މަރްޔަމް ނަހްދާ ވަޙީދު   10 ޖެނުއަރީ 2025 - 4:17
ބަނޑު ފުއްޕުމަކީ ވަރަށޤ ގިނަ މީހުންނަށް ދިމާވާ މައްސަލައެއް- ގޫގުލް އިމޭޖެސް
ބަނޑު ފުއްޕުމަކީ ވަރަށޤ ގިނަ މީހުންނަށް ދިމާވާ މައްސަލައެއް- ގޫގުލް އިމޭޖެސް
ރޭގަނޑު ކެއުމުގެ ސަބަބުން "ބުލޯޓު" ވުން ނުވަތަ ބަނޑު ފުއްޕުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. އަދި މިކަމުގެ ސަބަބުން އެމީހުންނަށް ރޭގަނޑު ނިދަން އުނދަގޫވާ ފަހަރުވެސް އާދެއެވެ. އެހެންކަމުން މިކަމުން ދުރުވުމަށްޓަކައި ބަނޑު ފުއްޕާ ސަބަބުތައް ކޮންމެ މީހަކަށްވެސް އެނގެން މުހިންމެވެ.

ރޭގަނޑު ކެއުމުން ބަނޑު ފުއްޕާ އެންމެ ބޮޑު އެއް ސަބަބަކީ ގިނަ އަދަދަކަށް ފެޓު ހިމެނޭ ބާވަތްތައް ކެއުމުގައި ހިމެނުމެވެ. ފެޓު އެކުލެވޭ ބާވަތްތަކަކީ ވަރަށް ލަހުން ހަޖަމުވާ އެއްޗެހި ކަމުން، އެ ކާނާގެ ބާވަތްތައް ރަނގަޅަށް ހަޖަމު ނުވެ ބަނޑުގައި ގިނައިރު ހުރެއެވެ. އަދި އޭގެ ސަބަބުން މީހާގެ ބަނޑު ފުއްޕައެވެ.

މީގެ އިތުރުން ރޭގަނޑު މާ ގިނައިން ފައިބާ އެކުލެވޭ އެއްޗެހި ކެއުމުންވެސް ބަނޑު ފުއްޕަން މެދުވެރިވެދާނެއެވެ. ފައިބާ އަކީ ހަޖަމުގެ ނިޒާމުގެ މަސައްކަތްތައް އަވަސް ކޮށްދީ ކާއެއްޗެހި ހަޖަމު ކުރުމުގައި އެހީވެދޭ މާއްދާއެއް ކަމުގައި ވީނަމަވެސް މާ ގިނައިން މި އެކުލެވޭ އެއްޗެހި ކެއުމުން ބަނޑުގައި ވައި އުފެދި އޭގެ ސަބަބުން ބަނޑު ފުއްޕައެވެ.

އަދި ހަމަ އެހެންމެ މީހާގެ ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ގިނައިން ކެއުމުންވެސް ބަނޑު ފުއްޕަފާނެއެވެ. މާ ގިނައިން ކެއުމުން ހަޖަމުގެ ނިޒާމަށް ބާރު ބޮޑުވެ، އޭގެ ސަބަބުން މީހާއަށް ވަރަށް ގިނަ އުނދަގޫތައް ކުރިމަތިވެއެވެ. އަދި ހަޖަމުގެ މަސައްކަތްތަކަށް ބުރޫ އަރައި ކާއެއްޗެހި ހަޖަމުވާވަރު ލަސްވެ، އޭގެ ސަބަބުން މީހާގެ ބަނޑު ފުއްޕުމަށް މެދުވެރިވެއެވެ.

ރޭގަނޑު ކެއުމަށްފަހު ބަނޑު ފުއްޕާނަމަ މިކަންކަމަށް ސަމާލުވެ، މިކަންކަމުން ދުރުހެލިވާން އެންމެންވެސް މަސައްކަތް ކުރަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން