މިދިޔަ ބުރާސްފަތި ދުވަހު ދަންވަރުގެ ވަގުތެއްގައި ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާން އަށް ލިބުނު ޒަހަމްތަކުގެ ސަބަބުން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އޭނާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މުމްބާއީގެ ބަންޑްރާގައި ހުންނަ ސައިފްގެ ގޭގައެވެ. އޭނާއަށް ހަމަލާދީފައިވަނީ އެގެއަށް ވައްކަން ކުރަން ވަދެ އުޅުނު މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހަމަލާގައި ސައިފުގެ ބުރަކަށްޓަށް 6 ފަހަރު ވަޅި ޖަހާފައިވާއިރު އެ ވަޅީގެ ބައެއް އޭނާގެ މައިބަދައިގައި ހަރުލާފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
ސައިފް އަށް ލިބިފައިވާ ހަމަލާތަކުގެ ސަބަބުން އޭނާއަށް ހޮސްޕިޓަލުގެ އައިސީޔޫގައި ވަނީ ފަރުވާ ދީފައެވެ. އެގޮތުން ސާޖަރީއެއްކޮށް މައިބަދައިގައި ހަރުލާފައިވާ ވަޅި ނަގާއި ސްޕައިނަލް ފްލުއިޑު ބޭރުވުން ވަނީ ހުއްޓުވާލާފައެވެ. އަދި އޭނާގެ އަތަށާއި ކަރަށް ލިބުނު އަނިޔާތަކަށް ޕްލާސްޓިކު ސާޖަރީ ޓީމަކުން ވަނީ ފަރުވާ ދީފައެވެ.
ސައިފްގެ ޑޮކްޓަރުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިހާރު އޭނާގެ ހާލަތު ސްޓޭބަލް ވެފައިވާ ކަމަށާއި، މިހާރު އައިސީޔޫއިންވެސް ނެރެ ހާއްސަ ރޫމަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި ސައިފް އަށް ހިނގާ އުޅެވޭނެ ކަމަށާއި ނަމަވެސް އޭނާއަށް ލިބުނު އަނިޔާތައް އެއްކޮށް ރަނގަޅުވާން ވަގުތު ނަގާނެތީ އަރާމު ކުރުމަށް ލަފާ ދީފައިވާ ކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.
މި މައްސަލައިގެ ތަހުގީގު މުމްބާއީގެ ފުލުހުން މިހާރު ފަށާފައިވާއިރު، ސައިފުއަށް ހަމަލާދިން މީހާ ފެންނަ ވީޑިއޯގެ ސީސީޓީވީ ފޫޓޭޖު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްް ވެފައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދިޔަ ނަމަވެސް އިއްޔެ ފުލުހުން ވަނީ އެއީ އެކަމާ ގުޅުން ހުރި މީހާ ނޫން ކަމަށް ބުނެފައެވެ. ނަމަވެސް ފުލުހުން ދަނީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު