މަރްޔަމް ނަހްދާ ވަޙީދު   16 ޖެނުއަރީ 2025 - 3:11
ގާތް ރަހްމަތްތެރިންނާ ދެމެދު އޮންނަ ގުޅުން ހީނަރުވިޔަ ނުދީ ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭ- ގޫގުލް އިމޭޖެސް
ގާތް ރަހްމަތްތެރިންނާ ދެމެދު އޮންނަ ގުޅުން ހީނަރުވިޔަ ނުދީ ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭ- ގޫގުލް އިމޭޖެސް
ދިރިއުޅުމުގެ ކަންތައްތަކުގައި މާ ބޮޑަށް ބިޒީވެ އެކަމުގެ ސަބަބުން ގާތް ރަހްމަތްތެރިންނަށް ވަގުތު ނުދެވޭހެން ހީވޭތަ؟ މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ދިރިއުޅުމުގެ އެކި ކަންކަމުގައި މީހާ މާ ބޮޑަށް ބިޒީވުމުގެ ސަބަބުން ގާތް އެކުވެރިންނާއި އެތައް ދުވަހެއް ވަންދެން ބައްދަލު ނުވެވޭ ފަހަރުވެސް އާދެއެވެ. އަދި މިކަމުގެ ސަބަބުން ބައެއް ފަހަރު ރަހްމަތްތެރިކަމުގެ ގުޅުމަށްވެސް އަސަރު ކުރެއެވެ.

ތިރީގައި މި ހިމަނާލަނީ ބިޒީ ޝެޑިއުލުން ވަގުތު ހުސްކޮށް ރަހްމަތްތެރިންނަށް ވަގުތު ދިނުމަށް ކުރެވިދާނެ ކަންކަމެވެ.

ރާވައިގެން ކަންތައް ނުކޮށް ވަގުތު ހުސްވާ ވަރަކުން ބައްދަލުކުރުން

ވަކި ދުވަހެއްގައި އެކުވެރިޔާއާއި ބައްދަލު ކުރާނަމޭ ކިޔައި މާ ކުރިން ކަންތައް ރާވާނަމަ ބައެއް ފަހަރު އެކި ސަބަބުތަކާހުރެ އެކަމެއް ކެންސަލް ކުރަން ޖެހިދާނެއެވެ. އެހެންކަމުން އެކަމުން ދުރުވުމަށް ތިބާއަށް ހުސް ވަގުތެއް ލިބުމުން އެކުވެރިޔާއާ ގުޅައި އޭނާވެސް ފްރީނަމަ ކޮފީ އަކުން ނަމަވެސް ބައްދަލު ކުރެވިދާނެއެވެ. މިހެން ހެދުމުން އެކުވެރިޔާއާ ބައްދަލު ނުވެ މަސްތައް ވޭތުވެ ނުދާނެއެވެ. އަދި ދެމީހުންގެ މެދުގައި އޮންނަ ގުޅުންވެސް ދެމެހެއްޓޭނެއެވެ.

އެންމެ ގާތް މީހުން ކަނޑައަޅައި އެމީހުންނަށް ވަގުތު ދިނުން

ތިބާގެ އެންމެ ގާތް އެކުވެރިން ކަނޑައަޅައި އެމީހުންނާ މެދު އޮންނަ ގުޅުން ވަރުގަދަ ކުރެވޭތޯ މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ވަޒީފާގައި އެކުގައި އުޅޭ މީހުންނާއެކު އެކިކަހަލަ ބައްދަލުވުންތަކަށް ދާން ރާވާފައިވާނަމަ އެތަނަކަށް ނުގޮސް ތިބާއަށް އެންމެ ހެޔޮއެދޭ، ތިބާއަށް ކަންކަމުގައި އެންމެ ބޮޑަށް އެހީތެރިވެދޭ ރައްޓެހިންނާއެކު އެވަގުތު ހޭދަކުރެވިދާނެއެވެ.

ޓެކްނޮލޮޖީގެ ޒަރިއްޔާއިން ރައްޓެހިންނާ ގުޅުން ބަދަހި ކުރުން

ވަޒީފާގެ މާހަައުލުގައި މާ ބޮޑަށް ބިޒީވުމުގެ ސަބަބުން އެކުވެރިންނާއެކު ވަގުތު ހޭދަކުރެވޭވަރު މަދުވާނަމަ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކޮށްގެން އެމީހުންނަށް ވަގުތު ދެވޭތޯ ބަލަން ޖެހެއެވެ. އެގޮތުން އެމީހުންނާ ކޮންމެ ދުވަހަކު ވާހަކަ ދައްކައި ހާލު ބަލައި، އެމީހުންނާމެދު އެ އޮންނަ ގުޅުން ވަރުގަދަ ކުރެވޭތޯ ބަލަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން