މިދިޔަ 24 ގަޑިއިރު މާލެއަށް 130.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ އިން ހާމަ ކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ އިއްޔެ ހެނދުނު 08:00 އިން ފެށިގެން މިއަދު ހެނދުނު 08:00 އަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށް ކަމަށެވެ. އެގޮތުން މާލެއަށް 130.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.
އޭގެއިތުރުން ހުޅުލެއަށް 79.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު އއ. ތޮއްޑޫއަށް 70.3 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށް ކަމަށް މެޓް އޮފީހުން ބުނެފައިވާއިރު ރޭ މެންދަމު 1:00 އިން ފެށިގެން ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ވެސް ވަނީ ބުނެފައެވެ.
އޭގެ އިތުރުން ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވުމާ ގުޅިގެން މާލޭގެ ގެތަކުގައި ވެލިބަސްތާ ޖެއްސުމާއި ފެންހިއްކުމުގެ މަަސައްކަތް ދިވެހި ސިފައިންނާއި ފުލުހުން އަދި ސިޓީ ކައުންސިލް ގުޅިގެން ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިންވެސް ހާމަކޮށްފައިވެއެވެ.
މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 13:00 އާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ އެލާޓް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު