ކިޑްނީ އަކީ އަޅުގަނޑުމެންގެ ހަށިގަނޑުގައި ހުންނަ ލޭ ސާފު ކުރުމުގައި ވަރަށް ބޮޑު ރޯލެއް އަދާ ކުރާ ގުނަވަނަކަށްވީއިރު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކިޑްނީގެ ސިއްހަތަށް ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ދިރިއުޅުމުގައި ގެންގުޅޭ ބައެއް އާދަތަކުގެ ސަބަބުން ކިޑްނީގެ މަސައްކަތްތައް ރަނގަޅުވާކަމަށް ވަރަށް ގިނަ ދިރާސާތަކުން ދައްކައެވެ.
އެހެންކަމުން ތިރީގައި މި ހިމަނާލަނީ ކިޑްނީގެ ސިއްހަތު ރަނގަޅު ކުރަން ބޭނުންވާނަމަ ކޮންމެ މީހަކުވެސް ހެނދުނު ހޭލައިގެން ކުރަންވީ ބައެއް ކަންކަމެވެ.
ފެން ބުއިން
ހެނދުނު ހޭލާ ގޮތަށް އެންމެ ފުރަތަމަ ކަމަކަށް ފެން ބުއިމަކީ އޭގެ ސަބަބުން ކިޑްނީގެ މަސައްކަތްތައް އިތުރަށް ރަނގަޅުވާ ކަމެކެވެ. ހޭލާގޮތަށް ފެން ބުއިމުން މީހާގެ މުޅި ހަށިގަނޑު އަލުން ހައިޑްރޭޓުވެ، ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުވެއެވެ. އަދި އޭގެ ސަބަބުން ކިޑްނީގެ ބަލިތަކުން ދުރުވެ، މީހާގެ ސިއްހަތު ރަނގަޅު ވެއެވެ.
ހާބަލް ޓީ އަދި ޕްރޮބައޮޓިކް ބޭނުން ކުރުން
ހެނދުނު ހޭލާފައި ޕްރޮބައޮޓިކު އަދި ހާބަލް ޓީ ބޭނުން ކުރުމުންވެސް މީހާގެ ކިޑްނީގެ ސިއްހަތު ރަނގަޅު ވެއެވެ. މި އެއްޗެހި ބޭނުން ކުރުމުން ކިޑްނީ ޑިޓޮކްސިފައިވެ ވިހަ މާއްދާތައް ބޭރުވެއެވެ. އަދި ކިޑްނީ ދުޅަވުން ކުޑަވެ އޭގެ ސަބަބުން މީހާގެ ސިއްހަތުވެސް ރަނގަޅު ވެއެވެ.
ލޮނު ބޭނުން ކުރާ ވަރު މަދުކުރުން
ކިޑްނީ މަސައްކަތް ކުރާ ވަރު ރަނގަޅު ކުރަން ބޭނުންވާނަމަ ހެނދުނު ލޮނު ބާވަތްތައް ބޭނުން ކުރާވަރު މަދުކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ލޮނު ބާވަތްތައް ބޭނުންކުރާވަރު މަދު ކުރުމުން ހަށިގަނޑުގައި ފްލުއިޑުތައް ހަރުލާފައި ހުންނަ ވަރު މަދުވެ، އޭގެ ސަބަބުން ކިޑްނީ އަށް ބާރު ކުރާވަރުވެސް ކުޑަވެއެވެ. އަދި އޭގެ ސަބަބުން ކިޑްނީގެ މަސައްކަތްތައް އިތުރަށް ރަނގަޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު