ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
ޖަނަވަރީ މަހުގެ 13 އިން 16 އަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި، މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސް އޮފީހުން ބުނާގޮތުގައި ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ވަފުދު، މި ދަތުރުފުޅުގައި ސަމާލުކަން ދެއްވާނީ، އެއް ޤައުމުން އަނެއް ޤައުމަށް އިތުރަށް އެއްބާރުލުން ދިނުމާއި، ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަނަންސް، މޫސުމީ ބަދަލު، ތިމާވެށީގެ މައްސަލަތައް އަދި ސައިންސާއި ތަޢުލީމީ ދާއިރާގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ.
ރައީސް އޮފީހުން ބުނީ މިދަތުރުފުޅުގެ މައިގަނޑު އަމާޒަކީި، ރައީސްގެ އަމާޒާއި އެއްގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަގު އެކަށައެން ކަމަށާއި އެއަމާޒަށް ވާސިލްވުމުގެ ގޮތުން، އެކަން އެކި މަންސަތަކުގައި ޕްރޮމޯޓް ކުރުމާއި، އެކުވެރި ދައުލަތްތަކާއެކު ގުޅިގެން ޑިޖިޓަލް އަދި ދެމެހެއްޓެނިވި ކުރިމަގެއްް ބައްޓަންކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު