ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް މުޢިއްޒު އެސްޓޯނިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި ޖެނުއަރީ މަހުގެ 13 އިން 16 އަށް ކަމަށެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު އެޤައުމުގެ ރައީސް އާއި ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިދަތުރުފުޅުގައި ޑިޖިޓަލް، ސައިބަރ އަދި އީ-ގަވާނަންސްގެ ދާއިރާއާއި މޫސުމާއި ތިމާވެށީގެ މައްސަލަތަކާއި ސައިންސާއި ތައުލީމީ ދާއިރާ އިން ދެޤައުމު ގުޅިގެން ކުރިއަށް ދެވޭނެ ދާއިރާތައް ދެނެގަންނާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ހަމައެއާއެކު މި ދަތުރުފުޅުގައި ރައީސް މުއިއްޒުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.
ރާއްޖެ އާއި އެސްޓޯނިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ 1994 ވަނަ އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު