ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މެދުގައި މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމު ކަމަށްވާ އެކްސް އަލަށް ބޭނުން ކުރަން ފަށާ ފަރާތްތަކުގެ އަތުން ފީ އެއް ނެގަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމު އެކްސް އަށް ބޮޑެތި ބަދަލުތަކެއް ގެންނަން އީލަން މަސްކު ވަނީ ނިންމާފައެވެ.
އެގޮތުން ބަލާއިރު އެޕަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ޝެއާ ކުރާ ޕޯސްޓުތަކުގެ ތާރީހު ނުފެންނަ ގޮތަށް ހެދުމާއި އެޕަށް އަލަށް ސައިންއަޕް ވާ ކޮންމެ މީހެއްގެ ފަރާތުން 8 ޑޮލަރުގެ ފީއެއްް ނެގުން ހިމެނެއެވެ.
މިފަދަ ބަދަލުތައް ގެންނަން ނިންމާފައިވަނީ އެކްސް ހިންގަމުންދާ ގޮތް ބަދަލުކޮށް މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި އެކްސްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށް ރިޕޯޓުގައި ވެއެވެ. އަދި އާ އެކައުންޓުތަކުން ފީ ނަގަން ނިންމާފައިވަނީ ބޮޓު ތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
ނަމަވެސް އެޕަށް ގެންނަން ނިންމާފައިވާ އާ ބަދަލުތަކުގެ ސަބަބުން އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި އެކްސްގެ މުވައްޒަފުންނާއި މި އެޕު ބޭނުން ކުރާ ފަރާތްތައްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު