ޗައިނާގެ ސީޒާންގ ޕްރޮވިންސަށް އައި ބިންހެލުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންގޕިންއަށް މިރޭ ފޮނުއްވި މެސެޖެއްގައި ރައީސް ޑރ. މުޢިއްޒު ވަނީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އިހުލާސްތެރި ތައުޒިޔާއެއް ވިދާޅުވާކަމަށް ވިދާޅުވެފައެވެ.
އަދި މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބުވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެ މަސައްކަތުގައި ސާބިތުކަން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވެސް ރައީސްގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.
ޗައިނާއާއި ނޭޕާލްގެ ބޯޑަރު ކައިރީގައި އޮންނަ ޗައިނާގެ ޝިގަސްޓޭ ސިޓީއަށް އައި މި ބިންހެލުން އައިސްފައި ވަނީ 7.1 މެގްނެޓިއުޑް ބާރުމިނުގައެވެ. މި ބިން ހެލުމުގެ ލޮޅުން އިންޑިއާ އަދި ނޭޕާލްގެ ބައެއް ސަރަހައްދުތަކަށް ވަނީ އަރާފައެވެ.
ޗައިިނާއަށް އައި މި ބިންހެލުމުގައި 120 މީހުން މަރުވެފައިވާކަމަށް މިހާތަނަށް ރެކޯޑު ކުރެވިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު