އަހުޒަމް އަޙްމަދު   20 ޖެނުއަރީ 2025 - 8:46
ރަހީނުން ދޫކޮށްލުމުގެ ތެރެއިން
ރަހީނުން ދޫކޮށްލުމުގެ ތެރެއިން
ހަމާސްއިން ރަހީނުން ދޫކުރީ އެމީހުންނަށް ހަދިޔާ ވެސް ދީފައި ކަމަށް މީޑިއާތަކުން ބުނެފިއެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރުގައި އިސްރާއިލުން ޣައްޒާގައި ފެށި ގަތުލު އާންމު މެދުކަނޑާލައި ރަހީނުން ދޫކުރަން ފެށީ އިއްޔެ އެވެ.

އެގޮތުން އިއްޔެ ވަނީ ހަމާސްއިން ރަހީނުކޮށްފައި ތިބި މީހުންގެ ތެރެއިން ފުރަތަމަ ތިން ރަހީނުން ދޫކޮށްލައިފަ އެވެ.

އަދި އެ ތިން ރަހީނުން ރެޑް ކްރޮސްއާ ހަވާލުކުރީ ހަދިޔާ ދިނުމަށް ފަހު ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ނަމަވެސް ދިނީ ކޮން ކަހަލަ ހަދިޔާއެއް ކަމެއް ސާފެއް ނުވެއެވެ.

ތިން ރަހީނުން ދޫކޮށްލިއިރު އަދިވެސް ހަމާސްގެ ބެލުމުގެ ދަށުގައި 94 ރަހީނުން އެބަ ތިއްބެވެ.

އަދި އެ މީހުން ދޫކޮށްލުމާ ބެހޭ ވާހަކަތައް އަންނަ މަހު ފަށާނެ އެވެ.

ރަހީނުން ދޫކޮށްލަނީ އިސްރާއިލުގެ ޖަލުގައި ތިބި އެތައް ސަތޭކަ ފަލަސްތީނުގެ މީހުން ދޫކޮށްލާ ގޮތަަށެވެ.

އިސްރާއިލުން ޣައްޒާގައި ހިންގި ގަތުލު އާންމުގައި 47000އެއްހާ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން