އެންޓި-އޮކްސިޑެންޓުތަކަކީ އަޅުގަނޑުމެންގެ ހަށިގަނޑަށް ވަރަށް ބޭނުންތެރި މާއްދާތަަކެކެވެ. މިއީ އަޅުގަނޑުމެންގެ ހަށިގަނޑުގައި ފްރީ ރެޑިކަލްތަކާ ދެކޮޅަށް މަސައްކަތް ކޮށް އޮކްޓިޑޭޓިވް ސްޓްރެސް އާ ދުރުކުރުމަށް އެހީވެދޭ މާއްދާތެކެވެ. އަދި މިއީ އަޅުގަނޑުމެންގެ ސެލްތައް ހަލާކުވުމުން ދުރުކޮށްދިނުމުގައިވެސް އެހީވެދޭ މާއްދާތަކެކެވެ. މިފަހަރު މި ހިމަނާލަނީ ގިނަ އަދަދަކަށް އެންޓި-އޮކްސިޑެންޓުތައް ހިމެނޭ މޭވާގެ ބާވަތްތަކެވެ.
ކްރެންބެރީ
މިއީ ގިނަ އަދަދަކަށް ޕްރޮއެންތޮސަޔަނިޑިންސް ހިމެނޭ އެއްޗަކަށް ވީއިރު، މީގެ 100 ގުރާމުގައި 250-300 މިލިގުރާމު އެންޓި-އޮކްސިޑެންޓު ހިމެނެއެވެ. އެހެންކަމުން މި ކެއުމުން މީހާ އޮކްސިޑޭޓިވް ސްޓްރެސް އާ ދުރުވެ ސިއްހީ އެތައް މައްސަލަތަކަކުން ރައްކާތެރި ވެއެވެ.
އޮރެންޖު
އޮރެންޖަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ އާއި ފްލެވެނޮއިޑު ހިމެނޭ އެއްޗަކަށް ވީއިރު، މީގެ ކޮންމެ 100 ގުރާމުގައި 180-200 މިލިގްރާމު އެންޓި-އޮކްސިޑެންޓު ހިމެނެއެވެ. އެހެންކަމުން މި ކެއުމުން މީހާގެ ދިފާއީ ނިޒާމު ވަރުގަދަވެ، ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރާ ވަރު ރަނގަޅު ވެއެވެ.
ޗެރީ
ޗެރީ އަކީ ގިނަ އަދަދަކަށް އެންތޮސިޔާނިން އާއި ވިޓަމިން ސީ އެކުލެވޭ އެއްޗަކަށްވީއިރު، މީގެ ކޮންމެ 100 ގުރާމެއްގައި 250-300 މިލިގްރާމު އެންޓިއޮކްސިޑެންޓު ހިމެނެއެވެ. މި ކެއުމުން މީހާގެ ހަށިގަނޑު އޮކްސިޑޭޓިވް ސްޓްރެސް އާ ދުރުވެ، ސިއްހަތު ވަރަށަ ރަނގަޅު ވެއެވެ.
އެންޓި-އޮކްސިޑެންޓުތައް ހިމެނޭ އެއްޗެހި ކެއުމުން މީހާގެ ސިއްހަތު ވަރަށް ބޮޑަށް ރަނގަޅުވާއިރު، މި ކެއުމުން ކެންސަރު ބައްޔާއި ހިތުގެ ބަލިތައް ފަދަ ދިގުދެމިގެންދާ ބަލިތަކުން ހަށިގަނޑު ރައްކާތެރި ވެއެވެ. ވީމާ ކެއުމުގައި އެންޓި-އޮކްސިޑެންޓު ހިމެނޭ ބާވަތްތައް ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ.
މަސްދަރު: އީޓައިމްސް

ކިޔުންތެރިންގެ ހިޔާލު