ޓޯ އޮޕަރޭޝަންތަކުގައި 2024 ވަނަ އަހަރު ޖުމްލަ 15،514 ވެހިކަލް ޓޯކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނީ ޓޯކުރި އުޅަނދުތަކުގެ ތެރޭގައި 11،645 ސައިކަލާއި 2،567 ކާރާއި 478 ޕިކަޕާއި 369 ވޭން އަދި 87 ޓްރަކް ހިމެނޭ ކަމަށެވެ. ޓޯކުރި ވެހިކަލްތަކުގެ ތެރެއިން 546 ވެހިކަލް ނައްތާލާފައިވާ އިރު، 13،562 ވެހިކަލް އޭގެ ވެރިފަރާތާ ވަނީ ހަވާލުކޮށްފަ އެވެ.
ޓްރެފިކް އޮޕަރޭޝަންތަކުގައި މިދިޔަ އަހަރުގެ ތެރޭގައި 73،953 ވެހިކަލް ޗެކްކޮށް، 7،606 ވެހިކަލަކަށް ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ފުުހުން ވަނީ ބުނެފަ އެވެ.
ޓްރެފިކް މައްސަލަތަކުގައި 66،347 މީހަކަށް ނަސޭހަތް ދީފައިވާކަމަށް ފުލުހުންގެ ޓްރެފިކް އަދި ޓޯވިންގެ ތަފާސްހިސާބުން ދައްކާއިރު 7،606 މީހަކަށް ވަޔަލޭޝަން ސްލިޕް ދޫކޮށްފައިވެ އެވެ. މީގެ އިތުރުން، ލައިސަންސް ނެތި ދުއްވި 2،138 މީހަކު ފާހަގަކުރެވޭއިރު މީގެ ތެރޭގައި ދެފުރޮޅުލީ 2،005 އުޅަނދާއި ހަތަރު ފުރޮޅުލީ 133 އުޅަނދު ހިމެނެ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ނުރައްކާތެރިކޮށް ދުއްވުމުގެ 293 މައްސަލަ ފާހަގަކުރެވިފައިވާ އިރު އޭގެ ތެރޭގައި ދެ ފުރޮޅުލީ 271 ވެހިކަލާއި ހަތަރު ފުރޮޅުލީ 22 ވެހިކަލް ދުއްވުމުގެ މައްސަލަތައް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު