ސަހަރާ ކޮނުނުއިރު ސްޓޯމް ވޯޓާ ޕަމްޕުގެ ބައެއް ނަގާފައި
ސަހަރާ ކޮނުނުއިރު ސްޓޯމް ވޯޓާ ޕަމްޕުގެ ބައެއް ނަގާފައި
މާލޭ ސިޓީ ކައުންސިލުން މާފަންނު ސަހަރާ ކޮނުނުއިރު ސްޓޯމް ވޯޓަރ ޕަމްޕުގެ ބައެއް ވަނީ ނަގާފައިވާ ކަމަށް ޢިމާރާތް ކުރުމާއި ބޯހިޔާވަހިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގައި ފެންބޮޑުވެ ޢާއްމު ދިރިއުޅުމަށް ދަތިވެފައި ވަނިކޮށް މުއްޠަލިބް މިއަދު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން މާފަންނު ސަހަރާގައި ޕާކިން ޒޯނެއް ހެދުމަށް އެ ތަން ހުސްކުރުމުގެ މަސައްކަތް ކުރިއިރު ސްޓޯމް ވޯޓާ ޕަމްޕުގެ ބައެއް ނަގާފައިވާ ކަމަށެވެ.

އަދި ސިޓީ ކައުންސިލުން އެކަން މިނިސްޓްރީއަށް އަންގާފައި ނުވާ ކަމަށާއި އެއީ ޒިންމާދާރުކަންކުޑަ ޢަމަލެއް ކަމަށް މުއްޠަލިބް ވިދާޅުވިއެވެ.

ހަމައެއާއެކު މުއްޠަލިބް ވިދާޅުވީ އެ ސަރަހައްދުގައި އެހާބޮޑަށް ފެންބޮޑުވުމުގެ އެއް ސަބަބަކީ އެއީ ކަމަށާއި އެކަން ހައްލުކޮށް، ޕަމްޕު އަލުން ބޭނުންކުރެވޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.



މުއްޠަލިބް މިހެން ވިދާޅުވެފައިވާއިރު މާލޭ ސިޓީ ކައުންސިލުން މާފަންނު ސަހަރާގައި ޕާކިން ޒޯނެއް ހެދުމަށް އެތަން ހުސްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ލޭންޑް ސްކޭޕިން ސޮލިއުޝަނާއި ހަވާލުކޮށްގެންނެވެ.

މާލޭގެ ހުޅަނގުއުތުރު ސަރަޙައްދުގައި ޤާއިމްކޮށްފައިވާ ސްޓޯމް ވޯޓާ ޕަމްޕުގެ ބައެއް ނަގާފައިވާ ކަމަށް ވަޒީރު މުއްޠަލިބް ވިދާޅުވެފައިވާއިރު މިދިޔަ 24 ގަޑިއިރު މާލެއަށް 130 މިލިމީޓަރުގެ ވާރޭވެހި މާލޭގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން