ޕެރެސައިޓް އިންފެކްޝަންސް ތަކަށް ފަރުވާދިނުމަށް އާންމުކޮށް ބޭނުންކުރާ ބޭހެއް ބޭނުންކޮށްގެން 48 ގަޑިއިރުގެ ތެރޭގައި ކޮރޯނާވައިރަސް ނައްތާ ލެވޭކަން އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީގެ ސައިންސްވެރިންގެ ޓީމަކުން ކުރި ލެބޯޓްރީ ޓެސްޓްތަކުން ހާމަވެއްޖެއެވެ.
އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ މޮނާޝް ޔުނިވަރސިޓީން އާންމުކުރި ތަހުލީލީ ރިޕޯޓަކާ ހަވާލާދީ ނިއުސް ވީކްގައި ބުނެފައިވަނީ އެ ޔުނިވަރސިޓީގެ ސައިންސްވެރިން ހޯދި މިބޭހަކީ އާންމުކޮށް ލިބެންހުންނަ އެންޓި-ޕެރެސްޓިކް ބޭހެއް ކަމަށެވެ. އެމީހުންގެ ލޭބޯޓްރީ ތަހުލީލު ތަކުން ދައްކާފައިވަނީ މިބޭހުން ކޯވިޑް-19 ޖައްސާ، ސާރސް- ކޯވް-2 ވައިރަސްގެ ބާރު 48 ގަޑިއިރުގެ ތެރޭގައި މުޅިން ނައްތާލާކަމެވެ.
"އައިވަމެޓިން" ނަމަކަށް ކިޔާ މި ބޭހަކީ އެފްޑީއޭއިން ހުއްދަ ކޮށްފައިވާ، ބައެއް ކަހަލަ ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރާ ވަރުގަދަ ހަތިޔާރެއްކަމަށް ލެބޯރެޓްރީ ތަހުލީލުތަކުން ދައްކާފައިވާ ބޭހެއް ކަމުގައި ޔުނިވަރސިޓީގެ ސައިންސްވެރިން ބުނެފައި ވެއެވެ.
ލެބޯޓްރީގައި ހިންގި މި ތަހުލީލުން ދެއްކި ގޮތުގައި ބޭހުގެ އެންމެ ޑޯޒަކުންވެސް 48 ގަޑިއިރުގެ ތެރޭގައި ވައިރަސްގެ އާރްއެންއޭ މުޅިން ހަލާކު ކޮށްލާފައިވާ ކަމަށާއި، 24 ގަޑިއިރުގެ ތެރޭގައި ވައިރަސްގެ ބޮޑުބައެއް ނައްތާލާފައިވާކަން ފާހަގަ ކުރެވުނު ކަމަށް މޮނާޝް ބަޔޯމެޑިސިން ޑިސްކަވަރީ އިންސްޓިޓިއުޓްގައި މަސައްކަތްކުރައްވާ ޑރ. ކައިލީ ވެގްސްޓާފް ވިދާޅުވިއެވެ.
"އައިވަރމެޓިން އަކީ ވަރަށް އާންމު ކޮށް ބޭނުންކުރާ އަދި ރައްކާތެރި ކަމުގެ ގޮތުން ވެސް ރަނގަޅު ބޭހެއް. އަޅުގަނޑުމެން ދެން ދެނެގަންނަން ޖެހޭނީ ބަލި ނައްތާލަން އިންސާނުންނަށް ބޭނުން ވާނީ ކިހާ ވަރެއްގެ ޑޯޒެއްކަން. ދެން އޮތް މަރުހަލާއަކީ އެ މަރުހަލާގެ މަސައްކަތް." މިބޭހުގެ ދިރާސާގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. ވެގްސްޓާފް ވިދާޅުވިއެވެ.
"ތަހުލީލު ތަކުން އަޅުގަނޑުމެންނަށް ފާހަގަވި އެންމެ ޑޯޒަކުން ވެސް ވައިރަސްގައި ހިމެނޭ އާރްއެންއޭ އެންމެ 48 ގަޑިއިރުގެ ތެރޭގައި ނައްތާލާކަން." ޑރ ވެގްސްޓާފް ވިދާޅުވިއެވެ.
މިބޭހަކީ 1980 ގެ އަހަރު ތަކުން ފެށިގެން ވަރަށް އާންމުކޮށް ބޭނުން ކުރާ ވަރަށް ގިނަ ބަލިތަކަށް ފަރުވާ ދޭން ބޭނުން ކުރަމުން އަންނަ ބޭހެކެވެ.
ޑރ. ވެގްސްޓާފް ވިދާޅުވީ އަލަށް ވުޖޫދަށް އައިސްގެން އުޅޭ ބައްޔަކަށް ވެކްސިނެއް ތައްޔާރުކުރުމަކީ އެތައް އަހަރުތަކެއް ހޭދަވެދާނެ މަސައްކަތެއް ކަމަށާއި، ސިއްހީ ދާއިރާގައި މިހާރު އުފައްދާފައި ހުރި ބޭހަކުން ކޯވިޑް-19 އަށް ފަރުވާއެއް އޮތްނަމަ އެއީ އެންމެ އަވަސް ގޮތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު