ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުއްޓާ ދަންޖެހުނު އާދަމް އަތުހަރުގެ މަރުގެ މައްސަލައިގައި ދެ ފުލުހެއްގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ އެވެ.
އެ މައްސަލަ އެޗްއާރުސީއެމުން ތަހުގީގުކޮށްފައިވާ އިރު ދެ ފުލުހުންގެ މައްޗަށް ދައުވާކޮށްދޭން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގައި އެދުނުކަން އެޗްއާރުސީއެމްގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފަ އެވެ.
ނަމަވެސް އޭގެ އިތުރު ތަފްސީލެއް އޮފިޝަލު ނުދެއްވަ އެވެ.
އަތުހަރު ހައްޔަރުކުރީ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައިގެން ރަހީނުކުރި ހާދިސާއާ ގުޅިގެން ނެވެ. އެ ހާދިސާގައި އެ އަންހެންމީހާ ސަލާމަތްކުރުމަށްޓަކައި ފުލުހަކު މުގުރަކުން އަތުހަރުގެ ބޮލުގައި ޖެހުމުގެ ސަބަބުން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދިން އިރު އަތުހަރު ފަހުން ޖަލުގައި ވަނީ އަމިއްލައަށް މަރުވެފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުން އަތުހަރު މަރުވެފައިވަނީ ދަންޖެހިގެން ކަމަށް އޭނާގެ އޮޓޮޕްސީގެ ނަތީޖާއިން ދައްކައިފައިވާ ކަނަށެވެ.

ކިޔުންތެރިންގެ ހިޔާލު