ކޮލަޖެން އަކީ އަޅުގަނޑުމެންގެ ހަށިގަނޑަށް ވަރަށް ބޭނުންތެރި ޕްރޮޓީނެކެވެ. މިއީ އަޅުގަނޑުމެންގެ ހަންގަނޑާއި، ހުޅުތަކުގެ އިތުރުން ޓިޝޫތަކުގެ ސިއްހަތު ރަނގަޅަށް ބެހެއްޓުމަށްޓަކައި ވަރަށް ބޭނުންތެރި މާއްދާއެކެވެ. ތިރީގައި މި ހިމަނާލަނީ ހަށިގަނޑުގައި ކޮލަޖެން އުފެއްދުމަށް އެހީވެދޭ ބައެއް ކާނާގެ ބާވަތްތަކެވެ.
ޓޮމާޓޯ
ޓޮމާޓޯ އަކީ އޭގައި ލައިކޮޕީން ނަމަކަށް ކިޔާ މާއްދާއެއް އެކުލެވޭ އެއްޗެކެވެ. މި މާއްދާއަކީ އިރުގެ ނުރައްކާތެެރި ދޯދިތަކުން ހަށިގަނޑުގައި ހުންނަ ކޮލަޖެން ރައްކާތެރިކޮށްދޭ މާއްދާއެކެވެ. މިއީ ތަފާތު އެކިކަހަލަ އެންޓިއޮކްސިޑެންޓުތައް ހިމެނޭ އެއްޗެއްކަމުން މި ބޭނުން ކުރުމުން ހަންގަނޑުގެ އިލާސްޓިސިޓީ ރަނގަޅުވެ ހަންގަނޑު ރީތިވެއެވެ.
ލޮނުމެދު
ލޮނުމެދަކީވެސް ކޮލަޖެން އުފައްދައިދިނުމުގައި އެހީވެދޭ އެއްޗެކެވެ. މީގައި އެކުލެވޭ މާއްދާއެއް ކަމަށްވާ ސަލްފާ އަކީ ކޮލަޖެން އުފައްދައިދޭ އަދި ގުދުރަތީ ގޮތުން ދިމާވާ ކަންކަމުން ހަށިގަނޑުގެ ޓިޝޫތައް ރައްކާތެރި ކޮށްދޭ މާއްދާއެކެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ކޮލަޖެންތައް ހަލާކުވުމުން ދުރުވެއެވެ.
ފަތުގެ ބާވަތްތައް
ފެހި ފަތުގެ ބާވަތްތަކަކީވެސް ހަށިގަނޑުގައި ކޮލަޖެން އުފައްދަދިނުމުގައި އެހީވެދޭ ބާވަތްތަކެކެވެ. މި އެއްޗެހީގައި ހިމެނޭ ކްލޮރޮފިލް އަކީ ފްރީ ރެޑިކަލްތަކާ ދެކޮޅަށް މަސައްކަތް ކޮށް ހަށިގަނޑުގައި ކޮލަޖެން އުފެއްދުމަށް މަސައްކަތް ކުރާ މާއްދާއެކެވެ. އެހެންކަމުން ގިނަގިނައިން ފެހި ފަތުގެ ބާވަތްތައް ކާނަމަ ހަށިގަނޑުގައި ކޮލަޖެން ހުންނަ ވަރު އިތުރުވެ، މީހާގެ ހަންގަނޑު ރީތިވެއެވެ.
މަސްދަރު: އީޓައިމްސް

ކިޔުންތެރިންގެ ހިޔާލު