އޭސީސީ
އޭސީސީ
އެންޓިކޮރަޕްޝަން ކޮމިޝަން އޭސީސީއަށް އަލަށް އައްޔަނުކުރާ ދެ މެންބަރުންނަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރުހުން ހޯދުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ދެ ނަންފުޅު ވަނީ އިއްވާފައެވެ.

އޭސީސީއަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވާފައި ވަނީ މއ. ގޯލްޑަން މޫން އަހުމަދު ނާޝިދާއި ރ. ހުޅުދުއްފާރު ރޯޒްވިލާ އާސިޔާ އަޒީމާގެ ނަންފުޅެވެ.

އެހެންކަމުން މަޖިލީހުގެ ރައީސް މިއަދު ވަނީ އެ ދެބޭފުޅުންނަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އޭސީސީއަށް އައްޔަން ކުރުމަށް ފޮނުއްވި ނާޝިދަކީ މިސަރުކާރުން ޕޮލިސް ބޯޑުން ވަކިކޮށްފައިވާ ބޭފުޅެކެވެ. އަދި އާސިޔާ އަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ކަނބަލެކެވެ.

އޭސީސީން ދެ މެމްބަރުންގެ މަޤާމު ހުސްވީ މިދިޔަ ނޮވެމްބަރު މަހު ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެންބަރު ތޯހާ މުހައްމަދަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވި، އެބޭފުޅުން ވަކިކުރަން މަޖިލީހުގެ ކޮމިޓީން ފާސްކުރުމުން އެބޭފުޅުން މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން