އޭސީސީއަށް ދެ މެންބަރުން ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޭސީސީގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް އައްޔަނު ކުރުމަށް ފާސްކޮށްފައިވަނީ މއ. ގޯލްޑަންމޫން، އަހުމަދު ނާޝިދާއި ރ. އަލިފުށި، ފަސާނާ، އަބްދުﷲ ނާޝިދެވެ.
މި ދެބޭފުޅުންގެ އިންޓަވިއު މަރުޙަލާ މިއަދު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ކުރިއަށް ގެންގޮސްފައިވާއިރު ދެ ބޭފުޅުންނަށްވެސް 75 އިންސައްތައަށްވުރެ މަތިން ކޮމިޓީގެ މެންބަރުން ވަނީ މާކްސް ދެއްވާފައެވެ.
މިއަދުގެ ޖަލްސާގައި އެ ދެބޭފުޅުން އޭސީސީގެ މެންބަރުކަމަށް ޢައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އޭސީސީން ދެ މެމްބަރުންގެ މަޤާމު ހުސްވީ މިދިޔަ ނޮވެމްބަރު މަހު ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެންބަރު ތޯހާ މުހައްމަދަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވި، އެބޭފުޅުން ވަކިކުރަން މަޖިލީހުގެ ކޮމިޓީން ފާސްކުރުމުން އެބޭފުޅުން މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އޭސީސީގެ މެންބަރުކަމުގެ ދައުރަކީ 5 އަހަރު ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު