އެކި ރަށްރަށަށް ދަތުރުތައް ކުރައްވަމުން ގެންދަވަނީ ކަންކަން ކޮށްދޭނޭ ވާާހަކަ ދަންނަވަންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުވަދު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މިއަދު މެންދުރު ކަނޑުހުޅުދޫ އަށް ވަޑައިގެން އެމަނިކުފާނު ވަނީ އެ ރަށުގެ ތަރައްގީއަށް ކޮށްދެއްވާނެ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރައްވައިފަ އެވެ.
އެގޮތުން ކަނޑުހުޅުދޫގެ ބަނދަރާއި ސްކޫލާއި ސިއްހީ މަރުކަޒުގައި ހުރި މައްސަލަތައް ހައްލުކޮށް އެ ރަށުގެ ބިންވެސް ހިއްކައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ދަތުރުތައް މި ކުރަނީ، މި ކަންކަން ކޮށްދޭނެ ވާހަކަ، ރައްޔިތުންނަށް މުހިންމުވާ ކަންކަން ވަރަށް އިސްކަންދީގެން މި އަހަރު ތެރޭގައި ހިނގައިގަންނާނެ ވާހަކަ އަދި ނިމެމުންދާނެ ވާހަކަ ދަންނަވަންވެގެން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ހަމަ އެހެންމެ ރަށްރަށުގެ ރައްޔިތުން ވިދާޅުވާން ހުރި ކަންތައްތައް ވެސް ތަންކޮޅެއް ގާތުން ބައްދަލުވެލައިގެން ދައްކާލުމުގެ ފުރުސަތުދީ އަދި، އަޑުއައްސަވަން ވެސް ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ހުވަދު އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅު މާދަމާ ނިންމަވާލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު