އިސްރާއީލުން ޣައްޒާގައި ކުރާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން 34 އަސީރުން މިނިވަން ކުރާނެ ކަމަށް ހަމާސް އިން ބުނެފިއެވެ.
ހަމާސްގެ އޮފިޝަލަކާ ހަވާލަދީ ރޮއިޓާސް އާއި އޭއެފްޕީ ނިއުސް އެޖެންސީން ބުނީ އިސްރާއީލާއެކު ހަދާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ތެރެއިން 34 އަސީރުން ދޫކޮށްލަން ތައްޔާރަށް އޮތް ކަމަށެވެ.
ޣައްޒާގެ ދިފާއުގައި ހަނގުރާމަކުރާ ހަމާސް ޖަމާއަތުން ވަނީ "ޤައިދީން ބަދަލުކުރުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ތެރެއިން" އަސީރުން ދޫކޮށްލުމަށް ރުހުން ދީފައެވެ. އެގޮތުން ފުރަތަމަ ބުރުގައި ދޫކުރާ އަސީރުންގެ ތެރޭގައި ޣައްޒާގައި ބަންދުކޮށްފައި ތިބި ހުރިހާ އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންނާއި ބަލިމީހުން ހިމެނޭނެ ކަމަށް އޭއެފްޕީން ރިޕޯޓްކޮށްފައިވެއެވެ.
ހަމާސްއާ ހަވާލަދީ ރޮއިޓާސް އިން ބުނެފައިވަނީ އިސްރާއީލާއެކު މި އެއްބަސްވުން ކުރިޔަށް ގެންދާނީ އިސްރާއީލުން ދާއިމީ ގޮތެއްގައި މި ހަނގުރާމަ ހުއްޓާލުމުން ކަމަށާއި އަދި އިސްރާއީލުގެ ސިފައިން އެއްކޮށް ޣައްޒާއިން ވަކިވުމުން ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބިންޔާމިން ނެތަންޔާހޫގެ އޮފީހުން އާދީއްތަ ދުވަހު ބުނެފައިވަނީ މި އެއްބަސްވުމާ ގުޅިގެން ހަމާސްއިން ދޫކޮށްލާ އަސީރުން ލިސްޓެއް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.
އަސީރުން ދޫކޮށްލަން ހަމާސްއިން އިއުލާންކުރިކަމުގެ ރިޕޯޓްތައް ލިބިފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމުގެ މަޝްވަރާތައް ގަތަރުގައި ކުރިޔަށްދާ ދަނޑިވަޅެއްގައެވެ. މި މަޝްވަރާތަކުގެ މެދުވެރިއަކަށް ހުންނެވީ އިސްރާއީލުގެ އެންމެ އެކުވެރި އެމެރިކާގެ ރައީސް ޖޯ ބައިޑަންއެވެ.

ކިޔުންތެރިންގެ ހިޔާލު