މަރްޔަމް ނަހްދާ ވަޙީދު   15 ޖެނުއަރީ 2025 - 7:7
ރަޖްނީކާންތު- ގޫގުލް އިމޭޖެސް
ރަޖްނީކާންތު- ގޫގުލް އިމޭޖެސް
އިންޑިއާގެ ސައުތު ސިނަމާގެ މަޝްހޫރު ތަރި ރަޖްނީކާންތުގެ ކުރިއަށް އޮތް ފިލްމު "ޖެއިލާ 2" ގެ ޓީޒަރު ނެރެފިއެވެ.

ހިންދުސްތާން ޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ "ޖެއިލާ" ގެ ފުރަތަމަ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު ކާމިޔާބީއަށް ފަހު އެފިލްމުގެ ސީކުއެލް އުފައްދަމުން ދާކަަމަށް ފިލްމުގެ ޕްރޮޑިއުސަރުން މީގެ ކުރިން ހާމަަކޮށްފައިވާ ކަމަށެވެ. އަދި ފިލްމުގެ އުފެއްދުންތެރިން މިހާރު ފިލްމުގެ ޓީޒަރެއްވެސް އާންމު ކޮށްފައި ވާކަމަށް ރިޕޯޓުގައި ވެއެވެ.

މި ފިލްމު ޑައިރެކްޓު ކުރާނީ ސައުތުގެ މަޝްހޫރު ޑައިރެކްޓަރު ނެލްސަން އެވެ. އަދި މި ފިލްމު ޕްރޮޑިއުސް ކުރަނީ ސަންޕިކްޗާސްވެ ދަށުންނެވެ.

މި ޓީޒަރު ނެރުމާއެކު އެއަށް ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އަދި އެތައް ބަޔަކު ވަނީ ފިލްމު ނެރޭނެ ދުވަހަކަށް ކެތްމަދުވެފައިވާ ކަމަށްވެސް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން