ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ފޭސްބޫކްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވުމަކީ، ދިވެހި ގައުމަށް އަދި ވަކީން ހާއްސަކޮށް ރާއްޖޭގެ ޝަރުއީ ދާއިރާއަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.
ރައީސް ވަނީ، ފަނޑިޔާރު ޝުއައިބު ޙުސައިން ޒަކަރިއްޔާ 23 އަހަރަށް ވުރެ ދިގު މުއްދަތަކަށް، ފަނޑިޔާރު ކަމުގައި ގައުމަށް މުހިންމު ހިދުމަތްތަކެއް ކުރައްވައި ޝަރީޢަތާއި ގާނޫނުގެ ދާއިރާއިން ދަރިވަރުން ބިނާކުރައްވައި ތަރުބިއްޔަތުކޮށްދެއްވިކަން ފާހަގަ ކުރައްވައި، އެ ބޭފުޅާއަކީ އެތައް ބައެއްގެ އެދުރެއްކަން ފާހަގަ ކުރައްވައި ޝުޢައިބުގެ ހިދުމަތުގެ ޒިކުރާ އާކުރައްވާފައެވެ.
ފަނޑިޔާރު ޝުއައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވުމާއި ގުޅިގެން ރައީސް ވަނީ މަރުޙޫމް ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ޢާއިލާއަށް ކެތްތެރިކަން މާތްﷲ މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވައި އަދި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތާއި ރަހުމަތް މިންވަރު ކުރެއްވުން އެދިވަޑައިގެންފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުޢައިބު އަވަހާރަވެފައިވަނީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާހޯއްދަވަމުން ދަނިކޮށެވެ. ޝުއައިބު ހައިކޯޓުގެ ފަނޑިޔާރުކަމުން ރިޓަޔަރ ކުރެއްވީ 11 އަހަރު އެ ކޯޓުގައި މަސައްކަތް ކުރެއްވުމަށްފަހު 2022 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ.

إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
— Dr Mohamed Muizzu (@MMuizzu) January 19, 2025
ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވުމަކީ، ދިވެހި ޤައުމަށް އަދި ވަކީން ޚާއްޞަކޮށް ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ލިބުނު ފުން ހިތާމައެކެވެ. އެމަނިކުފާނު ވަނީ 23 އަހަރަށް ވުރެ ދިގު މުއްދަތަކަށް، ފަނޑިޔާރު… pic.twitter.com/lB7inyJ7IQ
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުޢައިބު އަވަހާރަވެފައިވަނީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާހޯއްދަވަމުން ދަނިކޮށެވެ. ޝުއައިބު ހައިކޯޓުގެ ފަނޑިޔާރުކަމުން ރިޓަޔަރ ކުރެއްވީ 11 އަހަރު އެ ކޯޓުގައި މަސައްކަތް ކުރެއްވުމަށްފަހު 2022 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ހިޔާލު