ޓެސްލާގެ ސީއީއޯ އީލަން މަސްކު ކަރުގެ ސާޖަރީއެއް ހަދައިފިއެވެ.
އީލަން މަސްކުއަކީ އެކްސްގައި ވަރަށް އެކްޓިވްކޮށް އުޅޭ ފަރާތެއްކަމުން މިފަހަކަށް އައިސް އޭނާ ޕޯސްޓު ކުރާތަން ނުފެންނާތީ އެކްސް ބޭނުން ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަނިކޮށް އޭނާ ވަނީ އޭނާ ސޯޝަލް މީޑިއާއާއި ދުރުގައި އުޅޭ ސަބަބު ހާމަކޮށްފައެވެ.
އެގޮތުން އޭނާ ބުނެފައިވަނީ އޭނާ ކަރުގެ ސާޖަރީއެއް ހަދައިގެން އުޅޭ ކަމަށާއި މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ. އަދި އެއީ ވަރަށް ވޭންދެނިވި ސަަޖަރީއެއް ކަމަށާއި، ނަމަވެސް އެކަން ނުކޮށް ދޫކޮށްލެވެން ނެތުމުން ސާޖަރީ ހެދީ ކަމަށް އޭނާވަނީ ހާމަ ކޮށްފައެވެ.
އޭނާގެ ކަރަށް އަނިޔާވެފައިވަނީ ރެސްލިން ގެ ތެރޭގައި ލިބުނު އަނިޔާއެއްގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އީލަން މަސްކު ބުނެފައިވަނީ ރެސްލިންގެ ތެރޭގައި ކުރިމަތިވި އަނިޔާތަކުގެ ސަބަބުން މީގެ ކުރިން އޭނާ ކަރުގެ އަދި ބުރަކަށީގެ 5 ސާޖަރީ ހަދާފައިވާ ކަމަށެވެ. އަދި ތިންވަނަ އަށް ހެދި ސާޖަރީގެ ސަބަބުން ދިރިހުރެވޭ ވަރަށް ތަދު ކެނޑުނު ކަމަށާއި ނަމަވެސް އޭނާގެ ނާރެއް ދުޅަވުމުން އޭނާގެ މައިބަދައަށް އަނިޔާ ލިބުނު ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި މިފަހަރު ސާޖަރީ ހަދާފައިވަނީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އޭނާގެ ސިއްހީ ހާލަތު ހިއްސާ ކުރުމުން އެތައް ބަޔަކު ވަނީ އަވަސް ޝިފާއެއް އެދޭކަމަށް ބުނެ ހެޔޮއެދޭ މެސެޖުތައްވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު