ބަރުދަން ލުއިކުރަން މަސައްކަތްކުރާ ފަރާތްތަކުން ހުއްޓާލާ އެންމެ ފުރަތަމަ ބާވަތަކީ ޕާނެވެ. ޕާނުގައި ކާރބޯހައިޑްރޭޓްސް ގިނަވީމައެވެ. އެހެންނަމަވެސް ޕާނަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން އެއާ ދުރުވުމަކީ ދަތިކަމަކަށްވާ ފަރާތްތަށްވެސް މަދެއްނޫނެވެ. އެފަދަ ފަރާތްތަކަށް ޕިޒިޝަން ޑރ. ޓްރޭވިސް ސްޓޯކް ގެ އިރުޝާދަކީ ހޯލްވީޓް ސަވަރޑޯ ޕާން ބޭނުންކުރުމެވެ.

ޕާނުގެ އެހެން ވައްތަރުތަކާ ޚިލާފަށް ހޯލްވީޓް ސަވަރޑޯއަކީ ވައިލްޑް ޔީސްޓާއި ޕްރޯބަޔޯޓިކް ލެކްޓޯބެސިލަސް އެކުލެވިގެންވާ ޕާނެއްކަމުން ހަޖަމުކުރަން ފަސޭހަ ޕާނަކަށްވެގެންދެއެވެ. އަދި ހޯލް ގްރެއިންސްއިން ހަދާފައިވާ މި ޕާނުން ހަށިގަނޑަށް ލިބެންވާ ފައިބާއާއި އިތުރު މާއްދާތައް ރަނގަޅު މިންވަރެއްގައި ފޯރުކޮށްދެއެވެ. އަދި މިއީ އެންމެ ގިނަ ނިއުޓްރިއެންޓްތައް ހިމެނޭ ޕާނުގެ ވައްތަރުކަންވެސް ފާހަގަކުރެވެއެވެ.

ޔަގީނުންވެސް މީގައިވެސް ކާބޯހައިޑްރޭޓްސް ހިމެނެއެވެ. ނަމަވެސް ޕާނުގެ އެހެން ބާވަތްތަކާ އަޅާކިޔާލާއިރު މިއީ ސިއްހީ ގޮތުން އެންމެ ފައިދާހުރި ޕާންކަން "ދަ ޑޮކްޓަރސް" ގައި ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން