އަލްމަޝްޢަރު ޓުއާސް އިން ހައްޖުވެރިންތަކެއް ހައްޖަށް ފޮނުވަން ކަމަށް ބުނެ ފޮނުވި ޗެކެއް ބައުންސްވި މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ އަލްމަޝްޢަރު ޓުއާސް އިން ހައްޖުވެރިންތަކެއް ހައްޖަށް ފޮނުވަން ކަމަށް ބުނެ ފޮނުވި ޗެކެއް ބައުންސްވެގެން 2024 ވަނަ އަހަރުގެ އޭޕްރީލް 13 ވަނަ ދުވަހު އެ އިދާރާއަށް ހުށައެޅި މައްސަލަ ތަހުގީގުކޮށް 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ދެވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.
މި ގުރޫޕާ ދެކޮޅަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވެސް ވަނީ މީގެ ކުރިން ދައުވާ ކޮށްފައެވެ. އެގޮތުން މިނިސްޓްރީން ދައުވާ ކުރީ މި ގުރޫޕުން 2023 ވަނަ އަހަރުގެ ރަމަޟާން މަހު ކުރި ޢުމްރާ ދަތުރުގައި މައްކާގެ ކުންފުންޏަކުން ހިދުމަތް ހޯދުމަށްފަހު ދޭންޖެހޭ ފައިސާ ނުދިނުމުންނެވެ.
ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ އަލް މަޝްޢަރު ގްރޫޕުން ހިލާފުވެފައިވާތީ އިސްލާމިކް މިނިސްޓްރީން ވަނީ މި ގުރޫޕާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ އުފުލާފައެވެ.
އަލްމަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕާ ދެކޮޅަށް އިސްލާމިކް މިނިސްޓްރީން ކުރި ދައުވާގައި ބުނީ "ޓްރެވަލް 2 މޯލްޑިވްސް" އަދި މައްކާގެ ކުންފުންޏެއް ކަމަށްވާ "އެމް ހޮޓެލް އަލްދާނާ މައްކާ" އިން ހިދުމަތް ހޯދުމަށް ފަހު އެ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ އެ ގުރޫޕުން ދައްކާފައި ނުވާ ކަމަށެވެ. މިނިސްޓްރީން ބުނީ ގްރޫޕާއި ދެކޮޅަށް ދައުވާ ކުރީ އެ ގުރޫޕާއި އެއްކޮށް ހަދާފައިވާ އެއްބަސްވުމާ ގުރޫޕުން ހިލާފުވުމުން ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އަލްމަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕު 30،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ގުރޫޕުން އެހެން ފަރާތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައި އޮތުމަކީ އުމްރާވެރިންގެ އަތުން ނެގި ފައިސާއަށް ހިޔާނާތްތެރިވުން ކަމަށްވާތީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އެއާއެކު އެ ގުރޫޕުގެ ޖޫރިމަނާގެ ޖުމްލަ 130،000 ރުފިޔާ އަރައެވެ.

ކިޔުންތެރިންގެ ހިޔާލު