ފަސޭހައިން ފެން ހިންދޭ ނިޒާމްތައް ގާއިމުކުރުމުގެ ވިސްނުން އެބަހުރި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އެމްއެންޑީއެފްގެ ލެފްޓިނަންޓް ކާނަލް ފާއިޒް ރަޝާދު ވިދާޅުވީ މާލެ ހެދިފައި އޮންނަ ގޮތުން އަދިވެސް ހަމަ އެންމެ ބޮޑަށް ފެންބޮޑުވަނީ މާފަންނު ސަރަހައްދުން ކަމަށެވެ.
އަދި އޭގެ ތެރެއިން ވެސް ވެސްޓް ޕާކް ސަރަަހައްދާއި، އައިޖީއެމްއެޗް ސަރަހައްދާއި އަދި ވިލިނގިލީ ޓާމިނަލް ސަރަހައްދު ވަކިން ބޮޑަށް ފެންބޮޑުވާ ކަމަށް ފާއިޒް ވިދާޅުވި އެވެ.
"ދެން އޭގެ އިތުރަށް ދަރުބާރުގެ ތަންކޮޅެއް ގިނަ އިރުވެއްޖެއްޔާ ފެން ޖަމާވާ ސަރަހައްދެއްގެ ގޮތުގައި ބޮޑަށް މި އޮންނަނީ" ފާއިޒް ވިދާޅުވި އެވެ.
އެހެންކަމުން ފެން ހިންދުމަށްޓަކައި ފަސޭހައިން ފެން ހިންދާ ނިޒާމްތައް ހާއްސަކޮށް ޕިޓްތައް ގާއިމުކުރުމުގެ ވިސްނުން އެބަހުރި ކަމަށް ފާއިޒް ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު މާލޭ ސަރަހައްދުގައި ވަރަށް ބޮޑަށް ފެންބޮޑުވި އިރު ފެން ހިންދަން އެމްއެންޑީއެފުން ވަނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްފަ އެވެ.
އެގޮތުން އެމްއެންޑީއެފުން ވަނީ މާލޭގެ މަގުތަކުން އެ ދެ ދުވަހު 30 ހާސް ޓަނަށް ވުރެ ގިނަ ފެން ހިންދައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު