ވިސްނުންފުޅަށް އެމަނިކުފާނު ހިންގެވި ހަރަކާތެއް ކަމަށެވެ.
އަދި މިހާރު ރައީސް ޔާމީން ހުންނެވީ މި ސަރުކާރާ ފެއަށް ޖެހިވަޑައިގެން އަމިއްލަފުޅު ޕާޓީއެއް އުފައްދަވައިގެން ކަމަށާއި މިހާރު އެއީ މި ސަރުކާރާއި އިދިކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށް ޚަލީލް ވިދާޅުވިއެވެ.
އަދި ފަސްއެނބުރި ބެލުމެއްނެތި މި ސަރުކާރުން ދާނީ އިންޑިއާއާ އެކު ކުރިއަށް ކަމަށްވެސް މި އިންޓަވިއުގައި ޑރ. ޚަލީލް ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު