ރޭ މެންދަމު 1:00 އިން ފެށިގެން ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން 7 ގޭބިސީއެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާމަކޮށްފިއެވެ.
އެންޑީއެމްއޭ އިން މިއަދު ބުނީ މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން 7 ގޭބިސީއެއްގެ 44 މީހަކަށް 1 ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ އިންތިޒާމު އެ އޮތޯރިޓީން ހަމަޖައްސާދީފައިވާ ކަމަށެވެ.
އަދި އެފަރާތްތައް ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވަނީ އެ ގޭބިސީތަކުގެ ފާޚާނާތަކުން ނަޖިސް ލީކުވުމާއި ކައްކާ ކައިބޮއެހެދުމަށް ބުރޫއަރައި އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާތީ ކަމަށްވެސް އެންޑީއެމްއޭއިން މަޢުލޫމާތު ދީފައިވެއެވެ.
އެންޑީއެމްއޭއިން މިހެން ބުނެފައިވާއިރު ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.
އޭގެ އިތުރުން މިދިޔަ 24 ގަޑިއިރު މާލެއަށް 130.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ އިންވެސް ވަނީ ބުނެފައެވެ.
ހަމައެއާއެކު މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 13:00 އާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ އެލާޓް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު